ފްރާންސްގެ މިސްކިތެއްގައި ނަމާދު ކުރަން ތިބި ބަޔަކަށް ބަޑީގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާ ދީފައި ވަނީ ފްރާންސްގެ ދެކުނުގައި އޮންނަ ބަޔޯނޭގައެވެ.
މި މިސްކިތުގައި މީހުން ނަމާދަށް ތިއްބައި ދިން ބަޑީގެ ހަމަލާތަކުގެ ސަބަބުން އަނިޔާވެފައިވާ 2 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަނިޔާ ވެފައި ވަނީ އުމުރުން 87 އަހަރާއި 84 އަހަރުގެ ދެ ފިރިހެނުންނަށެވެ. މި ދެ މީހުންގެވެސް ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
މިސްކިތުގައި ތިބި މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން މިސްކިތް ބޭރުގައި އޮތް ވެހިކަލް އެއްގައިވެސް ވަނީ ރޯކޮށްލާފައެވެ.
މި ހަމަލާ ދިން ކަމަށް ބެލެވޭ އުމުރުން 60 އަހަރުގެ މީހަކު މިހާރު ވަނީ ހަމަލާ ދިން ސަރަހައްދާއި 10 ކިލޯމީޓަރު ދުރުން ހައްޔަރު ކޮށްފައެވެ.
އެކަން ކުރީ ސިކުޑި ހަމަނުޖޭ މީ ހަކު.