ސީރިއާގެ އިދްލީބުގައި އެންމެ ފަހުން ދިން ހަމަލާއަށް ފަހު 200000 މީހުން އިދްލީބް ދޫކޮށް ތުރުކީ ބޯޑަރަށް ޖަމާވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަށް އަހަރު ކުރިން ފެށުނު ސީރިއާ ހަގުރާމާގައި މުޅި ޖުމުލަ 5.6 މިލިއަން ސީރިއާގެ ރައްޔިތުން އަމިއްލަ ވަޒަން ދޫކޮށް ކައިރި ގައުމުތަކަށް ވަނީ ހިޖުރަ ކޮށްފައެވެ.

މިދިޔަ އެޕްރީލް މަހުން ފެށިގެން ސީރިޔާގެ ރައީސް ބައްށާރުގެ ސިފައިން އިދްލީބަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި 200000 އަށް ވުރެން ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި އެސަރަހައްދުން ތުރުކީ ބޯޑަރަށް ގޮސްފައިވާކަމަށް އދ އިން ވަނީ ބުނެފައެވެ.

އދ އިން ބުނި ގޮތުގައި އެޕްރީލް މަހުން ފެށިގެން އިދިލީބުގައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 400 އަށް ވުރެން ގިނަ މީހުންމީހުން ވަނީ މަރުވެފައެވެ.

ސީރިޔާގެ އިދްލީބު ޕްރޮވިންސަކީ، އެޤައުމުގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި އޮންނަ ތަނެކެވެ.

ސީރިއާގެ ދާހިލީ ހަނގުރާމާގައި މިހާތަނަށް 300،000 އާއި 500،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް އަންދާޒާކުރެވެ އެވެ.