ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ފުރަތަމަ ޖެހުނު މީހާ އަކީ ވޫހާންގެ ސީފުޑް މާކެޓަށް ގޮސްފައިވާ މީހެއް ނޫން ކަމަށާއި އެހެންކަމުން ބަލި ފުރަތަމަ ފެތުރެން ފެށީ ކިހިނެއް ކަމާއި މެދު އިތުރު ސުވާލުތަކެއް އުފެދިފައިވާ ކަމަށް "ބީބީސީ" އިން ބުނެފިއެވެ.
"ބީބީސީ" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 ފުރަތަމަ ޖެހުނީ އުމުރުން 70 އަހަރުގެ މީހަކަށް ކަމަށާއި އެއީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން އެނދުމަތިވެފައި އޮތް މީހެއް ކަމަށެވެ. އޭނާގެ އާއިލާގެ އިތުރު މެންބަރަކަށް މިބަލި ޖެހިފައެއް ނުވެއެވެ.
ޗައިނާގެ ތަޖުރިބާކާރުން ކުރިން ބުނެފައި ވަނީ ކޮވިޑް-19 ފުރަތަމަ ޖެހުނީ ވޫހާންގެ ހުނާން ސީފުޑް ހޯލްސޭލް މާކެޓަށް ޒިޔާރަތް ކުރި މީހުންނަށް ކަމަށެވެ. އެއީ ސީފުޑްގެ އިތުރުން ތަފާތު ޖަނަވާރާއި ދޫނި ސޫފާއިސޫފި ވެސް ވިއްކަމުން އައި ތަނެކެވެ.
ޗައިނާ އިން ބުނެފައި ވަނީ ކޮވިޑް-19 ފުރަތަމަ މީހަކަށް ޖެހިފައި ވަނީ ޑިސެމްބަރ 08 ވަނަ ދުވަހު އެވެ.
ނަމަވެސް "ބީބީސީ" އަށް ލިބިފައިވާ ސިއްރު މައުލޫމާތުތައް ބުނާ ގޮތުން ފުރަތަމަ ބަލި ޖެހުނު މީހާ ނުވަތަ "ޕޭޝަންޓް ޒީރޯ" އަށް ބަލި ޖެހިފައި ވަނީ ޑިސެމްބަރ 01 ވަނަ ދުވަހު އެވެ.
"ބީބީސީ އަށް މައުލޫމާތު ދިން ޑޮކްޓަރަކު ވެސް ބުނެފައި ވަނީ ފުރަތަމަ ބަލި ޖެހުނު މީހަކީ ސީފުޑް މާކެޓަށް ގޮސްފައިވާ މީހެއް ނޫނެވެ. އަދި ސީފުޑް މާކެޓާއި އެއްވެސް ގުޅުމެއް ވެސް އޮތް މީހެއް ނޫނެވެ." ބީބީސީ އިން ބުންޏެވެ.
ޑިސެމްބަރ 01 ވަނަ ދުވަހާއި ޖަނަވަރީ 02 ވަނަ ދުވަހާއި ދެމެދު ބަލި ޖެހުނު 41 މީހެއްގެ މައުލޫމާތު ދިރާސާ ކުރުމަށްފަހު މިހާރު އާއްމުކޮށްފައިވާ ރިޕޯޓެއްގައި ވެސް ބުނެފައި ވަނީ އޭގެ ތެރެއިން 14 މީހުންނަކީ ސީފުޑް މާކެޓަށް ގޮސްފައިވާ ބައެއް ނޫނެވެ.
ޑިސެމްބަރ 01 ވަނަ ދުވަހާއި 11 ވަނަ ދުވަހާއި ދެމެދު ކޮވިޑް-19 ޖެހިގެން ފަރުވާ ދިނީ ހަތަރު މީހަކަށެވެ. އޭގެ ތެރެއިން ސީފުޑް މާކެޓަށް ދިޔައީ އެންމެ މީހެކެވެ.
"ބީބީސީ" އިން އާއްމު ކުރި މައުލޫމާތުތަކާއި ގުޅިގެން ޗައިނާ އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ހެހެހެހެ....އަޖައިބެއް ނުވޭތަ؟އެންމެން ތިބީ ނިދާފައެއް ނޫން....ހޭލާ ތިބި މީހުންނަށް އެނގޭ ކޮންބައެއްގެ ނުބައި ރޭވުމެއްކަން މިއީ....އަދި ދުނިޔޭގަ ދިރި ބަޔަކަށް މީގެ ބަދަލު ސަފްހާ ތައް ތާރީހުގައިި ލިޔެވިގެން ދާތަންވެސް ފެނިގެންދާނެެ ކަމަށް ލަފާ ކުރެވޭ......ކިތަންމެ ފަސްއަޅަން އުޅުނަސް ފޮރުވޭނީ ފަސް ހުރި މިންވަރަކުން....ފޮރުވަން އުޅޭކަންތައް ފޮރުވޭ ވަރާއިގާތައްވެސް ފަހެއްނެތްކަން އެއީ ހަގީގަތް
ދެން ފުރަތަމަ ޖެހުނު މީހާ ވާލު ސޫފި ނުކާ ކޮންހެނެއް ވައިރަސް ޖެހެންވީ؟؟ އެމީހާ އެންމެފަހުން ކެއީ ކޯއްޗެއްތޯ ބަލަންޖެހޭ.
ބީބީސީއަކީ މާ ތަދުވެރި ބައެއްނޫން. ދުނިޔެ ފަސާދަކޮށް ދޮގުފަތުރާ ހުޅުރޯކުރި މީޑިއާއެއް.
ކޮވިޑް އަކީ އެމެރިކާ މީހުން ޗައިނާގެ އިގްތިސާދު ފުނޑުފުޑުކޮށްލަން ބޭނުންކުރި ބަޔޯ-ވެޕަން އެއް.
ބީ ބީ ސީ ބާބޭރިއަން ބްރޯޑް ކާސްޓިންގ ވޯރކްސް ފޮރ ޒަޔަނިސްޓްސް
ދިއުން ސަރުތެއްތަ؟ އެ މާކެޓުންގެނދެވޭތަކެތި ކެއުން ބަލިޖެހެ ވަސިލަތަކަށް ނުވޭތަ ؟