23:46
ޓްރަމްޕަށް ލިބިގެންވާ ހަނގުރާމަކުރުމުގެ ބާރު ހަނިކުރުމަށް އެގައުމުގެ ކޮންގްރެސްގެ ދަށުގެއަށް ވެއްދި، ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ މެމްބަރު ޕެލޯސީ ބުނެފައިވަނީ ޓްރަމްޕުގެ ސަރުކާރުގައި މިހާތަނަށް އެގައުމުގެ ރައްކާތެރިކަން ޔަގީންކަމާއެކު ކަށަވަރުކުރެވިފައި ނުވާކަމަށް. އަދި އެގައުމުގެ ރައްކާތެރިކަން ޔަގީންކޮށްދިނުމަށް ޓްރަމްޕުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށްވެސް ބުނެފައިވޭ.
23:43
ނާޓޯގެ ދަށުން ހިންގާ އެއްވެސް ތަނަކަށް ނުރައްކާތެރި މިސައިލްތަކުގެ ނުރައްކާ ނެތް ކަމަށް އެ ޖަމިއްޔާއިން ބުނެފި. އެޖަމިއްޔާއިން ބުނީ އެޖަމިއްޔާގެ ޑިފެންސް ސިސްޓަމްތައް ވަރުގަދަ ކަމަށާއި ސަރަހައްދުގައި ހިނގާ ކަންކަން ރާޑަރު މެދުވެރިކޮށް ބަލަމުން އަންނަ ކަމަށް.
23:40
އިރާނުގެ އަސްކަރީ ޖަމިއްޔާއެއް ކަަމަށްވާ ޕޮޕިއުލަރ މޯބަލައިޒޭޝަން ޔުނިޓްސް އިން ބުނީ އިރާގުގެ ގްރީން ޒޯނު ހިމެނޭ ސަރަހައްދަށް ހަމަލާ ދީފައިނުވާނެ ކަމަށް. މިއީ ރޭ ދިން ހަމަލާތަކުގެ ފަހަތުގައި އޮތީ އެ ޖަމާއަތް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެޖަމާއަތުން ބުނި ބުނުމެއް.
23:24
BREAKING: Flight Vettunee Iran Ge Hamalaa Akun Noon Kamah Egaumun Bunefi https://t.co/qsbYX31fwc
— Vaguthu Online (@VaguthuOnline) January 9, 2020
22:17
Flight Vettunee Iran in Olhigen Dhin Hamalaa Ehgai https://t.co/VHzhkuOGPb
— Vaguthu Online (@VaguthuOnline) January 9, 2020
21:09
މެދު އިރުމަތީގެ ގައުމުތަކުން އެމެރިކާ ސިފައިން ފައިބަންދެން މިސައިލް ހަމަލާތައް ދެމުން ގެންދާނެ ކަމަށް އިރާނު ރިވޮލިއުޝަނަރީ ގާޑުން ބުނެފި.
21:04
އދ.ގެ ސެކިއުރިޓީ ކައުންސިލުން ބާއްވަން މިއަދު ތާވަލް ކުރި ބައްދަލުވުމަށް އީރާނުގެ އޮފިޝަލުން ހާޒިރުވުމަށް ހުރަސް އެޅުމަކީ ދެރަވާ ކަމެއް ކަމުގައި އެ ޖަމިއްޔާއިން ބުނެފި. އީރާނަށް އެ ބައްދަލުވުމުގައި ބައިވެރި ނުވެވުނީ އެމެރިކާއިން ވިސާ ނުދީގެން.
21:01
Flight Vettumuge 20 Minute Kurin Firimeehaa Ah Gulhai Biru Ganna Kamah Buni https://t.co/Vu0VH3eEMk
— Vaguthu Online (@VaguthuOnline) January 9, 2020
20:11
އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަން ތައްޔާރަށް އޮތް ކަމަށާއި އެހެން ނަމަވެސް ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަ އެމެރިކާއިން ބުނެފި. އެގައުމުނެ އެހެން ބުނެފައިވަނީ އދ. ގެ ސަލާމަތީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި.
