އިންޑޮނޭޝިޔާ އަށް އައި ބާރުގަދަ ބިންހެލުމެއް ޖިއޮލޮޖިކަލް ސްޕީޑް ލިމިޓް ބްރޭކް ކޮށްފިއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އިންޑޮނޭޝިއާގެ ޕާލޫ އަށް 7.5 ގެ ބާރުމިނުގައި އައި ބިންހެލުން ޖިއޮލޮޖިކަލް ސްޕީޑް ލިމިޓް ބްރޭކް ކޮށްފިކަމަށް ސައިންސްވެރިން ހާމަ ކޮށްފައިވާއިރު ސައިންސްވެރިން ބުނީ މި ބިންހެލުން އައީ ދުނިޔޭގެ ބޭރު ފަށަލައިގެ ތެރެއިން ސިކުންތަކު ތިން ކިލޯމީޓަރު ބާރުމިނުގައި ކާރުދާސް ގަނޑެއް ވީދާލާ ގޮތަކަށް ކަމަށެވެ.

މިބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބުނު ކަމަކަށް އަދި ރިޕޯޓެއް ނުލިބެއެވެ. ބިންހެލުމުގެ ސަބަބުން ސުނާމީއެއްގެ އިންޒާރު ނެރެފައެއް ނުވެއެވެ.

ސައިންސްވެރިން ހާމަ ކުރި ގޮތުގައި މި ފަދަ ހަލުވި ދުވެއްޔެގައި ދެން އެންމެ ފަހުން ބިންހެލުމެއް ރިކޯޑް ކުރެވިފައިވަނީ 1999 އަހަރު ތުރުކީގައިއެވެ.

ދުނިޔޭގެ ބޭރު ފަށަލައިން ވަރަށް ތިލަކޮށް މިދިޔަ އަހަރު ސެޕްޓެމްބަރު 28 ވަނަ ދުވަހު ފުލުފުލުން އައި ބިންހެލުންތަކާއި، ފުރަތަމަ އައި ބިންހެލުމާ ގުޅިގެން އެރި ސުނާމީގައި އެތަށް ބަޔަކު ވަނީ މަރުވެފައެވެ. މި ބިންހެލުމާއި ސުނާމާއީއާއި ގުޅިގެން މަރުވި މީހުންގެ އަދަދު 2000 އަށްވުރރެން މައްޗަށް އަރާއިރު ސީރިއަސް އަނިޔާ ލިބިފައިވާ މީހުންގެ އަދަދު 5000 އަށްވުރެ މައްޗަށް އަރައެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.