އެމެރިކާގެ ކްލޮރާޑާ ގެ ރޮކީ މައުންޓެއިންއަށް ޕްލާސްޓިކުގެ ވާރޭ ވެހެމުންދާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސައިންސްވެރިން ކުރި މި ދިރާސާ އިން ދައްކާ ގޮތުގައި އެމެރިކާގެ ކްލޮރާޑާގެ ރޮކީ މައުންޓެއިންއަށް ވެހޭ ވާރޭގަ ގިނައަދެއްގެ ޕްލާސްޓިކު ހިމެނެއެވެ.
އެސަރަހައްދަށް ވެހޭ ވާރޭ ފެނުގެ ސާންޕަލްތަކެއް ނަގައިގެން އެތަކެތި މައިކްރޮސްކޯޕެއްގެ އެހީގައި ބަލައިގެން މި ދިރާސާ ކޮށްފައިވާއިރު ސައިންވެރިން ބުނަނީ މިހެން މިކަން މެދުވެރިވަނީ އިންސާނުން ބޭނުން ކުރާ ޕްލާސްޓިކު ރަނގަޅަށް ރީސައިކަލް ނުކުރެވޭތީކަމަށެވެ.
އަހަރަކު ދުނިޔޭގެ އެކި ކަންކަކޮޅުތަކުގައި 5 ޓްރިލިއަނަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޭނުންކުރެއެވެ. މީގެތެރެއިން 13 މިލިއަން ޓަނުގެ ޕްލާސްޓިކް ކަނޑުތަކަށް އަޅާއިރު، މިއީ ގައިގަޑަކަށް ކޮންމެ މިނެޓަކު ކުނިއުކާ ޓްރަކެއް ފުރާ ކުނި އުކާލުންފަދަ ކަމެކެވެ. އަހަރެމެން ބޭނުންކުރާ ޕްލާސްޓިކްތަކެތީގެ ތެރެއިން 50 އިންސައްތަ ތަކެއްޗަކީ އެއްފަހަރު ބޭނުންކުރާ ތަކެއްޗެވެ. ކޮންމެ މިނެޓަކު އިންސާނުންދަނީ އެއް މިލިއަން ޕްލާސްޓިކް ފުޅި ގަންނަމުންނެވެ. އަހަރެމުން އިންސާނުން އުފައްދާ ކުނީގެތެރެއިން 10 އިންސައްތައަކީ ޕްލާސްޓިކް ކުންޏެވެ.
ޕްލާސްޓިކަކީ ވީރާނާވެގެން ދިއުމުގައި ދިގުމުއްދަތެއްނަގާ އެއްޗެއްކަށްވާތީއެވެ. ކަނޑައްއަޅާ ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް ބަލިވެ، ކަނޑުންބާނާ ނުވަތަ ހިފާ މަސް ކެއުމުގެ ސަބަނުން އިންސާނުންނަށް ކުރާ ނޭދެވޭ އަސަރަކީ ޕްލާސްޓިކު ކުނީގެ ސަބަބުން ދިމާވާ މައިގަނޑު އެއްމައްސަލައެވެ.
ބިރު