20:08
Hanguraama Kuran Trump Ah Libigenvaa Gaanoonee Baaruthah Hani Kuran Husha'alhaifi https://t.co/qp5bMhA8YT
— Vaguthu Online (@VaguthuOnline) January 9, 2020
18:17
އިރާގުގައި އެމެރިކާ ސިފައިން ތިބި ބޭސްތަކަށް މިސައިލް ހަމަލާ ދިނީ އެގައުމުގެ ސިފައިންނަށް އަމާޒުކޮށްގެން ނޫން ކަމަށް އީރާނުން ބުނެފި. އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ އެއިރޮސްޕޭސް ފޯސްގެ އިސްވެރިޔާ އަމިރާލީ ހަޖީޒަދޭ އާ ހަވާލާދީ އީރާނުގެ ގައުމީ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެހަމަލާތަކުގެ އަމާޒަކަށްވީ ވޮޝިންޓަނުގެ "އަސްކަރީ މެޝިން ގަން" ހަލާކުކޮށްލުން ކަމަށް. އަދި އިރާގަށް ދިން ހަމަލާއަކީ އެ ސަރަހައްދުގެ ގައުމުތަކުން އެމެރިކާ ސިފައިން ބޭލުމަށް ދިން އިންޒާރުގެ ހަމަލާއެއް ކަމަށްވެސް ވިދާޅުވި. އަމިރާލީ ވިދާޅުވެފައިވާ ގޮތުގައި އީރާނުން ރާވާފައި އޮތީ އިރާގަށް ދިން ހަމަލާއަށްފަހު އެ ސަރަހައްދުގައި އެމެރިކާ ސިފައިން ތިބޭ ތަންތަނާއި ވޮޝިންޓަނަށް ހަމަލާ ދޭން.
18:10
ޓްރަމްޕު 2011 ވަނަ އޮބާމާ އަށް ޖެހި ޖޯކުތައް މިއަދު މިވަނީ އޭނާ އަމިއްލަ ނަފްސަށް ނިސްބަތް ވެފަ.
Obama Iran Aai Eku Hanguraama Eh Fashaane Kamah Bune Trump 2011 Vana Aharu Faadu Kiyaa Manzaru...https://t.co/odBflZTe1Y
— Vaguthu Online (@VaguthuOnline) January 9, 2020
17:24
އީރާނާއި އެމެރިކާ އާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނައްތާލަން ޖެހޭކަމަށް ޕޯޕް ފްރާންސިސް ބުނެފި. ޕޯޕް ފްރާންސިސް އަކީ ނަސާރާ ދީނުގެ އެންމެ އިސް ފާދިރީ.
16:33
ޓްރަމްޕް ރޭގަ ދެއްކި ވާހަކަތަކަށް އެމެރިކާގެ ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި.
14:06
BREAKING NEWS: Varugadha Badhalu Hifunthah Adhi Othee Kuriyah - Iranhttps://t.co/WOyL4vec2d
— Vaguthu Online (@VaguthuOnline) January 9, 2020
13:55
ސުލައިމާނީގެ ހަނދާން އާ ކުރުމުގެ ގޮުތުން އީރާންގެ ވެރިރަށް ޓެހްރާންގައި ހަފްލާއެއް ބާއްވައިފި، މި ހަފްލާގައި އީރާނުގެ ރައީސް އާއިސުލައިމާނީގެ މަގާމާއި ހަވާލުވި ވަޑައިގެންނެވި ބޭފުޅާ ބައިވެރިވެވަޑައިގެންނެވި.
13:28
ވެއްޓުނު ޔޫކްރޭންގެ ފްލައިޓްގައި މަރުވި މީހުންގެ ނަންތައް އެ ގައުމުން އާއްމުކޮށްފި.
13:27
Flight Vehtunee Alifaan Roavegen- Ukrainhttps://t.co/myJ9Die8uZ
— Vaguthu Online (@VaguthuOnline) January 9, 2020
12:34
ޔޫކްރޭނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، އަލިފާން ރޯވެގެން ފްލައިޓް ވެއްޓުނުއިރު، ފްލައިޓްގެ ތެޔޮ ޓޭންކް ހުރީ ފުލްކޮށް ކަމަށާއި، ފްލައިޓް ވެއްޓުނު ވަގުތު ބިމުގައި ޖެހުމާއެކު ފްލައިޓް ގޮވީ ކަމަށް. އަދި އެ ފްލައިޓް ގެ ދެ ކަޅު ފޮށި ހަލާކުވެފައިވާ ކަމަށާއި، އޭގައި ހުރި މައުލޫމާތު އެއްކޮށް ނެގިފައި ނުވާ ކަމަށްވެސް ބުނެފައި ވޭ.
12:20
ޔޫކްރޭނުން ޖެނުއަރީ ނުވަ ަވަނަ ދުވަސް ފާހަގަ ކުރަނީ "ގައުމީ ހިތާމައިގެ ދުވަސް"ގެ ގޮތުގައި.
12:16
ޔޫކްރޭން ބޯޓު ވެއްޓުނީ ބޯޓުގައި އަލިފާން ރޯވެގެން ކަމަށް މަންޒަރު ދުށް ފަރާތްތަކާއި ހަވާލާތީ އެ ހާދިސާ ހިނގާ ދިޔަ ގޮތުގެ ރިޕޯޓް ތައްޔާރުކުރި ޔޫކްރޭންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި. އެ ރިޕޯޓް ނެރެފައި ވަނީ މިއަދު.
