އެމެރިކާގައި ހައްޔަރުކޮށްފައި ތިބި އީރާނަށް ނިސްބަތްވާ މީހުން އަނބުރާ ޤައުމަށް ފޮނުވާލުމަށް އެމެރިކާއިން އެއްބަސްވެއްޖެ އެވެ.
އެމެރިކާއިން މިގޮތަށް އެއްބަސް ވެފައިވަނީ، ޝަރުތަކާއި ނުލައި ގައިދީން ބަދަލު ކުރުމަށް ތައްޔާރަށް އޮތްކަމަށް އީރާނުން ބުނުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕަރޓްމަންޓްގެ އެކްޓިންގ ސެކްރެޓަރީ ނޫސްތަކުގައި ބުނެފައި ވަނީ، އެމެރިކާގައި ހައްޔަރުކޮށްފައި ތިބި އީރާން 11 މީހަކު އަނބުރާ ޤައުމަށް ޑީޕޯޓް ކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ޤައުމަށް ގެންދިއުމުގެ ހުރިހާ ކަމެއް ހަމަޖައްސަން ޖެހޭނީ އީރާނުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެމެރިކާގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ 11 މީހަކު ދޫކޮށްލަން އެއްބަސް ވެފައިވީނަމަވެސް، އެޤައުމުގައި ހައްޔަރުކޮށްފައި ތިބީ އީރާނުގެ ކިތަށް މީހުން ކަމެއް ނޭނގެއެވެ. އަދި 11 މީހުން އަނބުރާ ފޮނުވާލަން އެމެރިކާ އިން އެއްބަސްވާއިރު، އީރާނުން ދޫކޮށްލަނީ އެމެރިކާގެ ކިތައް މީހުން ކަމެއްވެސް އަދި އީރާނުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.
އެމެރިކާއިން ޝަރުތުކޮށްފައި ވަނީ، ގައިދީން ބަދަލު ކުރަން އެދޭނަމަ ޗާޓަރު ފްލައިޓެއް ފޮނުވަން ޖެހޭނީ ވެސް އީރާނުން ކަމަށެވެ. މި ފްލައިޓުގައި އީރާނުގައި ތިބި އެމެރިކާގެ ގައިދީން ފޮނުވަން ޖެހޭނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
ކޯޅުންބޮޑު އެމެރިކާ އާއި އީރާނުން ގައިދީން ބަދަލު ކުރުމަށް ނިންމާފައި މިވަނީ، މި ދެޤައުމަށްވެސް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ތި އެމަރިކާ އަށް އިތުބާރު ކުރާނެ ކަމެއް ނެތް..އެންމެ ފުރަތަމަ އީރާނުގެ 11މީހުން ފޮނުވާ.. ދެން އެމަރިކާ ގެ 11.... ހަބަރު ލިބިފައިވާ ގޮތުގައި އެމަރިކާތި އެއްބަސްވުމަށް ތާއީދު ކުރީ ސީ އައި އޭ ގެ އިންޓަލިޖެންސް އޮޕަރޭޝަން އޮފިސަރުން ތި 11ގައި ހިމެނޭތީ