އެހީދޭ ޖަމާއަތްތަކާއެކު ދަރިވަރުން މަސައްކަތް ކުރަން ޖެހެއެވެ. އެއީ އެ ދަރިވަރުންގެ މެދުގައި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރޫހު އާލާ ކުރުމުގެ ގޮތުންނެވެ. މިއީ ބޮލީވުޑް އަދި ހޮލީވުޑްގެ އަރަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ ބުނިގޮތެވެ.

ގްލޯބަލް އެޑިޔުކޭޝަން އެންްޑް ސްކިލްސް ފޯރަމްގައި މިދިޔަ އާދީއްތަ ދުވަހު ޕްރިޔަންކާ ވާހަކަދައްކަމުން ވަނީ ފިލްމް އިންޑަސްޓްރީ އާއި އިންސާނީ އެހީދޭ ޖަމާއަތްތަކާއި އޭނާ ކުރި ތަޖުރިބާ ހިއްސާކޮށްފައެވެ.

ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުން އަންނަ ޕްރިޔަންކާ ބުނިގޮތުގައި، ސީރިޔާގައި ދަތިހާލުގައި އުޅެމުންދާ ކުދިން ފެނިފައި އޭނާ ރޮއްވާލައެވެ.

"ޔުނިސެފްގައި މަސައްކަތް ކުރަން ލިބުން އެއީ ރަނގަޅު ކަމެއް. ބައެއް ފަހަރު އަހަރެންގެ ހިތައް އަރާ އަހަރެންގެ އަތުން ހުރިހާ އެއްޗެއް ވަގަށް ނަގައިފިނަމަ އަހަރެން އުޅޭނެ ހާލު. އަހަރެން ހަނގުރާމައަކުން ސަލާމަތްކޮށް ޓެންޓެއްގައި އުޅެން ޖެހޭނަމަ އުޅެން ޖެހޭ ހާލު. އަދި އަހަރެންގެ ދަރިން ސްކޫލަށް ނުގެންދެވި އުޅޭނެ ހާލު". ޕްރިޔަންކާ ބުންޏެވެ.

ގިނަ ކުދިން ބޭނުންވަނީ ކިޔަވާށެވެ. ކިޔަވާނެ ފޮތްތަކެވެ. ޕްރިޔަންކާ ބުނީ، ރެފިއުޖީ ކޭމްޕުން ދިމާވި ގިނަ ކުދިން ބޭނުންވަނީ އެނބުރި ގައުމަށްގޮސް އެ ގައުމު އަލުން އާރާސްތު ކުރުމަށެވެ. އަދި އެ މީހުންގެ ގައުމާއި މެދު އެ މީހުން ރުޅިވެރިކަމެއް ނެތްކަމަށްވެސް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނީ، ސީރިއާގެ ރެފިއުޖީ ކޭމްޕްތަކަށް ގޮސް ނިންމުމަށްފަހު ދެން ދިޔައީ އެމީ އެވޯޑް ހަފްލާއަށް ކަމަށެވެ. އެހެން ނަމަވެސް އެ ކުދިންގެ ހަނދާންތައް އެއްވެސް ވަރަކަށް ސިކުނޑިން ބޭރު ނުކުރެވުނުކަމަށް ބުނެފައި ވެއެވެ.

އަހަރެން އެމީ ހަފްލާއަށް އެހާ ރީތިވެގެން ދިޔައިރުވެސް އެކުދިން އުޅޭ ހާލު ހިތައް އަރުވާފައި ރޮވުނު". ޕްރިޔަންކާ ބުންޏެވެ.

މިއީ އެފަދަ ފޯރަމެއްގައި ޕްރިޔަންކާ ވާހަކަދެއްކި ދެ ވަނަ ފަހަރެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދުއްލާ

    މިއީ ގައުމުގާ އޮންނަ ވެރިކަމާދެކޮޅަށް ނިކުމެ އިސްލާހުކުރުމުގެ ނަމުގާ ކުރެވޭ މަސައްކަތުގެ ނަތީޖާސޫރިޔާ އިން މިފެންނަނީ . .މިހެންވެ މުޒާހަރާކުރުމާ ވެރިކަމާދެކޮޅަށް ނިކުތުން ފަސާދައަށްވަނީ އަދި ﷲ ގެ ކިބަފުޅަށް އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު ވެރިމީހާ އަށް ކިޔަމަންވުން ވާޖިބުވަނީ

  2. Anonymous

    ކަނބުލޯ އަމިއްލަރަށުގަހާލުމާބޮޑު