12:14
އިރާންގެ ވެރިރަށް ތެހްރާންގެ ހޮމެއިނީ އެއާޕޯޓުން އުދުއްސާލައިގެން ޔޫކްރެއިން އަށް ދަތުރު ކުރަމުން ގެންދަނިކޮށް ވެއްޓުނު ޔޫކްރެއިންގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި ފަސެންޖަރުންގެ ހަނދާނުގައި ޖެނުއަރީ ނުވަ ވަނަ ދުވަސް ފާހަގަކުރަން ނިންމައިފި. މިކަން އިއުލާނު ކުރެއްވީ އެ ގައުމުގެ ރައީސް.
11:31
Saudi Arabiyya Othy Iraq Aa Eku Kamah Egaumuge Defence Minister Bunefihttps://t.co/j5Aera8idO
— Vaguthu Online (@VaguthuOnline) January 9, 2020
11:18
އެމެރިކާ މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަން ޔޫއެންއަށް އަންގާފައި ވަނީ ޓްރަމްޕުގެ ބަހުގެ ހަމަލާތަކެއް އީރާނަށް ރައްދުކޮށްފައި ވަނިކޮށް. ޓްރަމަޕް ބުނަނީ އީރާނަށް ދިން ހަމަލާއަށްފަހު އީރާން އޮތީ "މަޑުން"ކަމަށާއި، އެއީ ފިނޑި ގައުމެއް ކަމަށް.
11:16
އެމެރިކާއިން ބުނީ "ސީރިއަސް"މަޝްވަރާތަކެއް ކުރަން ތައްޔާރަށް އޮތް ކަމަށް.
11:16
އީރާނާއެކު ސުލްހައިގެ މަޝްވަރާ ކުރުމަށް އެމެރިކާ އިން ތައްޔާރަށް އޮތް ކަން ޔޫއެން އަށް އަންގައިފި. ޔޫއެންގެ ސެކިއުރިޓީ ކައުންސިލަށް އެމެރިކާއިން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އީރާނުގެ ކޮމާންޑަރު އަވަހާރަވި ހަމަލާ ދީފައި ވަނީ، އަމިއްލަ ރައްކާތެރިކަމަށްޓަކައި ދިފާއު ވުމަށް ކަަމަށް. އަދި އެ ފިޔަވަޅު އަޅާފައި ވަނީ އިތުރު ގޮތެއް ނެތުމުން ކަމަށްވެސް ބުނެފައި ވޭ.
09:37
Iraq Ah Anehkkaaves 2 Missile Hamalaa Dheefihttps://t.co/7o5Io8GKhQ
— Vaguthu Online (@VaguthuOnline) January 9, 2020
04:40
އިރާނުގެ ސަރުކާރުގެ އެޤައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން، އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމެރިކާގެ ޗެއަރމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފްސް ޖެނެނަލް މާކް މިލީ ވިދާޅުވެއްޖެ. "އެޖަމާއަތްތަކުން އެމެރިކާއާ އާއި ދެކޮޅަށް އިރާޤްގައި އަދި އެނޫންވެސްތަނެއްގައި ނިރުބަވެރި ހަމަލާދީފާނެ." އޭނާ ބުނެފައިވޭ. އިރާނުން ބަދަލު ހިފުމުގެ ހަމަލާތައް މަޑުޖައްސާލީތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެކަމަށް ޖަވާބެއްދޭން އަދި އަވަސް ކަމަށް. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކާރ އެކްޕާސާ ވިދާޅުވީ، އިރާނުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވެސް މިފަދަ ޖަމާއަތްތަކުގެ މަސައްކަތަށް ހިތްވަރުދޭ ކަަމަށް. އަދި އިރާނުން ފާޅުގައި ދައްކަމުންދާ ވާހަކަތަކާއި ސިރުއްގައި ދައްކަމުންދާ ވާހަކަތައް ދިމާނުވާ ކަަމަށް އެމެރިކާގެ އިންޓެލިޖެންސް އިން މަޢުލޫމާތު ލިބޭ ކަމަށް އޭނާ ބުނެފައިވޭ.
03:54
އީރާނުން އިރާޤްގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދޭން އުޅޭ ކަމަށް ކުރިން "އޭނާއަށް އެނގިފައި ނެތް" ކަމަށް އެމެރިކާގެ ޗެއަރމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފްސް ޖެނެނަލް މާކް މިލީ ވިދާޅުވެއްޖެ. ޖެނެރަލް މިހެން ވިދާޅުވީ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން.
