އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށް ވާ ސީޝެލްސްގެ ރަށެއްގައި އަސްކަރީ މަރުކަޒެއް އަޅަން 2015 ވަނަ އަހަރު ސީޝެލްސްގެ ސަރުކާރާއެކު އިންޑިއާ އިން ވަނީ އެއްބަސް ވެފައެވެ.
550 މިލިއަން ޑޮލަރުގެ މި އަސްކަރީ މަރުކަޒު އަޅަން މި އަހަރު ޖެނުއަރީ މަހު އެންމެ ފަހު މަރުހަލާއަށް ގޮސްފައިވާއިރު ސީޝެލްސްގެ އިދިކޮޅު ފަރާތްތަކުން ވަނީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.
ސީޝެލްސްގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އިންޑިއާގެ އަސްކަރީ މަރުކަޒެއް އެގައުމުގައި އެޅުމަށް ވި އެއްބަސް ވުމަށް މަޖިލިސް ތެރެއިން ރުހުން ނުދޭނެ ކަމަށެވެ. އެހެންކަމުން އިންޑިއާއިން ސީޝެލްސްގައި އަސްކަރީ މަރުކަޒެއް އަޅަން ކުރާ މަސައްކަތް ކާމިޔާބު ވެދާނެ ތޯއާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައިއެވެ.
އިންޑިއާ އިން 550 މިލިއަން ޑޮލަރުގެ މި އަސްކަރީ މަރުކަޒު އަޅަން ނިންމާފައިވަނީ ދުކުނު އިންޑިއާ ކަނޑުގައި ދަތުރު ކުރާ އުޅަނދުތަށް މޮނިޓަރ ކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.
ސީޝެލްސްގެ ވެރިރަށް ވިކްޓޯރިއާގެ 1135 ކިލޯ މީޓަރު ދުރުގައި އޮންނަ މިރަށުގައި އަޅާ އަސްކަރީ މަރުކަޒުގައި އިންޑިއާ ސިފައިން ބައިތިއްބާ ގޮތަށް އިންޑިއާ އިން ވަނީ ނިންމާފައެވެ.
ނަމަވެސް ސީޝެލްސްގެ އިދިކޮޅު ފަރާތްތަކުގެ ދެކޮޅު ހެދުންތަކުގެ ސަބަބުން އިންޑިއާ އިން އިންޑިއާ ކަނޑުގައި ނުފޫޒު ގަދަކޮށް، ބާރުގަދަ ކުރުމަށް ކުރަމުން އައި އުއްމީދަށް މިވަނީ ވަރަށް ބޮޑު ހުރަހެއް ކުރިމަތިވެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ސީޝެލްސްގެ ސިޔާސީ މަސްރަހު އޮތް ގޮތުން އިންޑިއާގެ އަސްކަރީ މަރުކަޒެއް އެގައުމުގައި އެޅުމަކީ ކުރެވިދާނެ ކަމެއްކަމަށް ލަފައެއް ނުކުރެވެއެވެ.
ތިވީ ހެއުކޮށް އިންޑިއާ ގެ ހަން ދެކުނު އޭސިޔާގަ ފެތުރިޔަ ދޭނެ ކަމެއް ނެތް
އަނެއްކާވެސް އެއޮއްބޮޑު އިންޑިޔާއަށް ކުޑަކުޑަ ސީސެލްޝް ގޮންޖަހާލީދޯ؟ މިފަހަރު ސީޝެލްސްއަށް ކިހާވަރެއް ކޮށްލާނެބާ؟
ސީޝެލްޔަކަށް އެއްވެސް ކަމެއްނުވާނެ. އެއީ އިސްލާމީ ގައުމެއްނޫން!
އިންޑިޔާ އަކީ މިސަރަހައްދަ ހުރިބޮނޑުނުރައްކަލެ
މިގައުމުގައިދިކޮޅޭމެން މިއުޅެނީ އިންޑިޔާއަށް މިގައުމު ނުވިއްކިގެން!
ހަހަހަހަ ތިއޮތީ ރާކަނިމަސް ކެވިފަ ގެރިމޮދީއަށް.
ތިޔާވީ ހަމަ ހެޔޮކޮށް..! އަލްޙަމްދުލިﷲ
އަލްހަމްދު ލިއްލާހި. ރަނގަޅަށް ތިޔަވީ.
ދިވެހި ރާއްޖޭގެ މައި ވައިގެ ބަދަރު އިންޑިޔާގެ ޖީއެމްއާރަށް ކުއްޔަށް ދިނީ ރާއްޖޭގެ ވެރިކަމާއި ވަރަށް ބީރައްޓެހި ބަޔަކު ވެރިކަމާއި ހަވާލުވިފަހުންނެވެ. އެއާޕޯޓް ކުއްޔަށްދިނީ އެއާޕޯޓް ތަރައްގީކުރުމަށް ޝަރުދުކޮށެވެ. އެކަމަކު ޖީއެމްއާރުން އެންމެ ފުރަތަމަ ކުރަންފެށި ކަމަކީ ވިޔަފާރިފުޅާކުރުމުގެ މަސައްކަތެވެ. ޓާމިނަލަށް ގެނައި ބަދަލަކީ ތަންތަންކޮޅުގައި ތިނެއް އެމްއެމްގެ ފިލާހަރުކޮށް އޭގައި ޕޯސްޓަރުހަރުކުރުމެވެ. ޖީއެމްއާރުން ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ދައުލަތަށް ޖީއެމްއާރުން ދޭންޖެހޭ ފައިސާ އެތައްތަނުން ދިޔައީ ބޮޑުވަމުންނެވެ. ފަތުރުވެރިން ގިނަވާވަރަކަށް ދައުލަތުން ޖީއެމްއާރަށް 25 ޑޮލަރުގެ މަގުން ފައިސާ ދައްކަން ޖެހެއެވެ.
އަމިއްލަ ގައުމުގެ އެތެރޭގެ ނިކަމެތިކަން ކަށަވަރުކޮށްފަ ދެން އެހެނމީހުންނަށް ފާރަލާ.
އިންޑިޔާއަކީ ދެކުނު އޭޝިޔާގެ ގައުމުތަކަށާ އެސަރަހައްދުގެ މުސްލިމުންނަށް ހުރި ބިރެއް.
ދިވެހިރާއްޖެ އިން ލިބޭ ބާރުން ސީސެލްސް ވެސް އިބުރަތް ހާސިލްކުރީ