އިސްރާއީލުންގެ އުދުވާނީ ސިފައިން ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާގެ އޮފިޝަލުން ވިދާޅުވީ އިއްޔެ ވައިގެ މަގުން ދިން ހަމަލާއެއްގައި ޒުވާނަކު މަރުވެފައިވާ ކަމަށެވެ. މަރުވި ޒުވާނާއި ބެހޭ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައި ނުވާއިރު މިނިވަން ކަމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ފެށި މުޒާހަރާގައި މިހާތަނަށް 21 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

30 މާޗުން 5 މޭ އަށް ފަލަސްތީނުގެ މިނިވަން ކަމައްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން އަނެއްކާވެސް މިއަދު ވަނީ ބޮޑު މުޒާހަރާއަކަށް ނިކުންނަން ތައްޔާރުވެފައެވެ.

މުޒާހަރާގެ ބައިވެރިއެއް ބުނީ ދޭން ބޭނުންވަނީ މެސެޖެއް ކަމަށާއި އަހަރުމެންގެ ބިން މިނިވަން ކުރަން ކުރެވުނު ހުރިހާ މައްސަކަތެއް ކުރާނެ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

މި މުޒާހަރާތައް ފެށިތާ ފުރަތަމަ ހަފްތާތެރޭވެސް އެތަށް ބަޔަކު ޝަހީދު ކޮށް ޒަހަމު ކޮށްލާފައިވާއިރު މިދިޔަ ހުކުރުދުވަހު ފެށި މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި އި ފަލަސްތީނުގެ 21 މީހުން ޝަހީދުކޮށް އިތުރު އެތައްސަތޭކަ ބަޔަކު ޒަހަމު ކޮއްލާފައި ވަނިކޮށް، މިދިޔަ ބުދަ ވަނީ ބަޑިޖަހައި އިތުރު މީހެއް ޝަހީދުކޮށްލާފައެވެ.

ފަލަސްތީނު ރައްޔިތުން ޣައްޒާގައި އިއްޔެ ފެށި ބިޔަ މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 18 އަށް އަރައިފައިވާއިރު 1,500 މީހުން ވަނީ ޒަހަމު ވެފައެވެ.

ގިނަމީހުން ޒަޚަމްވެފައިވަނީ ވަޒަން އެރުމުގެ ސަބަބުން ކަމަށާއި، ކަރުނަ ގޭހުގެ ސަބަބުންވެސް އެތައްބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

30 މާޗުން 5 މޭއަށް ކުރިއަށް ދާ މި މުޒާހަރާގައި ގިނަ ބަޔަކު ވަރުވެ ޒަހަމު ވަމުން ދަނީ އިސްރާއީލުން މުޒާހަރާގެ ބައިވެރިނާއި ކުރިމަތި ކުމަށް ބަރު ހަތިޔާރާއި ޓޭންކަރު ނެރެ ހަމަލާ ދެމުންދާތީއެވެ. އިސްރާއީލުގެ ސިފައިންދަނީ ލައިވް ވަޒަން މުޒާހަރާގެ ބައިވެރިނާ ދެކޮޅަށް ބޭނުން ކުރަމުންނެވެ.