ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ "ވަސް ފޮހެލަން" ކުރާ ފަހުގެ ހަނގުރާމަ އިރާގުން އިއުލާނުކޮށްފި އެވެ.

އައިސިސްގެ ނިރުބަވެރިންނާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރައްވާފައި ވަނީ އިރާގުގެ ބޮޑުވަޒީރު މުސްޠަފާ އަލް-ޚާދިމީ އެވެ. މިކަން އިއުލާނުކުރައްވަމުން މުސްތަފާ ވިދާޅުވީ، މިއީ އައިސިސް ނައްތާލުމަށް އިރާގުގައި ކުރާނެ އެންމެ ފަހުގެ ހަނގުރާމަ ކަމަށާއި، މި ހަނގުރާމައަށް ފަހު އިރާގުން އައިސިސް ފޮހެލެވޭނެ ކަމަށެވެ.

އައިސިސް އާއި ދެކޮޅަށް އިރާގުގެ އަސްކަރިއްޔާ އިން ވަރުގަދަ ކުރިމަތިލުމަކަށް ދާން ތައްޔާރުވެފައި ވާއިރު، މި ހަނގުރާމައިގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާނީ އެޤައުމުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ފައުޖު ކަމަށް ވެއެވެ. މި ފައުޖަކީ ހަނގުރާމައިގެ މައިދާނުގައި ކޮންމެ ފަދަ ހާލަތަކާއިވެސް ކުރިމަތިލުމަށް ތަމްރީނު ތައްޔާރުވެފައިވާ ފައުޖެކެވެ.

އައިސިސްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރިންނާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރުމަށް އިރާގުގެ ބޮޑުވަޒީރު ނިންމަވާފައި ވަނީ، މި ހިނގާ ބަރަކާތްތެރި ރަމަޟާން މަހުވެސް އެ ޖަމާޢަތުން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ލޭއޮހޮރުވުންތަކާއި ޖަރީމާތައް ހިންގަމުން ދާތީއެވެ. އެ ޖަމާޢަތުން އިރާގުގެ ބައެއް ސަރަޙައްދުތަކުގެ ބިންތަކަށް މިހާރުވެސް އަތްގަދަ ކޮށްގެން ހަރަކާތްތެރިވަމުން ދެއެވެ.

އިރާގުން އައިސިސް އާއި ދެކޮޅަށް 2017 ވަނަ އަހަރުވެސް ހަނގުރާމަކޮށްފައި ވެއެވެ. އެ ހަނގުރާމައަށްފަހު އައިސިސް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ޚާއްސަކޮށް އެ ޖަމާޢަތުގެ ނިރުބަވެރިން ފައިސާ އާއި ހަތިޔާރު ރައްކާ ކުރުމަށް ޤާއިމްކޮށްފައިވާ ގުދަނެއް ބިމާއި ހަމަކޮށްލުމުން އެ ޖަމާޢަތަށް ވަނީ އަރައިނުގަނެވޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވެފައެވެ. އެފަހަރު ލިބުނު ގެއްލުންތަކާއެކު ހަނގުރާމަވެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ އިރާގާއި ސަރަޙައްދީ އިން ގުޅޭ ބައެއް އެހެން ޤައުމުތަކުގެ ސަރަޙައްދީ ރޮނގު ކައިރީގައި ހަދާފައި ހުރި ބިންގަރާސްތަކަށް ވަދެ ފިލާފައެވެ.

ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގައި ހަނގުރާމަވެރިންގެ ދުއްތުރާތައް އިރާގަށް އަނެއްކާވެސް ކުރިމަތިވާން ފަށާފައިވާތާ ވަނީ ދުވަސްތަކެއް ވެފައެވެ. އަދި ދޭތެރެ ދޭރެތެއިން ސިފައިންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް އިރާގުގެ އެކި ސަރަޙައްދުތަކުގައި ދީހަދައެވެ. މި ޙަމަލާތަކުގެ ޝިކާރައަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ކުށެއްނެތް އެތައް ޢާންމުންނެއް ވަނީ ވެގެން ގޮސްފައެވެ.

އައިސިސްގެ އަނިޔާވެރިކަމުގެ ސަބަބުން މިހާތަނަށް އިރާގުގައި ގިނަ ޢަދަދެއްގެ ޢާންމުން ގެދޮރު ދޫކޮށް ރައްކާތެރި އެހެން ހިސާބުތަކަށް ވެސް ގޮސްފައި ވެއެވެ. މި ޖަމާޢަތުގެ ހައްދުފަހަނައަޅާފައިވާ ޢަމަލުތަކުގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި އިރާގު ވެފައިވަނީ މީހުން ވަޒަންވެރިވުމަށް މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާތެރި އެއް ޤައުމަށެވެ.

