އީރާންގައި ދިން ނިރުބުވެރި ހަމަލާއެއްގައި އެގައުމުގެ 27 ސިފައިން މަރާލުމުން އެހަމަލާ ކުށްވެރިނުކޮށް، އިންޑިއާ އިން އަތްގަދަ ކޮށްގެން އުޅޭ ކަޝްމީރުގައި ދިން ނިރުބުވެރި ހަމަލާއެއްގައި އިންޑިއާގެ 42 ސިފައިން މަރާލުމުން ދިވެހި ސަރުކާރުން އެހަމަލާ ކުށްވެރިކޮށްފިއެވެ.

އީރާންގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ނުކުރި ނަމަވެސް އިންޑިއާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިންޑިއާ ސިފައިންނަށް ދިން ހަމަލާ ކުށްވެރިކޮށް ޓްވީޓްތަކެއް ވެސް ކުރައްވާފައެވެ. ނަމަވެސް އީރާން ސިފައިންނަށް ދިން ހަމަލާ ކުށްވެރިކޮށް އެއިން ބޭފުޅަކު ޓްވީޓެއް ވެސް ކުރައްވާފައެއް ނުވެއެވެ.

ކަޝްމީރުގައި އިއްޔެ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ގައި މަދުވެގެން އިންޑިއާގެ 42 ސިފައިން ވަނީ މަރުވެފައެވެ. މިއީ ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ވެސް ކަޝްމީރުގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. ހަމަލާ އަމާޒުކޮށްފައި ވަނީ ސިފައިން ދަތުރު ކުރަމުން ދިޔަ ބަހަކަށެވެ.

އީރާން ސިފައިންތައް މަރާލާފައި ވަނީ ވެސް ބޮމުގެ ހަމަލާއެއްގައެވެ. ކާރު ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި އީރާންގެ 27 ސިފައިން މަރުވެ 10 ސިފައިން ވަނީ ޒަހަމްވެފައެވެ.

އީރާނަށް ދިން ހަމަލާ ކުށްވެރިނުކޮށް، އިންޑިއާއަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކުރި އިރު އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާ ދިން ކަޝްމީރަކީ މުސްލިމުންގެ އާބާދީ ބޮޑު ސިޓީއެކެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ގެންދަނީ އެސިޓީގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކަށް އެތައް އުނދަގުލެއް ކުރިމަތި ކުރުވަމުންނެވެ.

ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ގެންގުޅޭ ހަރުކަށި ފިޔަވަޅުތައް އުވާލަން ދިވެހި ސަރުކާރުން އެންމެ ފަހަރަކު ވެސް ގޮވާލާފައެއް ނުވެއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އީރާނާއި އެކު ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ސަރުކާރުން އީރާނާއި ގުޅުން ބަދަހި ކުރައްވަން އަދި މިހާތަނަށް ކުރެއްވި އެއްވެސް ކަމެއް ހާމަ ކުރައްވާފައެއް ނެތެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އީރާނާއި ގުޅުން ބަދަހި ކުރަން ދިވެހި ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޅަޓޯ

    ޢިންޑިޔާ އެއީ ރީދޫ ވެރިންގެ ބިގް ބްރަދަރ.

    26
    3
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މިސަރުކާރަކީ އިންޑިޔާއިން ހަރަދުކޮށްގެން ގެނޭ ސަރުކާރެއް ނޫނެކޭ ކެނެރީގޭ ބުއްޅަބެއަށްވެސް ކިނބުލަކަށްވެސް ނުބުނެވޭނެ. އެހެންވީމަ އިންޑިޔާ ދަށުވެ އެމީހުން ރުއްސުންނޫންކަމެއް މިވެރިކަމަކަށް ނުކުރެވޭނެ. އެމްޑީޕީން މިކޮމެންޓް ކިޔާލާތި.

