ބަންގުލަދޭޝްގައި 65 ދުވަހަށް މަސް ބޭނުން މަނާކޮށްފި އެވެ.
ރިޕޯޓްތަަށް ބުނާގޮތުގައި ބަންގުލަދޭޝްގައި މަސްބޭނުން 65 ދުވަހަށް މަނާ ކުރީ ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ޓަކައެވެ. ބަންގުލަދޭޝްގެ ސަރުކާރުން ބުނި ގޮތުގައި މި ޖުލައި މަހުގެ 23އާ ހަމައަށް އެގައުމުގެ ކަނޑުގެ ސަރަހައްދުން މަސް ބޭނުން މަނާކޮށްފައިވާކަމަށެވެ.
ބަންގުލަދޭސްގެ މަސްވެރިން ބަޑުހައިހޫނު ކަމާއި އާންމުދަނީ ހޯދަން ކުރާ އެއް މަސައްކަތަކީ މަސްވެރިކަމެވެ.
މަސް އާލާވުމަށް ވަގުތު ދިނުމަށްޓަކައި ބަންގްލަދޭޝް އިން 65 ދުވަހަށް މަސް ބޭނުން މަނާކުރިއިރު މި ނިންމުމުގެެ ސަބަބުން ހުރިހާ އުޅަނދުތަކުން ވެސް މަސް ބޭނުން މަނާ ވާނެ އެވެ.
ބަންގުލަދޭޝްގެ މަސްވެރިން ވަނީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އެމީހުންގެ އާމްދަނީ ގެއްލޭ ކަމަށް ބުނެ މުޒާހަރާ ކުރާނެ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން ވެސް ބަންގުލަދޭޝްގައި ކުރު މުއްދަތުތަކަށް މަސްވެރިކަން ކުރުން މަނާކޮށްފައިވެ އެވެ. ނަމަވެސް މިއީ ކުދި މަސް ބޯޓުތަކަށް ވެސް ދިގު މުއްދަތަކަށް މަސް ނުބޭނޭނެ ކަމަށް ނިންމި ފުރަތަމަ ފަހަރެވެ.
ބަންގުލަދޭޝްގެ ފިޝަރީސް މިނިސްޓަރު އަޝްރަފް އަލީ ހާން ކަސޫރު ވިދާޅުވީ މަސް އާލާވުމަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެހެންނޫން ނަމަ މުސްތަގުބަލުގައި ކަނޑުން ދިރުން ނެތި ހިންގައިދާނެ ކަމަށެވެ.
ބަންގުލަދޭޝްގެ ސަރުކާރުން ބުނި ގޮތުގައި ބޭ އޮފް ބެންގާލްގައި އެގައުމުގެ ކޯސްޓުގާޑާއި ކަނޑުގެ ސިފައިން ސަރުކާރުގެ މިނިންމުން ތަންފީޒު ކުރާނެ ކަމަަށެވެ. ބަންގުލަދޭޝްގެ ސަރުކާރުން ވަނީ މުސްތަގުބަލުގައި ކޮންމެ އަހަރަކު ވެސް މިމުއްދަތު ތެރޭ މަސް ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ.
ރަގަޅު
ހެ ހެ ހެ .. މަސްނުބާނާ މަސްހިފީމަ އޯކޭވާނެދޯ ؟