އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސްގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިވި ހަމައަކަށް އެޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެގައުމުގެ ވެރިރަށް، ކެންބެރާގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ރޯވެފައިވާ އަލިފާން ގަނޑު ފެތުރެމުންދަނީ ވަރަށް ބާރު މިނުގައެވެ. އަދި އެ އަލިފާންގަނޑުގެ ސަބަބުން އޯކް އެސްޓޭޓާއި ބިއާޑް އަދި ކިއުއަންބެޔަން ގައި ދިރިއުޅޭ މީހުން ސަލާމަތްވުމުގެ ފުރުސަތުވެސް އޮތީ ވަރަށް ހަނިވެފައެވެ. އަލިފާންގަނޑު މިހާރު ވަނީ ރެޑްވުޑް ފޮރެސްޓުގެ 100 ހެކްޓަރުގެ ސަރަހައްދެއްގައި ހިފައި ބާރު ސްޕީޑުގައި ކެންބެރާ އެއާޕޯޓާ ދިމާލަށް ފެތުރެމުންނެވެ.

އަލިފާންގަނޑު ފެތުރުމާއެކު އެ ސަރަހައްދުގެ އަވަށްތަކުގައި ދިރިއުޅޭ އެންމެން އެހެން ހިސާބުތަކަށް ވަގުތުން ބަދަލުވުމަށް ވަނީ އަންގާފައެވެ. އަދި ވަގުތުން ބަދަލު ނުވެއްޖެ ނަމަ އަލިފާންގަނޑުގައި މަރުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވަނީ ބުނެފައެވެ.

މިފަދަ ނުރައްކާތެރި އަލިފާންގަނޑެއް އެގައުމުގެ އަނެއްކާވެސް ފެތުރެމުންދާއިރު، ނިއު ސައުތް ވޭލްސްގައި ފެތުރުނު އަލިފާންގަނޑުގެ ސަބަބުން ބައި ބިލިއަނެއްހާ ޖަނަވާރުން ވަނީ މަރުވެފައެވެ. އަދި އެހާދިސާގައި 29 މީހަކު ވަނީ މަރުވެފައެވެ.

އޮސްޓްރޭލިއާގެ ވެރިރަށުގައި ފެތުރެމުންދާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެގައުމުގެ ފަޔަރ ފައިޓަރުން ދަނީ ވައިގެ މަގުންނާއި އެއްގަމުގައި ހަރަކާތްތެރިވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ނޫހު

  ތިކަމަށް ދިވެހިސިފައިން ލާމަސީލު!

  4
  1
 2. ޖިންނި

  އަލްޙަމްދުލިﷲ ކުއްފާރުންނަށް ގެއްލުމާއި ހަލާކު މިންވަރު ކުރައްވާށި އާމީން !

  9
  15
  • ހަންޑި

   ކަލޭތީ އިންސާނެއްވެސް ނޫން ދޯ؟

   9
   5
   • Anonymous

    ކަލޭމެންގެ ލޮލައް މިރުސް ފެން އެޅިފަތަ ތިޔާ ތިބީ. އަހަރެމެން މުސްލިމުން މަރާ އަނިޔާކޮއް ހައްޔަރުކުރާ އިރު ނުފެންނަނީތަ.

 3. Anonymous

  އަލްހަމްދުލިﷲ. އަހަރެމެންގެ މުސްލިމުން މަރާފަ ކަލޭމެން އުފަލުގައި ތިބެވޭނެ ކަމައް ހީކުރީތަ. ކަލޭމެން ރާވާކަންކަމައް ވުރެން ﷲ ސުބުހާނަހޫ ވަތަޢާލާގެ ރޭވުން ތެރިކަން މާ މޮޅުވާނެ ހިކުމަތް ތެރިވާނެ. އިބުރަތް ހާސިލްކޮއް ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަސްރަތައް ރުޖޫޢަވޭ.

 4. Anonymous

  ޢާމީން. ޔާ ރައްބު

 5. ޖަހާންގީރު

  އޮސްޓްރޭލިއާ އަނދާ އަޅިއަށް ވިއްޔަ ރަނގަޅީ