    42
    7
  3. ބެއްޔާ

    އިންޑިޔާއަކީ ރާއްޖޭގެ މައިސަރުކާރު. ބަޖެޓަށް ފައިސާދެނީ މައިސަރުކާރުން ހެލިކަޕްޓަރުދެނީ މައިސަރުކާރުން ރާޑަރުބަހައްޓަނީ މައިސަރުކާރުން. އެމްޑީޕީގެ ސިޔާސީ ވެރިނަށް ސްޕާރީދެނީ އިންޑިޔާއިން އެހެންވީމާ ހިތާކުރާނެތާ. ފަހުން ގެރީގެ ރަމްޒެއް ނުބަހައްޓާނެކަމުގެ އެއްވެސް ޔަގީންކަމެއްނެތް.

    35
    6
  4. އޮޔާދިޔަ ޖަޒީރާ

    ދެން ދުވަސްކޮޅަކުން ފަލަސްތީނުގެ މީހުން ކުއްވެރިކޮށްފަވެސް ބަޔާން ނެރޭނެ. އޭރުން ދެން ލާދީނީކަމުން ފިޔަފަޅައި އުދުހި ގަނެވުނީ. ދެން އަހުމަދު ޝަހީދު ޓުވީޓް ކޮށްލާފަ ބުނާނެ ބައިނަލްއަގުވާމީ ލޯބި ރާއްޖެއަށް ލިބިއްޖެޔޭ

    14
    3
  5. ކަލޯ

    ނުކިޔަވާ ހުރި މީހަކަށް ވެރިކަން ލިބުނީ ޢިންޑިޔާ އަޑީގައި އޮވެ ކުރި ހަރާމް މަސައްކތަކުން. ޢެހެންވީމަ މިސަރުކާރު އިންޑިޔާއިން ބުނާ ހުރިހާ ކަމަކަށް އެއްބަސްވާންޖެހޭނެ. އެއްވެސް ކަމަކަށް “ ނޫނެކެ” ބުނުމުގެ ބާރެއް މިސަރުކާރަކަށް ނެތް!! ޢިސްލާމުން ގެ ޢަދުއްވު ކަމުގައިވާ އިންޑިޔާ އާ ގުޅިހެން ކޮން ކުއްތަކެއް މިގައުމްގައި ހުއްޓުވޭނީ މުއާހަދާއެއްގައި ސޮއި ކުރިކަނުގައިވިޔަސް!!! ޢެމީހުންނަކީ ! ޚުޑަކުދުންނާ އަންހެނުން ރޭޕްކުރުމުގެ 1 ވަނަ މަގާމްގައި އޮތް ބައެއް..

    12
    3
  6. Anonymous

    ޢަލްހަމްދު ﷲ

  7. ރާއްޖެ

    އީރާން އަށް ދިންހަމަލާ ދިވެހިސަރުކާރުން ކުށްވެރި ނުރީތީ ހިތާމަ ކުރަމެވެ

    12
  8. Anonymous

    ހަމަ އެއްތާކު ޖެހޭނީ. ޢީރާނަކީ މުސްލިމު ގައުމެއްތަ ނޫނީ ޝީޢީންނާ ސޫފީންގރ ގައުމެއްތަ. ދެން އޮތީ ބަގުވާނުންގެ އާއިލާއެއް އޮންނަ ގައުމެއް ހުސް ރޯމާކާފަރުން

    7
    7
  9. އަލްޖިބްރާ

    އިރާނެކޭ އިންޑިއާއެކޭ ހުރި ތަފާތަކީ ކޮބާތަ؟ ހަމައެނި އޮތީ ނަމެއް ! ކަންކުރަނީ ދިމާ އިދިކޮޅަށް !

    3
    6
  10. ޗިއްލޫ

    މީއިންޑިޔާގެ ޕަޕެޓުންތަކެއް ވެރިކަންކުރާ ތަނެއްމިހާރު!

    6
    2
  11. ާައަހުމަދު

    އީރާނާ ގުޅުން ކަޑާލީ ކޮން ސަރުކާރަކުން ތޯ؟

    4
    6
  12. އެދުރުބެ

    މި ސަރުކާރު އިންޑިޔާ އުނގަށް ވެއްޓިފަެިވާ މިންވަރު. ދެރަކަމުގެ އިންތިހާ.

    5
    2