އިރާގުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އިރާގާއި ބޭރުގެ ބައެއް އެނޫންވެސް ޤައުމުތަކުގެ އަސްކަރިއްޔާއިން ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކަށް ފަހު، ހަނގުރާމަވެރިންގެ ބާރު ކެނޑިގެން ގޮސްފައި ވަނިކޮށް އަނެއްކާވެސް އެ ޖަމާޢަތުގެ ބާރު ގަދަވާން ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ކުރުދީ އަދި ހުޅަނގުގެ އިންޓެލިޖެންސް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އައިއެސްގެ ހަނގުރާމަވެރިންގެ ބާރު އިރާގުން ކަނޑުވާލުމަށް މީގެ ކުރިން ކުރިޔަށްގެންދިޔަ ވަރުގަދަ އޮޕަރޭޝަންތަކުގެ ސަބަބުން ހަނގުރާމަވެރިން ތިބީ ބައިބައިވެފައި ކަމަށާއި، ނަމަވެސް ފަހަކަށް އައިސް އެ ހަނގުރާމަވެރިން އަނެއްކާވެސް ގުޅި އިރާގުގެ އެކި ހިސާބުތަކަށް ބާރު ފޯރުވަމުންދާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން މިހާރު އިރާގުގެ އެކި ކަންކޮޅުތަކަށް ހަމަލާ ދިނުމަށް ރާވައި ތައްޔާރުވަމުން ދާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި އެފަދަ ގިނަ ހަމަލާތައް ދީފައިވެސް ވާ ކަމަށެވެ. އަދި މިހާރު އެ ޖަމާޢަތުގެ ނުރައްކާ މީގެ ކުރިން ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއް ނިރުބަވެރި ޖަމާޢަތް، އަލްޤައިދާ އަށްވުރެ ވެސް ބޮޑުވެފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.
"މިހާރު އެމީހުންގެ އުކުޅުތައް ތަފާތު. އަދި މިހާރު ހަނގުރާމައިގެ މައިދާނަށް އެމީހުން އަލުން ނިކުންނައިރު އިތުރަށް ތިބޭނީ ތަމްރީނު ލިބިފައި. މިކަމުގެ ސަބަބުން އެމީހުންގެ ނުރައްކާ ދެގުނަ ވެގެންދާނެ. ބައިބައިވެ އެކި ތަންތަނުގައި ފިލައި ތިބި އެފަދަ މީހުން މިހާރު ދަނީ އެއްތަން ވަމުން،" އޮފިޝަލަކު ނޫސްތަކުގައި ބުނެފައި ވެއެވެ.
އައިއެސްގެ ބާރު މީގެ ކުރިން އެންމެ ބާރުގަދައީ އިރާގުގައި ކަމަށް ވާއިރު، އެޤައުމުގެ ގިނަ އަދަދެއްގެ އަވަށްތައްވެސް ވަނީ އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އިރާގު ސިފައިންނާއި ބޭރުގެ ސިފައިން ގުޅިގެން އެ އަވަށްތައް ވަނީ އަނބުރާ އަތުލާފައެވެ. މިކަމާއި ގުޅިގެން ފާއިތުވެދިޔަ ދުވަސްތަކުގައި އައިއެސްގެ ހަނގުރާމަވެރިން މަސައްކަތް ކުރީ ޖަމާޢަތް އަލުން އާރާސްތުކޮށް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތެވެ.
އިންޓެލިޖެންސް އޭޖެންސީތަކުން ބުނާގޮތުގައި މިހާރު އައިއެސްގެ ހަނގުރާމަވެރިން ބޭނުންވަނީ އަވަށްތައް ހިފާކަށް ނޫނެވެ. އޭގެ ބަދަލުގައި ހަނގުރާމަވެރިން މިހާރު އިޚްތިޔާރު ކުރަނީ މީހުން ނޫޅޭ ފަރުބަދަމަތީ ސަރަޙައްދުތަކާއި ބިންގަރާސްތައް ކަމަށް އެ އޭޖެންސީތަކުން ބުނެފައި ވެއެވެ.
އައިއެސް އިން މިހާރު ބާރުގަދަ ކުރަމުންދަނީ ހޮހޮޅަތައް ގިނަ، ސިފައިންނަށް ފޯރިމަރަން އުނދަގޫ ފަރުބަދަތައް ގިނަ ސަރަޙައްދެއް ކަމަށް އިރާގު ސިފައިން ބުނެއެވެ. މިކަމުގެ ސަބަބުން އެ ޖަމާޢަތުގެ ހަނގުރާމަވެރިން ހިންގައި ރާވަމުންދާ ކަންކަން ހުއްޓުވުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް އެ އިދާރާތަކުން ވަނީ ބުނެފައެވެ.
ކުރުދީ އިންޓެލިޖެންސް އޮފިޝަލުން ލަފާކުރާ ގޮތުގައި އިރާގުގެ އެކި ސަރަޙައްދުތަކުގައި މިހާރު ހަރަކާތްތެރިވާ ނިރުބަވެރިންގެ އަދަދު ފަސްހާހަށްވުރެ ގިނަވާނެއެވެ. އެހެންކަމުން މި ނިރުބަވެރިން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކަށް ނޭޅިއްޖެނަމަ އެކަމުގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އޮންނާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ދިވެހި އައިސިސް ޖައްބާރުންތައް އެމީހުންނާ ގުޅެން ދާން ތެޅޭނެ މިހާރު
ލާދީނީ ޖައްބާރުންތައް ވަރައް ބިރުގަންނާނެ
ސުބްޙާނަﷲ !
މިމީހުންނާ އަޅައިގަނެގެން އުޅޭވަރަކައް މިމީހުންގެ ކަންތައް ފުޅާކުރާނެ އަދިވެސް ހަރުކަށި ކިޔާ ކިޔަ ތިބޭ
'' އިރާގުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އިރާގާއި ބޭރުގެ ބައެއް އެނޫންވެސް ޤައުމުތަކުގެ އަސްކަރިއްޔާއިން ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކަށް ފަހު '' ……. މިގޮތަށް ފަލަސްޠީނަށް ވެރިވެގަނެގެން އެ އުޅޭ ނިރުބަވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރަން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން ބޭރުގެ ބައެއް އެނޫންވެސް ޤައުމުތަކުގެ އަސްކަރިއްޔާއިން ގުޅިގެން މަސައްކަތް ނުކުރާ ސަބަބު ބަޔާން ކޮށްދީބަލަ
ނުހުއްޓުވޭނެ މުޅި ދުނިޔެ ތިކަމައް ތިޔަ ތެޅެނީ މުނާފިގުންނާއި މުރުތައްދުންނާއި ކާފަރުން އެއްވެގެން. ގިޔާމަތާ ޖެހެންދެން ދެމި އޮންނާނެ. ޢެއީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ވަޢްދު ފުޅު.
އޯ. އެމް. ޖީ ! ސޮރީ ޓު ހިޔަރ ދިސް!
ދެއި އަރ ގެއިނިންގް އެންޑް ދިސް އިޒް ސޯ ސްކެއަރީ!