މީގެ ކުރިން އައިސިސްގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔައިރު، އެ ޖަމާޢަތުގެ ނުރައްކަލާއި ދުއްތުރާ ދުނިޔޭގެ އެތައް ޤައުމަކަށް ފޯރާފައި ވެއެވެ. މި ޖަމާޢަތުން އަޑީގައި ތިބެ ދީނުގެ ނަމުގައި ޖިހާދު ކުރުމަށް ކަމަށް ބުނެ އެތައް ބަޔަކަށް އަމިއްލައަށް މަރުވުމަށް ހިއްވަރުދީ، ޖާނުންފިދާވުމުގެ ހަމަލާތައް ރާވާފައި ވެއެވެ. އޭގެތެރެއިން ލަންކާގެ 9 ތަނެއްގައި ބޮންގޮއްވައިގެން ދިން ޙަމަލާ ހިމެނެއެވެ. އެ ޙަމަލާގައި އެޤައުމުން އާންމުންގެ 250 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހަގީގަތް

    ތީ ހުސްދޮގު އަމިއްލައަށް ފޮނިވާންވެގެން...އައިއެސް އިރާގުން ނައްތާލީ އީރާނުން ކަލޭމެނެއްނޫން...ކަލޭމެންގެ ރަސްމީ ސިފައިންގެ ފައުޖެއް ވުރެ އީރާނުން ތިތާ އުފެއްދި 2 ހަނގުރާމަ ވެރި ޖަމާއަތެއް ކަމަށްވާ ހާދުލް އަޝާބީ އާއި ކިތައިބް ހިޒްބުﷲ ސަރުކާރުގެ ޢަސްކަރީއާއަށްވުރެ މާގަދަވާނެ

    7
    2
    • ބަބޫ

      ކަލޭގެ ވާހަކައިން ކަލޭތީ ބޯގޯސް ޖަމާއަތަކަށް ނިސއބަތްވާމީހެއްކަން އެގޭ އެބަ. ގައުމުތަކުގައި ތިބި އެއްކޮށް ސިކުނޑި ފުރިހަމަ ނުވާމީހުން ތިހެން އުޅެނީ.

      5
      2
      • ހަގީގަތް

        ކަލެއަށް ވުރެމާކުޅަދާނަ މީހެއް މަމީ ދުނިޔޭގެ ހަބަރު ތަކަށް ..ބޯގޯސްވަނީ ކިހިނެއް؟އައިއެސް އަކީ އެމަރިކާ އަދި ނޭޓޯގެ އުފެއްދުމެއް..މަކިޔަން މިއުޅޭ އެއްޗަކީ އިރާގު ސިފައިން ނެއްނޫނޭ އައިއެސް ބަލިކުރީ އެއީ އިރާގުގައި ތިބި އީރާނުގެ މިލިޓިއާ ގުރޫޕް ތަކުން...ހަލާދަނޑީގެ ދެކޮޅު ބަލާބަލަ

      • ތަންދޮރު

        އިރާގުން ބުނީ އައިއެސް ވަސްފޮހެލަން ފަހު ހަނގުރާމަ ކުރަން ފައުޖު ތައްޔާރު ވެއްޖެޔޯ..އެހެން އެބުނީ ދުނިޔެއަށް ދައްކަން ވެގެން..އޭގެ މާނައަކީ އައިއެސް 90 ޕަސަންޓް ފަނާކުރީ އެމީހުންކަން ރަމްޒުކޮށްދޭ ވައްބަހެއް...ހަގީގަތަކީ އައިއެސް ފަނާކުރީ އީރާނުގެ ރިވޮލިއުޟަނަރީ ގާޑުޖެނަރަލް ގާސިމް ސުލައިމާނީ ގުދުސް ފޯސްއިން ލީޑުކޮށް ޝިއައީން ފައިޓަރުންލައްވާ...

  2. Anonymous

    އަލްހަމްދުﷲ. ތިކަން ކާމިޔާބު ކުރައްވާށި. އާމީން

    47
    8
  3. މާޑު

    އުފާވެރި ހަބަރެއް

    37
    4
  4. Anonymous

    2018 ވަނަ އަހަރު މުޅީން ބަލިކޮއްފިކަމަށް އެއިރު އިރާގުން އިޢުލާން ކުރި ހަދާންވޭ. އަދިވެސް އައިއެސް އެހާ ބާރުގަދަތަ؟

    10
  5. މާމިގިލީ މީހާ

    ރާއްޖޭގަ ތިބި އައިސިސްގެ މީހުންނާ ދެކޮޅައް، ރާއްޖޭ ސިފައިންވެސް ޖެހޭ ހަނގުރާމައެއް ފަށާން.. ރާއްޖޭގަ ވެސް މަޑު މަޑުން މި ބައި ގަނޑު އެބަ ބޮޑުވޭ. ދީނީ ހަރުކަށި މީހުން.