ސުވާލު ކުރިމަތިވީ ކީއްވެ؟
އިއްޔެ ބައެއް ބޭރުގެ މީޑިޔާތަކުން ސައުދީގެ އޮފިޝަަލަކާ ހަވާލާދީ، އީރާނުން މިސައިލް ހަމަލާތައް ދޭން އުޅޭ ކަމަށާއި ދެނީ ކޮން ތަންތަނަކަށްކަން އެމެރިކާގެ އަސްކަރިއްޔާއަށް ކުރީބައިގައި އެނގޭ ވަނީ ރިޕޯޓްކޮށްފަ. އަދި އީރާންގެ ސަރުކާރުން، އީރާންއަށް ހަމަލާތައް ދެމުންދަނިކޮށް އެމެރިކާއިން އީރާންއަށް ގުޅާ ހަމަލާއެއް އައިސްފާނެ ކަމަށް އިންޒާރުދިން ކަމަށް އީރާންގެ ސަރުކާރުން އިއްޔެވަނީ ބުނެފައި.
03:30
އީރާނުން ބޭނުންވީ ސީދާ އެމެރިކާގެ ސިފައިން މަރަން ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސް ޖެނެރެލަކު ވިދާޅުވެއްޖެ. ޗެއަރމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފްސް ޖެން މާކް މިލީ ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އީރާނުގެ ހަމަލާތަކުން، އެމީހުން ބޭނުންވީ އެމެރިކާގެ އަސްކަރިއްޔާގެ ބޭސްތަކަށާއި ވެހިކަލްތަކަށް އަދި ސީދާ އެމެރިކާގެ އަސްކަރިއްޔާގެ ބޭފުޅުން މަރަން ކަމަށް އޭނާ އަމިއްލައަށް ކުރި ތަޙްލީލްތަކުން ދައްކާ ކަމަށް.
"ކީއްވެ ބޮޑެތި ގެއްލުންތަކެއް ނުލިބުނީ؟ އެންމެން އަހަނީ މިސުވާލު. އޭގެ ޖަވާބަކީ އެމެރިކާގެ އަސްކަރިއްޔާއިން އެއަށްވުރެ ބޮޑަށް އެކަމަށް ތައްޔާރީ ހާލަތުގައި ތިބީމަ." ޖެނެރަލް ބުނެފައިވޭ.
އޭނާ ވިދާޅުވެފައިވަނީ މިއީ އޭނާގެ އަމިއްލަ ވިސްނުން ކަމަށް.
03:03
ރޮކެޓް ހަމަލާގައި އެއްވެސް ގެއްލުމެއް އެއްވެސް މީހަކަށް ލިބިފައިނުވާ ކަމަށާއި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އިރާޤްގެ މީޑިޔާތަކުން ރިޕޯޓްކުރޭ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވޭ.
02:57
ރޮކެޓް ހަމަލާއެއް ދީފައިވާކަން އިރާޤްގެ އޮފިޝަލުންވަނީ ޔަޤީންކަންދީފަ.
02:56
ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަލާގައި އެ ރޮކެޓް އަމާޒުވެފައިވަނީ އިރާގްގައި ހުންނަ އެމެރިކާގެ އެންބަސީއާ 100 މީޓަރ ދުރަށް ކަމަށް.
02:54
ކަތްޔުޝާރ ރޮކެޓަކީ އެއް ޝޯޓް ރޭންޖެ މިސައިލެއް. އީރާނުން ރޭ ވަނީ އިރާޤްގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ރޮކެޓް ހަމަލާތަކެއް ދީފައި. އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންވަނީ އީރާން އިން އަމާންދީފި ކަމަށާއި، އީރާނަކީ "ފިނޑި" ޤައުމެއް ކަމަށް ބުނެފައި. ބެލެވޭ ގޮތުގައި މިއީ ބަދަލު ހިފުމުގެ ހަމަލާއެއް. ނަމަވެސް ހަމަލާގެ ޒިންމާ މިހާތަނަށް އީރާނުން ނަގާފައިއެއް ނުވޭ.
02:50
އިރާޤަށް އަނެއްކާވެސް ދެ މިސައިލް ހަމަލާދީފި.
ރޭވެސް ރޮކެޓް ހަމަލާ ދީފައިވާ އިރާޤަށް އަނެއްކާވެސް ދެ މިސައިލް ހަމަލާދީފި. ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ކަތްޔުޝާރ ރޮކެޓް އިރާޤުގެ ގްރީން އޭރިޔާއަށް ވަދެފައިވާ ކަމަށް. ނަމަވެސް ހަމަލާގައި އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ބޭރުގެ މީޑިޔާތަކަށް މައުލޫމާތު ދެމުން އިރާޤްގެ އަސްކަރިއްޔާއިންވަނީ ބުނެފައި.
