ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވަައިރަހުގެ ސަބަބުން ކްރިގިސްތާނުންނާއި ލެޓްވިއާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ކްރިގިސްތާނުން އަލަށް މީހަކު ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވެފައިވާއިރު، އެ ގައުމުން މިހައިތަނަށް ވައިރަހަށް ފައްސި (ޕޮސިޓިވް) ވި މީހުންގެ އަދަދު ވަނީ 130ށް އަރާފައެވެ. އޭގެ ތެރެއިން 14 މީހަކު ފައްސިވީ މިއަދުއެވެ. ކްރިގިސްތާނުގައި 5 މީހެއްގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އެ ގައުމުން މިހައިތަނަށް ފަރުވާ ދީގެން ރަނގަޅުވެފައި ވަނީވެސް 5 މީހެކެވެ.

އަނެއްކޮޅުން 1.92 މިލިއަން މީހުން ދިރިއުޅޭ ޔޫރަޕްގެ ގައުމެއް ކަމުގައިވާ ލެޓްވިއާ އިންވެސް ފުރަތަމަ ފަހަރަށް މީހަކު މަރުވެފައިވާއިރު، މިހައިތަނަށް އެ ގައުމުން 493 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. އޭގެ ތެރެއިން 35 މީހަކު ފައްސިވީ މިއަދު ކަމުގައިވާއިރު، އެ ގައުމުގެ ހޮސްޕިޓަލްތަކުގައި ހާލު ސީރިއަސްވެގެން 3 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ލެޓްވިއާ އިން މިހައިތަނަށް ފަރުވާ ދީގެން ރަނގަޅު ކުރެވިފައި ވަނީ އެންމެ މީހެކެވެ.

ޔޫރަޕާއި އެމެރިކާ އިން ވައިރަސް ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައި ވާއިރު، މުޅި ދުނިޔެއިން ވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ މިލިއަނަކަށް ވުރެން މައްޗައް އަރާފައެވެ އަދި ވައިރަހުގެ ޝިކާރަ އަކަށްވެ މިހައިތަނަށް ބައި މިލިއަނަށް ވުރެން ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.