އިންޑިއާގެ ކަރްނަޓަކާގެ ރައިޝުރް ޑިސްޓްރިކްޓުގައި އަންދާލާފައި އޮތް އަންހެން ކުއްޖެއްގެ ހަށިގަނޑު ދަންޖައްސާފައި ހުއްޓާ ފެނިއްޖެއެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ވަލެއްގެ ގަހެއްގައި ދަންޖައްސާފާ ހުއްޓާއެވެ. މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ތިން ދުވަސް ފަހުން ކަމަށް ރިޕޯޓްތައް ބުނެެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާއަކީ ކޮލެޖުގައި ހުއްޓާ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގެއްލިގެން އުޅުނު ކުއްޖެކެވެ.

އެ ކުއްޖާ ހަށިގަނޑު ފެނުނުއިރު، އޭނާ ރޭޕްކޮށްފައިވާކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ ކުއްޖާގެ ހަށިގަނޑުގައި އަލިފާން ޖަހާ، ދަންޖައްސާލާފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

ރައިޝޫރްގެ ކޮލެޖެއްގައި ކިޔަވަމުން ދިޔަ އެ އަންހެން ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ކޮލެޖާއި 6 ކިލޯ މީޓަރު ދުރުންނެވެ.

އެ ކުއްޖާ ރެޕް ކުރި މީހާ ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، އެ ކުއްޖާ ދަން ޖެހުނީ ކިޔެވުމުގެ ކަމެއްގައި ކަމަށް އޭނާ ލިޔެފައިވާކަމަށް ބުނާ ނޯޓެއްގައި އޮތް ކަމަށް ވެއެވެ.

ނަމަވެސް އެ ކުއްޖާގެ އާއިލާއިން ބުނީ، އެ މީހުންގެ ދަރިފުޅު ރޭޕް ކުރުމަށްފަހު، ދަންޖައްސާފައި ވަނީ، އެ ކުއްޖާ އަމިއްލައަށް ދަން ޖެއްސީ ކަމަށް ހަދަން ވެގެން ކަމަަށެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.