02:00
އަވަށްޓެރި ޤައުމުތަކަށް އޮތް ބިރަކަށް ނުވާނެ ކަމަށާއި އިރާޤްގެ ބިމުން އަވަށްޓެރި ޤައުމަކަށް ހަމަލާދޭން ފުރުސަތު ނެތް ކަމަށް އިރާޤްގެ ފޮރިންގް މިނިސްޓްރީން ވިދާޅުވެއްޖެ. ދެންމެ ނެރުނު ނޫސްބަޔާނެއްގައި އެމިނިސްޓްރީން ވިދާޅުވެފައިވަނީ، އީރާނުން އިރާޤުގެ ވަޒަނަށް އެރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް. އަދި އެހެން ޤައުމުތަކަށްވެސްވަނީ އެސަރަހައްދުގެ ހަމަޖެހުން ނަގާލެވޭ ފަދަ ކަމެއް ނުކުރުމަށް ގޮވާލާފަ. އަދި އިރާޤަކީ އެހެން ޤައުމުތަކުގެ، "ބެޓަލް ގްރައުންޑް" އަކަށް ވާތަން ބަލަން ނޯންނާނެ ކަމަށްވެސް އެބާނުގައި އިރާޤުން ބުނެފައިވޭ.
01:55
ރޭގެ މިސައިލް ހަމަލާއަށްފަހު އެމެރިކާއިން ބަދަލުގައި ދޭނެ ހަމަލާއަކާމެދު މަޝްވަރާ ކުރުމަށް ވައިޓް ހައުސްގެ ސިޓުއޭޝަން ރޫމްގައި އެމެރިކާގެ ބައެއް އިސްވެރިން ތިބި ފޮޓޯއެއް ވައިޓް ހައުސްއިން އާއްމުކޮށްފި.
މިކުއްލި ބައްދަލުވުމުގެ ބައިވެރިން މީގެ ކުރިން ވައިޓް ހައުސްއިންވަނީ އިޢުލާންކޮށްފައި. މިގޮތުން މިބައްދަލުވުގައި ބައިވެރިވެފައިވަނީ؛
- ރައީސް ޑޮނާލްޑް ޓްރަންޕް
- ނައިބު ރައީސް މައިކް ޕެންސް
- ސެކްރެޓަރީ އޮފް ސްޓޭޓްސް
- ޑިފެންސް ސެކްރެޓަރީ
- ޗެއަރމަން އޮން ޖޮއިންޓް ޗީފް
- އެކްޓިންގ ޗީފް އޮފް ސްޓާފް
- ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ
- އެކްޓިންގް ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް
- ޕްރެސް ސެކްރެޓަރީ
- ސީއައިއީގެ ޑިރެކްޓަރ
01:46
އީރާނުން ހަމަލާދިނުމަށްފަހު އެމެރިކާއާ މުއާމަލާތް ކުރުމަށް ވަރަށް ގިނައިން މަސައްކަތް ކުރި ކަމަށް، ކަމުގެ މަޢުލޫމާތު އެނގޭ މީހަކާ ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން އިރާޤަށް ދިން މިސައިލް ހަމަލާއަށްފަހު ތިން ބެކް ޗެއަލްއަކުން އެމެރިކާއާ މުޢާމަލާތް ކުރުމަށް މަސައްކަތް ކުރި ކަމަށާއި ކޮންމެ މެސެޖެއްގައިވެސް ބުނެފައިވަނީ އީރާނުން ބަދަލު ހިފާ ނިމިއްޖެ ކަމަށް. އަދި އީރާނުން ބަދަލު ހިފުމަށްފަހު އެމެރިކާއިން އެކަމުގެ ބަދަލު ހަމަލާއެއްގެ އިންތިޒާރުގައި ހުރި ކަމަށް، ކަމުގެ މަޢުލޫމާތު އެނގޭ މީހަކާ ހަވާލާދީ ރިޕޯތްކޮށްފައިވޭ. ސީއެންއެމް އިން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް މިކަމާ ގުޅޭ ގޮތުން ބަހެއް ދިނުމަށް އެދުމުން އިންކާރު ކުރި ކަމަށް.
