ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާޢަތުން ކުޅެނީ އަލިފާނާއި ކަމަށާއި، އެ ޖަމާޢަތަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ މިގޮތަށް ބުނެފައި މިވަނީ، އިސްރާއިލް އާއި ލުބުނާން ގުޅުނު ސަރަޙައްދީ އިމުގެ ކައިރިން ހިޒްބުﷲ އާއި އިސްރާއިލް ސިފައިންނާއި މެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަމުންނެވެ.
ނަތަންޔާހޫގެ ވަރުގަދަ އިންޒާރެއް ހިޒްބުﷲ އަށް އަމާޒުކޮށްފައި ވާއިރު، އޭނާ ވަނީ އެ ޖަމާޢަތް ލައްވައި ހަމަނުޖެހުން ހިންގަމުން ދަނީ ލުބުނާނުގެ ސަރުކާރުން ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެކަމަށް ވާގިވެރިވެ އެހީތެރިވަމުން ދަނީ އީރާނުން ކަމަށްވެސް ނަތަންޔާހޫ ވަނީ ތުހުމަތުކޮށްފައެވެ.
"ހިޒްބުﷲ އިން އެ ކުޅެނީ އަލިފާނާއި. އަހަރެމެންގެ ރައްދު ހަމަލާ ވަރަށް ވަރުގަދަ ވާނެ،" ނަތަންޔާހޫ ބުނެފައި ވެއެވެ.
ހިޒްބުﷲ ގެ ހަނގުރާމަވެރިންނާއި އިސްރާއިލް ސިފައިންނާއި ދެމެދު ކުރިމަތިލުންތައް ހިނގަން ފަށާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މިގޮތުން ހިނގަމުންދާ ކުރިމަތިލުންތަކުގައި ހިޒްބުﷲ އިން އިސްރާއިލްއަށް މިސައިލް ޙަމަލާތަކެއްވެސް ދީފައިވާ ކަމަށް އިސްރާއިލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
މީގެ އިތުރުން ބޯޑަރު ސަރަޙައްދުގައި ބަޑީގެ ހަމަލާތައްވެސް ބަދަލުކުރެވެމުންދާ ކަމަށް ރިޕޯޓްތައް ބުނާއިރު، މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވިކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ހިޒްބުﷲ އިން އިސްރާއިލް އަށް ހަމަލާދީފައި ވަނި ސީރިޔާގައި އިސްރާއިލް އިން ހިންގި އޮޕަރޭޝަނެއްގައި އެ ޖަމާޢަތުގެ އޮފިޝަލަކު މަރާލި މައްސަލަ އާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އެ ޖަމާޢަތުން އިސްރާއިލްއަށް އިއްޔެ ދީފައި ވަނީ ފާއިތުވެދިޔަ އަހަރެއްހައި ދުވަސް ތެރޭގައި ވެސް ދިން އެންމެ ވަރުގަދަ ހަމަލާއެވެ.
ސީރިޔާގައި ހިންގާ އޮޕަރޭޝަންތަކުގައި މީގެ ކުރިންވެސް އިސްރާއިލް އިން ހިޒްބުﷲ ހަނގުރާމަވެރިންނަށް ހަމަލާ އަމާޒުކުރާތީ އިސްރާއިލް އަށް އެ ޖަމާޢަތުން ހަމަލާދެއެވެ.
ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުއްލާތު ޖަމާޢަތުން ކުޅެނީ އަލިފާނާއި ކަމަށާއި، އެ ޖަމާޢަތަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ޔަހޫދީ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ޒަޔަނިސްޓު ނަތަންޔާހޫ ވައްވައް ޖަހަން ކެރޭނީ ބައްޅަތަކެއް ހެން ދައިގަންނާކަށް ނުކެރޭނެ
ހިޒްބްﷲ އަށް ނަޞްރު ދެއްވާށި އާމީން
ހިޒްބުﷲ ގެ މިސައިލް ހަމަލާ ތަކުގައި އިސްރާއީލު ގެ ބައިވަރު ސިފައިން މަރުވި...ތި އިސްރާއީލު ނަހަދާނެ އެއްވެސް ތެދެއް...ކަލޭމެންގެ ކަމަކީ ފޮނިބަސްބުނުން...އަލިފާނޯ...2006ގެ ހަނގުރާމައިގެވެސް.ތިހެންބުނި އެކަމަކު ހިޒްބުﷲ އިން އަލިފާނަކީ ކޮންބައެއްކަން ރަނގަޅަށް އެފަހަރު
ދެއްކި
ނެތެންޔާހޫގެ ކަމަކީ ރެޔާދުވާލު ފޮނިކެޑުން...އީރާނައް ހަމަލަދޭނަމޭ ބުނާތާ 15އަހަރު ވެއްޖެ..ވިއެއްކަމެއްވެސް ހަރާން...ތިކަލޭގެ އެންމެބިރުގަތް އިންސާނާއަކީ މުސްލިމުންގެ ބަތަލް ސައްދާމް ހުސައިންދެކެ..1990 އަހަރުތަކުގައި ތިކަލޭގެ އުޅުނީ ބިންގަރާސްތަކުގައި ސައްދާމް ގެ މިސައިލުތައް ބިރުން
ފަލަސްތީނުގެ ރައްޔިތުން ބޮލައްށް ބޮންއަޅާ ބަޑިޖަހާ ކަންތައް ކުރުމުގެ ބައްޕަ..ތި ނެތެންޔާހޫއަކީ
މާތްވެގެންވާ ކީރިތި ޤުރުއާން ގައިވެސްބަޔާންވެގެން
ވޭ އިސްރާއީލު ހަލާކުގެތެރެއަށް ވަންނާނެކަމަށް
ދުޢާ އަކީ ހިޒްބުﷲ ގެ ވަރުގަދަ މިސައިލުގެ ހަނގުރާމަ އެއްތިމީހުންނާ ދެކޮޅަށް ކުރުން..
ހައިފާ އާއި ތެލަވީވް އަށް މިސައިލުގެ ވާރޭ ވައްސާފިއްޔާކޮންފަދަ ހިޒްބުﷲ އިން...އަދި މަޑުކުރޭ
ސައްދާމް ހުސައިން އީސްރާއީލައް ކުރި ހާލައްވުރެ ދިހަގުނަ ނުބައި ހާލެއް އީރާން ކުރާނެ
އަލިފާން އުފެއްދެވީ : ކުޅަދުންވަންތަ ހަމަ އެކަނި އިލާހް ﷲ ތައާލާ..
ތިހެން ކުރިންވެސް ފެލުނު އެންމެ ފަހުނ ްއަމިއްލައަށް ހުއްޓާލީ
ބަދަލެއްނުހިފޭނެ. ތީކާކު؟