އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ އަސްކަރީ ފްލައިޓް ވެއްޓުމުގެ ދުނިޔޭގެ ރެކޯޑް އިންޑިއާއަށް ލިބިއްޖެއެވެ.
އެމެރިކާގެ ވައިގެ ސިފައިންގެ ފައުޖުގައި ބޭނުން ކުރާ ފަސް ފްލައިޓެއް ވަނީ ޖަނަވަރީ 28 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 27 ވަނަ ދުވަހާއި ދެމެދު ވެއްޓިފައެވެ.
ޖަނަވަރީ 27 ވަނަ ދުވަހު އިންޑިއާ އަސްކަރިއްޔާގެ އެމްއައި-17 މަރުކާގެ ފްލައިޓެއް ވެއްޓި އޭރު ފްލައިޓްގައި ތިބި އެންމެން މަރުވިއެވެ. އެއީ ހަ މީހުންނެވެ.
ދެން އިންޑިއާ އަސްކަރިއްޔާގެ ދެ ޖެޓް ވެއްޓުނީ ވައިގެ ދަތުރުފަތުރުގެ ޝޯއަކަށް ތައްޔާރު ވުމަށް ތަމްރީނުތައް ފުރިހަމަ ކުރަމުން ގެންދަނިކޮށެވެ. އެހާދިސާ ހިނގީ ފެބްރުއަރީ 19 ގައެވެ.
ފެބްރުއަރީ 27 ގައި އިންޑިއާގެ ޖެޓްތަކެއް ޕާކިސްތާންގެ ވައިގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ޕާކިސްތާނުން ދިން ހަމަލާއެއްގައި ދެ ޖެޓް ވަނީ ވެއްޓިފައެވެ. އެހާދިސާގައި އެއް ޕައިލެޓް މަރުވެ އަނެއް ޕައިލެޓް ޕާކިސްތާން ސިފައިންގެ އަތްދަށުވިއެވެ. ނަމަވެސް ޕާކިސްތާނުން ފަހުން ވަނީ އިންޑިއާ ޕައިލެޓް ދޫކޮށްލާފައެވެ.
މަސް ދުވަސްތެރޭގައި އިންޑިއާ އަސްކަރިއްޔާގެ ފަސް ފްލައިޓް ވެއްޓިފައި ވާއިރު އިންޑިއާގެ އަސްކަރީ ގާބިލްކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. އިންޑިއާގެ އަސްކަރިއްޔާގައި ބޭނުން ކުރާ ގިނަ ތަކެއްޗަކީ ގިނަ ދުވަސްވެ ވަރަށް ބޮޑަށް ބާވެފައި ހުރި އެއްޗެހި ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އިންޑިއާ އާއި ޕާކިސްތާންގެ އަރައިރުން ހޫނުވެ ދެގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރުމުގައި ވެސް ކާމިޔާބު ހޯދާފައި ވަނީ ޕާކިސްތާން ސިފައިންނެވެ.
"އެމެރިކާގެ ވައިގެ ސިފައިންގެ ފައުޖުގައި ބޭނުން ކުރާ ފަސް ފްލައިޓެއް ވަނީ .... ވެއްޓިފައެވެ." އިންޑިޔާގެ ވާހަކަ ފެށީ. ވެއްޓުނީ އެމެރިކާގެ ފުލައިޓުތަ؟!
ޢިންޑިއާ މޮޅުވާނީ ރޭޕް ކުރަން
ތިޔަ އިންޑިޔާއަކީ މާކަބޮޑު އުރަތްޕެއް ހުރި ބައެއްނޫން. އަގަގަދަކޮށްފައި ނުބައިކަން ދެއްކުން ފިޔަވައި އަނެއްހެން މާކަބޮޑު ކަމެއް ކުރެވޭނެ ބައެއް ނޫން.
ބޯޓުވެސް ވެއްޓޭނެ އެހެން ކަންތައްވެސް ވާނެ. ދުނިޔޭގަ ލެއްވިހާ ނުބައި ކަމެއްގެ އަމާ ރޭޕް އިންޑިއާއަކީ.
އިންޑިއާގެ އަސްލު ފެންވަރު އެނގޭނީ ޕާކިސްތާނާއެކު ހަނގުރާމައަކަށް ދިޔައީމާދޯ..؟ އަހަރެން މީ ޕާކިސްތާން އެސްއެސްޖީ އާރމީގައި އުޅެފަ ހުރި މީހަކަށްވާތީ އަހަންނަށް ޕާކިސްތާން އާރމީގެ ފެންވަރު އެނގޭ. މާބޮޑަށްވެސް ޓަފްވާނެ، އިންޑިއާގެ ސިފައިންނަށްވުރެ. އެކަން ދައްކާލާފަ އޮންނާނީ ކަރގިލް ހަނގުރާމައިގަވެސް، ސަލާމް..
އާރެކޯޑުތައް ހަދަމުންދާއިރު ފަހަތުކޮޅުންވެސް ރެކޯޑުތައް ހަދަންވާނެ. ދެރައީ ގެރީގެ އެއްވެސް ރެކޯޑެއް މިސަރުކާރުގެ މޯޑީދޮންބެއަށް އަދި ނުހެދޭކަން. މޮޔަގެރީގެ ރެކޯޑުވެސް އޮންނަނީ އިނގިރޭސިންގެ އަތުގަވިއްޔަ. އެއްގޮތަކުން ރަނގަޅު އެގޮތްވެސް. އެއީމިސަރުކާރު އިނގިރޭސިންނާ ވަރައްދޯޅެއްނުން. އިޒިންޓް އިޓް...