01:20
ހަނގުރާމައެއް ފެށުމެއް އެމެރިކާގެ ރައީސް ޑޮނާލްޓް ޓްރަންޕަށް ޤާނޫނީ ގޮތުން ލިބިފައިވާ ބާރު ހަނި ކުރުމަށް ފިޔަވަޅު އަޅާނެ ކަމަށް ޑިމޮކްރެޓިކް ސެނެޓަރ ސެން ޓިމް ކޭން ވިދާޅުވެއްޖެ. ސެނެޓަރ ވިދާޅުވީ، އީރާންއާއެކު މަޝްރަހް މިހާރު ފިނި ވެފައިވީނަމަވެސް، ޓްރަންޕް މިމައްސަލައިގައި އަމަލުކުރީ އަސްލު ރައީސަކު އަމަލު ކުރަން ޖެހޭ ގޮތަށް ނޫން ކަމަށް. އަދި މިިހެންވެ، ޤާނޫނީ ގޮތުން ރައީސަށް ހަނގުރާމައެއް އިއުލާންކުރުމަށް ލިބިދޭ ބާރު ހަނިކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި.
01:16
އީރާނުން އިރާޤުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދިން ހަމަލާގެ ބަދަލުގައި ހަމަލާ ދިނުމަށް އެމެރިކާގެ ރައީސަށް ލަފާ އެރުވި ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވެއްޖެ. ސީއެންއެންއިން ވައިޓް ހައުސްގެ އޮފިޝަަލަކާ ހަވާލާދީ ބުނެފައިވަނީ، އެމެރިކާގެ ރައީސަށް އީރާންއަށް ހަމަލާދިނުމަށް ލަފާ އެރުވި ކަމަށާއި ނަމަވެސް ރައީސް ބެނުންވީ، ހަމަލާގައި ލިބުނު ގެއްލުން ދެނެގަތުމަށްފަހު ރައްދު ހަމަލާއެއް ދޭން ޖެހިއްޖެ ހާލަތެއްގައި ދޭން ކަމަށް. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮނާލްޑް ޓްރަންޕްވަނީ އީރާން އިން އަމާންދީފި ކަމަށް ޤަބޫލު ކުރާ ކަމަށް ބުނެފަ. ނަމަވެސް އެއާ ވިއްދައިގެން އެމެރިކާގައި މާ ބާރުގަދަ، ވިހަ މިސައިލް ހުރި ކަމަށްވެސް ޓްރަންޕް ބުނެފައިވޭ.
00:53
މަޝްރަޙް ފިނިކުރަނ ޓްރަންޕް ނިންމީ ވަރަށް މުހިންމު ނިންމުމެއް ކަމަށް އެމެރިކާގެ ރިޕަބްލިކަން ސެނެޓަރ ޖޭމްސް ރިޗް ބުނެފި. ޓްރަންޕަށް ވަރަށް ބޮޑަށް ތާޢީދުކޮށް ސެނެޓް ފޮރިންގް ލިރޭޝަންސްގެ ޗެއަރ އަދި އާމްޑް ސާވިސް ކޮމިޓީގެ ޗެއަރކަންވެސް ކުރަައްވަމުން އަންނަ ޖޭމްސް ވިދާޅުވީ، މިއަދު ޓްރަންޕް ދެއްކީ ޑިމޮކްރަސީގެ ލާމަސީލު ނަމޫނާއެއް ކަމަށާއި އީރާނުން މިކަމާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް. ޖޭމްސް ރިޗް މިފަދަ މޭރުމަކުން ވާހަަކަފުޅު ދެއްކެވިނަމަވެސް، ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އީރާން އަދި އެެމެރިކާގެ މައްސަލައިގައި މައްސަލަ ހޫނު ކުރަން މަސައްކަތްކޮށްފައިވަނީ ޓްރަންޕް. މިގޮތުން ޓްރަންޕްވަނީ އެމެރިކާއަށް ހަމަލާއެއް ދީފިނަަމަ އީރާންގެ 52 ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފަ.
00:30
އެމެރިކާ އަދި އީރާންގެ ލީޑަރުންވެސް ސުލްހަޔާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ތަރުޖަމާން ސްޓެފްނޭ ވިދާޅުވެއްޖެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ، މިއަދު އެމެރިކާގެ ރައީސް ޑޮނާލްޓް ޓްރަންޕްގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހުގައި. އެބައްދަލުވުމުގައި ޓްރަންޕް ބަދަލު ހަމަލާއެއް ދޭނެ ކަމުގެ އިޝާރާތެއް ނުކުރޭ. ޔޫއެންގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ދުނިޔެ ބޮޑު ހަނގުރާމައަކަށް ދިއުމަށް އެއްވެސް ބަޔަކު ނޭދޭ ކަމަށާއި ދެ ޤައުމުގެ ވެރިންވެސް ނަންގަވަމުން ގެންދަވަނީ މަޝްރަޙް ފިނިވާނެ ކަހަލަ ނިންމުންތަކެއް ކަމަށް. އަދި މީގެ ކުރީގެ ހަނގުރާމަތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށާއި ހަނގުރާމައިގައި އެންމެ ނިކަމެތިކަން ލިބެނީ ދަށު ދަރަޖައިގެ މީހުންނަށް ކަމަށްވެސް އެ ބަޔާނުގައިވޭ.
