ދެކުނު ކޮރެއާގެ ބޯޑަރު ސަރަޙައްދުން އުތުރު ކޮރެއާއަށް، އެޤައުމުގެ ވެރިންނަށް ފާޑުކިޔުން އަމާޒުކޮށް ލިޔެފައިވާ ލިޔުންތަކެއް ހިމެނޭ ފުއްޕާހަންތައް ފޮނުވަމުންދާ މައްސަލައިގައި ރުޅިގަދަވެ، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޮ، ކިމް ޔޯ ޖޮންގް، އަވައްޓެރި ކޮރެއާއަށް ނުރައްކާތެރި އިންޒާރެއް ދީފިއެވެ.
އުތުރު ކޮރެއާގެ ވެރިކަންކުރާ ޕިޔޮންގްޔަންގެ ނިއުކްލިއާ ޕްރޮގްރާމަށާއި، ލީޑަރު ކިމް ޖޮންގް އުންއަށް ނުރުހުމުގެ ބަސްތައް ރައްދުކޮށް ދެކުނު ކޮރެއާގެ ބޯޑަރު ސަރަޙައްދުގައި އެކްޓިވިސްޓުން ހިތްހަމަނުޖެހުން ފާޅުކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ދޭތެރެ ދޭތެރެއިން ބާއްވާ މި އެއްވުންތަކާއި ގުޅިގެން ދެކޮރެއާއިން ވެސް މާބޮޑު ފިޔަވަޅެއް އަޅާފައި ނުވާއިރު، 2018 އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން މި ދެޤައުމު ދަނީ ގުޅުން ބަދަހި ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ދެކުނު ކޮރެއާ ބޯޑަރު ސަރަޙައްދުގައި އެކްޓިވިސްޓުން ހިންގާ ކަންކަމާއި ގުޅިގެން ކިމް ޔޯ ޖޮންގް ދާދިފަހުން އެޤައުމުގެ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ދެ ކޮރެއާގެ ގުޅުން ދުވަހަކުވެސް ބަދަހި ނުވާނެ ކަމަށާއި، އެކަމަށްޓަކައި ޤާއިމްކޮށްފައިވާ ލިއައިސަން އޮފީހަކީ ބޭކާރު ތަނެއްކަން، ބޯޑަރު އެއްވުންތަކުން އެނގޭ ކަމަށެވެ. މިއީ އުތުރު ކޮރެއާގެ އިސް ވެރިޔަކު މި ހަރަކާތްތައް ކުށްވެރިކޮށް، އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރި ފުރަތަމަ ފަހަރެވެ.
ކިމް ޔޯ ޖޮންގް ވަނީ މި އަމަލުތައް ދެކުނު ކޮރެއާގެ ކަމާއި ބެހޭ ފަރާތްތަކަށް ނުހުއްޓި އިތުރަށް ކުރިޔަށް ގެންދާނަމަ، އޭނާއަށް ލިބިދީފައިވާ ބާރުގެ ދަށުން ވަރުގަދަ ރައްދެއް ދިނުމަށް އަސްކަރިއްޔާ އާއި މަޝްވަރާ ކޮށްފައިވާ ކަމަވެސް ބުނެފައެވެ. އަދި ވަރަށް އަވަހަށް މުޅި ދުނިޔެ ސިއްސުވާލާ ވަރުގެ މަންޒަރެއް މިކަމުގެ ސަބަބުން ފެނިގެންދާނެ ކަމަށް ވަޢުދުވެ ދެކުނު ކޮރެއާއަށް ކިމް ޔޯ ޖަންގް ވަނީ އިންޒާރު ދީފައެވެ.
ކިމް ޔޯ ޖަންގް ވަނީ މި މޭރުމުން ވާހަކަ ދައްކަމުން އެއްވުންތައް ކުރިޔަށްގެންދާ ދެކުނު ކޮރެއާގެ އެކްޓިވިސްޓުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެމީހުންނަކީ ބޭކާރު ޖަނަވާރުންތަކެއް ފަދަ ބައެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.
ކިމް ޔޯ ޖަންގް ވަނީ ބޯޑަރު ސަރަޙައްދުން އެޤައުމަށް ފުއްޕާހަމާއި އެނޫންވެސް ނުރުހުމުގެ ޝުޢޫރުތައް ފާޅުކޮށް ތަކެތި ފޮނުވުމަކީ ޤާނޫނުން އަދަބު ލިބިދޭ ކަމެއްގެ ގޮތުގައި ނިންމުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ބުނެފައެވެ.
ކިމް ޔޯ ޖަންގް އަކީ އުތުރު ކޮރެއާގެ ވެރިކަންކުރާ ވޯކާސް ޕާޓީގެ އެންމެ ބާރުގަދަ ކޮމިޓީގެ ޑިރެކްޓަރެވެ. ދާދިފަހުން އެޤައުމުގެ ލީޑަރު އާންމު ތަންތަނުން ނުފެނި "ގެއްލުމާއި" ގުޅިގެން ޤައުމު ހިންގުމާއި ހަވާލުވީ ކިމް ޔޯ ޖަންގް ކަމުގެ އަޑުތައްވެސް ފެތުރިފައި ވެއެވެ.
ބުއްޅަބޭގެ ދަރި ކަހަލަ އެއްޗެއް!
މިމީހުނަށް ހީވާ ކަހަލަ މިމީހުނަށް ވުރެ ބާރުގަދަ ބައެއް ނެތޭ
ކަލެއަކަށް ނޭނގޭތަ؟؟ އުތުރު ކޮރެއާގެ ޖައްބާރު ވެރިކަން ކުރާ ކިމް ދަރިކޮޅަކީ ކަލާނގެ ކަމަށް ދައުވާ ކުރާ ބައެއް!!! އުތުރު ކޮރެއާގެ ފަގީރު ނިކަމެތި ރައްޔިތުންނަކަށް ދީނީ މިނިވަންކަމެއް ނޯވޭ!!! ހުރިހާ ރައްޔިތުން ޖެހެނީ މި ކިމް އާއިލާގެ ބުދުތައް ކުރިމަތީ ތިބެ އެއަށް ސަޖިދަ ޖަހަން!!!