ޗައިނާގެ ސަރުކާރުން އެ ގައުމުގައި އުޅޭ މުސްލިމުންގެ ސަހަރާތައް ނެތިކޮށްލަމުން ދާކަން ސެޓަލައިޓް ފޮޓޯތަކުން ފަޅާ އަރައިފިއެވެ.

އެ ގައުމުގެ އާބާދީ އާއި ބަލާފައި އުޅޭ މުސްލިމުންގެ އަދަދު ވަރަށް މަދުކަން ފާހަގަކުރެވޭ އިރު، އެ ގައުމުގެ ސަރުކާރުން ދަނީ މުސްލިމުން އެމީހުންގެ ކާބަފައިން ވަޅުލާފައިވާ ސަހަރާތައް މަތިން ފަސްއަޅައި، އެ ތަންތަނުގައި އިމާރާތްތަކާއި ޕާކުތައް އަޅަމުންނެވެ.

ސާފު ކޮށްފައި އޮތް ސަހަރާ އެއް ތެރެއިން ފެނިފައިވާ ކަށިތައް

މިއީ އެ ގައުމުން މުސްލިމުން ފޮހެލުމަށްޓަކައި ކުރާ ކަމެއް ކަމަށް ޗައިނާގެ މުސްލިމުން ބުނާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހެން ނެތިކޮށްލަމުން މިދަނީ ހަމައެކަނި މުސްލިމުންގެ ސަހަރާތައް ކަމެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުންގެ 5 ޖީލު ކުރީގެ ކާބަފައިން ވަޅުލާފައިވާ ސަހަރާތައްވެސް މިހާރު ވަނީ އެއްކޮށް ނެތިކޮށްލާފައެވެ.

މިކަން ކުރަން ޗައިނާ ސަރުކާރުން މީގެ އެތައް އަހަރެއް ކުރިން ފަށާފައި ވާއިރު، މިފަހަކަށް އައިސް މިގޮތަށް މުސްލިމުންގެ ސަހަރާތަކަށް ހެދުން ވަނީ އާއްމުވެފައެވެ. އިނގިރޭސި ވިލާތުގެ ނޫސްވެރިންގެ ޓީމެއް ޗައިނާ އަށް ގޮސް ބެލިއިރު ނެތިކޮށްލާފައިވާ 3 ސަހަރާ އަކުން އިންސާނުންގެ ކަށިތައް ފެނިފައި ވާއިރު، ބައެއް ސަހަރާތައް ނެތިކޮށްލުމުގެ މަސައްކަތް ކުރިއަށް ދަނީއެވެ. މިގޮތުން މަހާނަތަށް ތަޅާފައިވާ މަންޒަރު އެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

މުސްލިމުންގެ ސަހަރާއެއް މަތީ އަޅާފައިވާ ޕާކެއް

ޗައިނާގެ މިފަދަ އަމަލުތަކުގެ ސަބަބުން އެމެރިކާ އިން ވަނީ އެ ގައުމަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ޗައިނާގެ 28 ކުންފުންޏެއް އެމެރިކާ އިން ވަނީ ބްލެކްލިސްޓު ކޮށްފައެވެ. އަދި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް އެމެރިކާ އަށް އެތެރެވާން ވިސާ ހޯދުމަށްވެސް ފިއްތުންތައް ކުރިމަތި ކުރުވާފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޝާން

  ވަރައްވެސް ސަޅިޚަބަރެއްތީ ޔަހޫދީންގެ ޕޮރެޕެގެންޑާ އަކީ ގައިމުތައް ހަލާކުކޮށްލަން ނަސްލީ ތަފާތު ކުރުމޭކިޔާގެން ހަމަނުޖެހުން ހިންގާ ދާޚިލީ ހަނގުރާމަ ފެށުން ނޫނީ އިންސާނީ ހައްގުތަކޭ ކިޔާގެން އެކި ގޮތްގޮތުން ދަތިކުރުން އެމީހުން ނައްކީއްތަ ސަހަރާ ތަޅާލިޔަސް ފަލަސްތީނުގެ ބިން ފޭރި ހުސްކުރާ ފޮޓޯ ނުފެނޭތަ މުސްލިމުން ރުޅި އެރުވުން ނޫން ކަމެއް ނުކުރާނެ އެމީހުން

  18
  2
 2. މޯދީ

  އެމެރިކައިން ތިކަން ކުރަނީއަކީ މުސްލިމުންނަށް ހެވެއް އެދިގެނެއްނޫން، އެއީ ޗައިނާގެ ވާހަކަ މީޑިޔާގަ ދައްކަން ޖައްސާ ޑްރާމާއެއް!