އީރާނުގެ ކޮމާންޑަރު ޣައްސާމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ރައްދުގައި އީރާނުން އިރާގަށް ދިން ހަމަލާތަކަށްފަހު އެމެރިކާގެ ރައީސް ޓްރަމްޕް، ބިރުން ގޮތް ދޫކޮށް، ސުލްހަ ވާން ނިންމައިފިއެވެ.
އީރާނުން އިރާގުގައި އެމެރިކާ ސިފައިން ތިބޭ ދެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފައިވާއިރު އެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ އެ ހަމަލާގައި އެމެރިކާ ސިފައިންގެ 80 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
ޣާސިމް ސުލައިމާނީގެ މަރަށްފަހު ވައިޓް ހައުސްގައި ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސުގައި ޓްރަމްޕު ވިދާޅުވީ އީރާނަކީ ފިނޑި ގައުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިތުރަށް ބުނެފައިވަނީ އީރާނާއާ ދެކޮޅަށް ވަރުގަދަ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ސުލެއިމާނީ އަވަހާރަކޮށްލި މައްސަލައިގައި އިރާނުން ރައްދުދީފިނަމަ، އެގައުމުގެ 52 ތަނަކަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވީ ނަމަވެސް، ޓްރަމްޕްގެ ވާހަކަތައް ވަނީ ބަދަލުކުރައްވާފައެވެ. އެގޮތުން މިހާރު ބުނަމުން ގެންދަނީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި މެދުއިރުމަތީގައި ނޭޓޯގެ ހަރަކާތްތައް އިތުރުކުރުމަށް، އެޖަމިއްޔާގެ ބައިވެރިންނާއިއެކުގައި މަޝްވަރާކުރާނެ ކަމަށްވެސް ޓްރަމްޕް މިރޭވަނީ ބުނެފައެވެ. ނަމަވެސް ރައްދު ހަމަލާއެއް ދޭނެ ކަމުގެ އެއްވެސް އިޝާރާތެއް ޓްރަންޕް ކޮށްފައެއްނުވެއެެވެ.
ޓްރަންޕްގެ ވާހަކައިގައި އީރާންގެ ހަރަކާތްތައް ހުއްޓުމުކަަށް އަންނަންދެން މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބޮޑެތި ފިއްތުންތައް ކުރުވާނެ ވާހަކަވަނީ ތަކުރާރުކޮށްފައެވެ. އަދި މުޅި ދުނިޔެ އީރާންގެ މަސައްކަތާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށްވެސް ޓްރަންޕް ބުންޏެވެ.
"ނިއުކްލިއަރ ބާރަކަށްވުމަށް އީރާނުން ދެކެމުން އަންނަ ހުވަފެނުގައި ފަސް އަޅަން ވަގުތު ޖެހިއްޖެ. އީރާނުން ނިރުބަވެރިކަމަށް ކުރާ ސަޕޯޓް ހުއްޓާލަން ޖެހޭ. މުޅި ދުނިޔެއިން އީރާއަށް އެބަޖެހޭ ވަރަށް ސާފު މެޖެސެއްދޭން، ދުނިޔެ އޮތީ އީރާންގެ މަސައްކަތާ ދެކޮޅަށްކަން" ޓްރަންޕް ބުންޏެވެ.
ސުލައިމާނީގެ މަރަށްފަހު މެދުއިރުމަތީގައި އޮތީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައެވެ. ނަމަވެސް އެމެރިކާއިން އީރާނު ރައްޔިތުންނާ ސުލްހަ ވާން ބޭނުންވާ ކަމަށް ޓްރަމްޕު ވިދާޅުވުމާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގައި ވަނީ ހަނގުރާމައިގެ ބިރުވެރިކަން ކުޑަވެފައެވެ.
ސުލައިމާން އަވަހާރަކޮށްލުމުން ހިނގަމުންދާ ކަންތައްތަކުގެ އިއްޔެގެ މައުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެއެވެ.
LIVE: Irange Kulli Hamalaathakehhttps://t.co/Kaxbacgjt1
— Vaguthu Online (@VaguthuOnline) January 7, 2020
ތީވާނެވަރަކީ... އަދިވެސް ފުއްޕާތި ތިމާވަރުގެ މީހަކު ނެތިގެން... ރަގަޅުވާނެ އަމިއްލަ ގަޔައް ސީލިޔަސް....
