ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތައް ދިން ހަމަލާއަކީ ނިއުޒިލޭންޑަށް މުސްލިމުން އެތެރެވާތީ ކަމަށް ބުނެ، އެ ހަމަލާއަކީ މުސްލިމުންގެ ސަބަބުން ދިން ހަމަލާއެއް ކަމަށް ސިފަ ކުރަން އުޅުނު އޮސްޓްލޭރިޔާގެ ޤާނޫން ހަދާ މަޖިލީހުގެ މެންބަރު ފްރެސަރ އަނިން ގެ ބޮލަށް ބިހެއް ޖެހި، އުމުރުން 17 އަހަރުގެ ވިލް ކޮނޮލީއަށް ބޮޑު ތަރުހީބެއް އަމާޒުވެއްޖެއެވެ.
ކޮނޮލީ ވަނީ ފްރެސަރ ގެ ބޮލަށް އޭނާ ބިހި ޖެހި މަންޒަރު ވީޑިއޯކޮށް، އޭނާގެ ޓްވިޓާ އަދި އިންސްޓާގްރާމްގައިވެސް އެ ވީޑިއޯ އާންމުކޮށްފައެވެ. އެ ވީޑިއޯއާއެކު ކޮނޮލީ ބުނެފައި ވަނީ މެމްބަރު ބޮލަށް ބިސް ޖެހި ވަގުތަކީ އިންސާނަކަށް އޭނާ ވީތީ ފަހުރުވެރިފާ ކަމެއް ކަމަށާއި، އޭނާ ދޭން ބޭނުންވި މެސެޖަކީ ޓެރެރިސްޓުންނަކީ ހަމައެކަނި މުސްލިމުންގެ ތެރޭގައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވަކި ދީނަކަށް އޮތް ކަމެއް ނޫންކަން އެނގެން ޖެހޭ ކަމަށާއި، މުޖުތަމައުގައި އުޅޭ މީހުންގެ ތެރެއިން އަނިން ފަދަ މީހުންނަކީ ހުސް ބޮލެއް ހުންނަ މީހުން ކަމަށްވެސް ކޮނޮލީ ބުންޏެވެ.
އެ މެސެޖާއެކު އެތައް ބަޔަކު ވަނީ ކޮނޮލީއަށް ތައުރީފްކޮށް، އިންޓަނެޓްގައި "އެގްބޯއީ"ގެ ހާއްސަ ހޭޝްޓެގަކާއެކު އޭނާ މަޝްހޫރު ކޮށްލާފައެވެ.
Thank you for being a human#eggboy pic.twitter.com/5O3S5cQmrF
— rima salim (@bundanyalafiif) March 17, 2019
ގިނަ ބަޔަކު ބުނެފައި ވަނީ ކޮނޮލީއަކީ ހިތްވަރުގަދަ، ހައްގުތައް ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ޒުވާނުން ތިބި ކަމުގެ މިސާލެއް ކަމަށެވެ. އަދި އޭނާ ދިން މެސެޖުގެ ސަބަބުން މުޅި ދުނިޔެއަށްވެސް ވަރަށް ބޮޑު އެއްޗެއް އެނގެން ޖެހޭ ކަމަށާއި، އެނިންއަކީ ސިނކުޑިއެއް ނެތް މީހެއް ކަންވެސް ކޮނޮލީގެ ސަބަބުން އެނގިގެންދާނެ ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ.
ބިސް ޖެހުމާއެކު އެނިން ވަނީ ކޮނޮލީގެ ގައިގައި ޖަހާފައެވެ. އަދި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައެވެ. އެވަގުތު އެތާތިބި މީހުންވަނީ އެދެމީހުން ދުރުކޮށްފައެވެ.
ކޮނޮލީއާ ދެކޮޅަށް އެނިން ހުށަހަޅާނެ މައްސަލައަކަށް ތައްޔާރުވުމަށް، ލޯޔަރެއް ހޯދާ، ކޯޓުގެ ކަންކަމަށް ހަރަދު ކުރުމަށް އިންޓަނެޓް މެދުވެރިކޮށް ވަނީ ފައިސާވެސް އެއްކޮށްފައެވެ. އަދި އެނިންއާ ދެކޮޅަށް، ކުޑަކުއްޖަކަށް ހަމަލާ ދިން ކަމުގެ ދައުވާ ކުރުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
އެގްބޯއީ ކޮނޮލީ ބުނެފައި ވަނީ އޭނާގެ ގާނޫނީ ކަންކަމަށް އެއްކުރި ފައިދާ ހަދިޔާ ކުރާނީ ނިއުޒިލެންޑުގައި ދިން ހަމަލާގައި އެހީއަށް ބޭނުންވެފައިވާ އާއިލާއަށް ކަމަށެވެ. މިދިޔަ ހުކުރު ދުވަހު ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާގައި 50 މުސްލިމުން ވަނީ ޝަހީދު ކޮށްލާފައެވެ.
ވަކަރުގޭ ފާޑު ވިޔާނުދާ ވީމަ ކަލޭމެން ހިތްވަރުދޭތި. ކޮބާ ބޮޑެތި މީހުންނަށް ކުރާ ގަދަރާ އިޙުތިރާމު. ކޮބާ އަދަބު އަޚުލާގު؟
ލަދު ކުޑަ. މުސްލިމެއްތަ ތީ؟؟
ހުދުބޯ ތީނަ ފެއްސިގެން ދޭ
ބޮޑެތިމީހުންވެސް މޮޔައިން ދައްކާ ޒާތުގެ ވާހަކަ ދައްކަންޏާ ވާނީ މީހެން. ކޮބާ ކުޑަކުދިންނަށް ކުރަންޖެހޭ އިޚްތިރާމް
އޭނަ އެހެދީ ހަދަން ވީ ގޮތް. ތި ކުއްޖާ އަށް މަ ހަމަ ސެލިއުުޓު ކުރަން