  14
 3. ހަގީގަތް

  ގަބޫލުކުރިޔަސް ނުކުރިޔަސް ހަބަރުގައި ވާފަދައިން ޗައިނާއަކީ އެގައުމުގައިވާ މުސްލިމުންށް އިހާނެތިކޮށް އެގައުމުގައި އުޅޭ ވީގަރ މުސްލިމުން ޗައިނާއިން ބޭރަށް ނުދެވޭނެގޮތަށް ޕާސްޕޯޓް ދުނުކޮށް، ޖަލުތަކަށްލައި، މިސްކިތްތަކުގައި ނަމާދު ނުކުރެވޭގޮތަށް ހަދައި، ރޯދަވެސް ނުހިފޭނެގޮތަށް ހަދައި، ރާބުއިން މަޖްބޫރުކޮށް، ދިރިހުއްޓާ އެމީހުންގެ ގުނަވަންތައް ގަދަކަމުން ޑޮނޭޓްކުރުމަށް ނަގައި (އެއް ސޯސްއެއްގައި އޮތް ލޯތަށްވެސް ޑޮނޭޓްކުރާކަމަށް)، ކުޑަކުދީންނަށް އެމީހުންގެ ފަލްސަފާތަށް ދަސްކޮށްދީ (ޗައިނާމީހުންނަކީ އެތީސްޓުންގެ މެޖޯރިޓީ އޮންނަ ބައެއް).
  އެމެރިކާއާއި، އިންޑިޔާއާއި ޗައިނާއާއި، ޔޫރަޕިއަން ޔޫނިއަން އަދި ކޮމަންވެލްތް ގައުމުތަކުގެ ތެރެއިން އިސްލާމްދީނާއި ދެކޮޅުގައުމުތަކަކީ އިސްލާމްދީނުގެ އަދުއްވުން. އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖެ ދިޔައިއްޔާ ރާއްޖޭގައި ހިންދޫދީންތައް މަޖްބޫރުވާނޭފަދައިން ޗައިނާގެ ބާރުގެ ދަށަށް ރާއްޖެ ދިޔައިއްޔާ ސޯޝިއަލިޒަމްގެ ފަލްސަފާ ގަބޫލުކުރަން މަޖްބޫރުވާނެ. ހުޅަނގުގެ ގައުމުތަކުގެ ބާރުދަށަށް ދިޔައިއްޔާ ކެޕިޓަލިޒަމްގެ ފަލްސަފާއާއި އެމީހުންގެ ޑިމޮކްރަސީގެ ފަލްސަފާ ގަބޫލުކުރަން މަޖްބޫރުވާނެ.
  މިގައުމުތަކުގެ އެހީލިބުނަސް މިގައުމުތަކުގެ އަތްދަށަށް ނުދެވޭތޯ ބަލަންވާނެ. އަތްދަށަށް ދަންޏާ ޖިހާދުކުރުން އޮތީ.

  13
  1
 4. ޏިއުސް

  ޗައިނާއިންވަނީ މުސްލިމުންނަށް ފާޑުފާޑު ގޯނާ ކުރަމުން ދިޔައިރު މިއޮތް ހުރޮހާދުވަހު ނޫހަކުންވެްސް އެވާހަކަ ލިޔެފަ ނެތީ ގިނަ ގައުމުތައް ވަނީ ޗައިނާއަށް ދަރާފަ ކަމަށްވާތީ. ޅެޓްސް ބޮއިކަޓް ޗައިނާ

  6
  1