ބިރަކުން ނޫން، ރާވައިގެން ކުޅޭ ގޭމެއް
އެހެން ޔާ ފަހެ، އީރާނުން މިސައިލްތައް ފޮނުވައިގެން އެމެރިކާ އެއްވެސް މަރާ ނުލެވޭ. މާ ކުރިން އޮތީ އެމެރިކާއަށް އަންގާފަ ހަމަލާ ދޭނެ ތަންތަން، އެމީހުން ސަލާމަތް ވާން.
ސައިޒް އެނގިއްޖެދޯ މިހާރު ސުމެއްކަން ސައިޒް
އީރާނުގެ ރައްދު ހަމަލާ ބަލިކަށި. އެއަށްވުރެ ކައިރި ކެޝުއަލްޓީ ބޮޑު ބޭސްތަކަށް ހަމަލާ ދެވެން އޮއްވަ ހަމަލާ ދިނީ ބޮޑު ހުސްބިން އޮތް ބޭސްތަކަކަށް. މަގުތައް މައްޗަށް އެއްވެ ބަދަލު ހިފުމަށް ގޮވާލި އެތައް މިލިއަން އީރާން ރައްޔިތުންގެ އަޑުތައް މައިތިރި ކުރުމަށް ކޮށްލި ކަމެއްހެން ހީވަނީ. ހިއެއްނުވޭ ހަނގުރާމައަށް ފަށަން ބޭނުންވާނެ ހެނެއް. މިހާރުވެސް ގައުމުގެ އިގްތިސޯދު އޮތީ ވަރަށް ބަލިކަށިކޮށް ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަޅާފަ އޮންނާތީ. އަނގައިން ކުރިއެރިދާނެ، ރައްޔިތުންގެ ސަޕޯޓް ލިބޭނީ އެގޮތަށް ވީމަ.
އެމެރިކާއިން ހަމަލާދޭން. ބަހާ އަމަލާ ދިމާނުވާ ވެރިންގެ ތެރޭގައި، ޓްރަމްޕް، އިބޫ ސޯލިހަކީ ފާހަގަކޮށްލެވޭ ދެ ޝަޙްސިއްޔަތު.
ބަލަ އެމެރިކާ މީހުންގެ ބޭސްތަގުގެ ތެރޭ އިރާގް ސިފައިންވެސް ތިބޭ.. އިރާނުން ބޭނުމެއް ނުވާނެދޯ އިރާގު ސިފައިންނާ އެއްކޮށް އެމެރިކާ ސިފައިން މަރާކަށް.. އެހެން ނޫނަސް ހަމަލާ ދޭކަނެކަން ކުރިންވެސް އިނގެއެއްނެ.. އެމެރިކާ ސިފައިންވެސް އެހާ މޮޔައެއް ނުވާނެދޯ އެނގިހުރެ އެތަނުން ނުގޮސްތިބެން. އަނެއްކާ އިރާގުގެ ރައީސްއަށްވެސް އެންގި ހަމަލާ ދޭނެކަން.
ހެހެހެހެހ... ޑޮނަލްޑު ޓުރަމްޕުބުނީ އަމާޒައް ބަޑިޖަހަން ނޭގޭ ކަނޑުކޮސް ބަޔަކާއެކީ ތިމަންނަމެން ހަނގުރާމަކުރާކަން ނޫޅެމޯ. އިރާނު މީހުން ބަދަލައް ބަދަލުހިފާނީއޭ ކިޔާބަހައްޓާފަ އިންސާނުން ނުވެސް އުޅޭ ހަނަފަސް ސަހަރާއަކައް މެސައިލުން ހަމަލާދީފަ މިބުނަނީ އެމެރިކާގެ 80 މީހުން މަރާލާފީމޯ... ހެހެހެހެ..
އީރާނައް އަދި ބަދަލެއް ނުހިފޭ އެމީހުންގެ ކޮމާންޑަރ އެ މަރާލީ ސޯ އީރާނުން ދިން ހަަމަލާ ތަކުގަ އެމެރިކާގެ އެއްވެސް މީހެއް މަރެއް ނުވޭ ސެޕުޓެމްބަރ 11 ދިން ކަހަލަ ހަމަލާޔެއް ދޭން ވީ
ޢެމެރިކާން ބޭނުންވި ކަންކަން ވެއްޖެ. ސުލައިމާން އަވަހާރަކޮއްލެވިއްޖެ އެމެރިކާގެ އެއްވެސް މީހަކު މަރުނުވެ. ދެންވެސް ހާދާނީ ބޭނުންގޮތެއެއް، ކާރީގަ އޮތް އިރާގައް ހަދާލައިފަ އިންގޮތް ނުފެއްނަނީތަ ؟