އިސްރާއީލުން އެމީހުންނަށް ހަމަލާދޭ ކޮންމެ ބަޔަކާއި ކުރިމަތިލާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހު އެގައުމުގެ މީޑިއާތަކާއި ވާހަކަ ދައްކަވަމުން ބުނެފިއެވެ.
މިއަދުގެ ވަގުތެއްގައި ޕަލަސްތީނުގެ ގައްޒާއިން އިސްރާއީލުގެ ހިސާބުތަކަށް ވަނީ ރޮކެޓް ހަމަލާތަކެއް ދީފައެވެ. މިކަމުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއިލުން ވަނީ ގައްޒާއަށް ޑްރޯން ހަމަލާތެކެއްދީ، 4 މީހުން ޝަހީދު ކޮށްލާފައެވެ. އަދި 27 މީހުން ޒަހަމް ކޮށްލާފައެވެ. ގައްޒާއިން އިސްރާއިލަށް އަމާޒުކޮށް ފޮނުވާފައިވާ ރޮކެޓް ތަކުން ވަނީ އެގައުމުގެ 5 މީހަކު ޒަހަމްވެފައެވެ.
މިކަމާއި ގުޅިގެން އެގައުމުގެ ބޮޑު ވަޒީރު ނަތަންޔާހޫ ބުނެފައިވަނީ ނިރުބަވެރިން، އެމީހުންގެ މައުސޫމު މީހުންނަށް ހަމަލާދީފައި ތިބެނީ އެމީހުންގެ ތެރޭގައި ތިބި މައުސޫމު މީހުންގެ ފަހަތައް ވަދެ ފިލައި ކަމަށެވެ. އަދި އެމީހުންވެސް ވާނީ ހަމަލާ ދެވޭނެ ކަން އަންގާފައި ކަމަށާއި، އިތުރު ހަމަލާތަކެއް ދެންޏާ އެމީހުންވެސް ހަމަލާދީ އެބަޔަކާއި ކުރިމަތި ލާނެ ކަމަށެވެ.
"ނިރުބަވެރިން ތިބެނީ އެމީހުންގެ ތެރޭގައި ތިބި މައުސޫމު މީހުންގެ ތެރެއަށް، އަހަރުމެންގެ މައުސޫމު މީހުންނަށް ހަމަލާދީފައި ފިލައިގެން. އެމީހުން ހަމަ ލާދޭ ވަރަކުން އަހަރުމެންވެސް ހަމަލާދޭނަން އަދި ކުރިމަތިވެސް ލާނަން" ނަތަންޔާހޫ ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން އިސްރާއިލް އަސްކަރިއްޔާގެ ވެރިޔާ، ކޮޗާވީ ބުނެފައިވަނީ އިސްރާއިލާއި ހަމާސްގެ ހަމަލާ ބަދަލުވުންތައް ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާފައިވަނީ އަލް-އަތާ ކަމަށެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިންވެސް އޭނާ އިސްރާއީލަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ހައްޔަރު ކުރަން އުޅުމުން އެކަން ނާކާމިޔާބު ވުމުން އޭނާ ގަޔަށް ބަޑި ޖަހައި މަރާލީ ކަމަށްވެސް އޭނާ ބުންޏެވެ.
ކޮޗާވީ ބުނީ، މިހާރު ހިނގަމުންދާ ހަނގުރާމަ ބޮޑު ކުރަން މަސައްކަތެއް ނުކުރާ ކަމަށާއި އެހެން ނަމަވެސް ލިބިދާނެ ހަމަލާއަކަށް އެމީހުން ތިބީ އެއްގަމާއި ކަނޑު އަދި ވައިގެ ތެރޭގައި ވެސް ތައްޔާރަށް ކަމަށެވެ.
ކަލޭމެން މިހުރިހާދުވަހު ފަލަސްތީނު ރައްޔިތުންނައް ހަމަލާދީ ޝަހީދު ކުރަމުން ދިޔައީ އެމީހުންނަކީ މައުސޫމް ބަޔަކީނޫންތަ؟ ކަލޭމެންގެ ކާފަރަކު މަރާލީމަ އެއީ މައުސޫމު ހުދު ކާފޫރެއް. ބަލަން ތިބޭތި އިންޝާﷲ ކަލޭމެން ކުޑަކަކުކައް ތިރިކުރާނެ ދުވަސް ވަރަށް ގާތްވެއްޖެ..
ﷲފަލަސްތީނު ރައްޔިތުންނައް ނަސްރާކާމިޔާބު ދެއްވާ ޔަހޫދީ ޒަޔަނިސްޓް އިސްރާއީލޭ ކިޔުނު ޔަހޫދީން ބަލިކަށި ކުރައްވާ އެބައިމީހުން ނެތިކުރައްވާޝި!
މިއީ އިންތިހާބުގަ ބަލިވެފަ ހުރި މީހެއްނުންތަ..އަދިވެސްބޮޑުވަޒީރުކަމުގަ ..އެކްސްޕްލެއެިން ސަމްވަން
ދައްޖާލު ކަލެއައް ކުރިމަތި ލެވޭނީ ކުޑަކުދިންނާ އަންހެނުންނާ ނިކަން އަހަރެމެންނާ ކުރިމަތި ލާން ކެރޭނެތަ
ޔަހޫދީންގެ އަސްލު ސިފަމީ. ގޮން އެ ޖަހަނީ ރައްބުލް ކާއިނާތު ވެސް ހިމެނޭ ގޮތަށް.
الله މިބައިގަޑު ބަލިކުރައްވާށި
ޢާމީން...
އިސްރާއީލަކީ ޤައުމެއް ނޫން އެއީ ޓެރަރިސްޓް ޖަމާއަތެއް
އީރާން އަދި ތުރުކީ ޔަހޫދީން ނާ ދެކޮޅަށް ނުކުމޭ އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