    27
    5
  6. Anonymous

    ދެރައީ ބައެއް ދިވެހިންނަށް މުސްލިމުން ވަކިނުވާތީ... އައިސް އެއީ މުސްލިމުންގެ ބައެއް ނޫން... އެއީ މި ދީނަށް ފިތުނަކުރަން އިސްރާއީލުން ރާވާ ރޭވުން. ދެރައީ ޝަހާދަތް ކިޔާއިރަށް އޭގެ މާނަ ހިތުން ތެދުކުނުކުރާ ބައެއްގެ ފަހަތަށް ބަޔަކު ޖިހާދުގެ ނަމުގައި ގޮސް ނަމާދުއަޅާފަ ޖިހާދޭ ކިޔާ ވާވެއްދޭހާ ވެސް އީމާނެއް އިސްލާމެއް ވަކިނުވާތީ... ދުޢާ އަކީ މިފަދަ ލާދީނީ އެންމެހާ ފިކުރެއް ނެތިވެ އެބައިމީހުން ތާއަބަދަށް (އީމާން ވުމާއި ހަމައަށް) ނިކަމެތި ކުރެއްވުން. އާމީން

    16
    1
  7. ސަޒަން

    ތިކަންނިމޭނީ މެދުއިރުމަތިން އެމެރިކާވެސް ފައްސާލައިގެން ދެން އޭގެފަހުން އެންމެންވެގެން އިޒްރޭލްވެސް މައިތިތިކުރުވާ އެހެން ގައުމުތަކަށް އިސްރޭލުން އެއްވެސްވަރަކަށް އަސްކަރީހަމަލާ ދެވިގެންނުވާނެ އެވަރު ކުރެވެންޖެހޭނެ އިރާން އިރާގް ގުޅިގެން ސުލައިމާން ގާސިމް މަރާލީވެސް އެއީ އެމެރިކާ އިޒްރޭލް އަށްކޮށްދިން ކަމެއް! ޢިރާދަކުރެއްވިއްޔާ ދެން އެމެރިކާ އެހަނާވަނީ އެއީ މެދުއިރުމައްޗައް ވަމުންއަންނަ ރަނގަޅެއް އޭރުން އިސްރޭލަކަށްވެސް ނުވެއް ފުއްޕޭނެ... އެމެރިކާ ހަލާކުކުރައްވާނދޭ ...

  8. ާަޖސ

    މަށަށް ހީވަނީ އައިސިސް އާ ހަނގުރާމަ ކުރަންދާ ބައިގަނޑުހެން އިނދަޖެހޭނީ

    7
    19
  9. ފޮނި

    މަށަށް ހީވަނީ އައިސިސް އާ ހަނގުރާމަ ކުރަންދާ ބައިގަނޑުހެން އިނދަޖެހޭނީ

    5
    19
  10. އިޝްގު

    ވަގުތު ކުދިން މީހުނ ފޮނުވާ ކޮމެންޓު ޖަހާލަން ހާދަނުކެރެޔޭ ދޯ

    10
    2
  11. Maldivian

    ?????

    4
    2
  12. ޝެއިޚް ފަރީދު

    ޤިޔާމަތާ ޖެހެންދެން ހައްޤާއި ބާތިލާދެމެދު ހަނގުރާމަ އޮންނާނެއެވެ...ދައުލަތުލް އިސްލާމް ބާޤިއާ..

    7
    10
  13. ގުރޭ

    މިއޮއްފަދަ ރޯދަ މަހުވެސް ލޭ އޮހޮ ރުވަނީ ޕިސް ޕިސް
    އެކަމު އެ މުސްލިމުންނޯ ބޯ ހަލާކު ?‍♀️

    10
    6
  14. Buggg

    Konfadha hayaaikuda baye

    1
    6
  15. Anonymous

    ތިޔަ ކަމެއް ނުވާ ނެ. އައިސިސް އަކީ އެމެރިކާގެ ޖަމާޢަތެއް. އެމީހުންގެ ބޭނުމަކީ އިސްލާމް ކަން ދައްކައިގެން އިސްލާމީ ގައުމުތައް ހަލާކުކުރުން. އަމުދުން މިޖަމާޢަތާއި ދެކޮޅަށް ކަމެއް ކުރަން އިރާޤަށް ނުކެރޭނެ. އިރާޤު ތީ އެމެރިކާ ބޭނުންވާ ޑިމޮކްރަސީ ގެނެސްފަ އޮތް ގަެުމެއް.