މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެން ހިންގެވި ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މެލޭޝިއާގެ ކޯޓަކުން އޭނާގެ މައްޗަށް ހަތް ދައުވާއެއް ސާބިތުވާ ކަމަށް ނިންމާފައި ވަނީ މިއަދު އެވެ.

ނަޖީބުގެ މައްޗަށް ސާބިތުވީ ވަން އެމްޑީބީ އިން އެތައް ބިލިއަން އެމެރިކާ ޑޮލަރެއް ގެއްލުނު މައްސަލައިގައި އުފުލި ހަތް ދައުވާއެކެވެ. އެހަތް ދައުވާ ބިނާ ކޮށްފައި އޮތީ އެމްޑީބީ މައްސަލައިގެ ތެރެއިން ވަކިވަކި ފަސް މައްސަލަައަކަށެވެ.

އެމްޑީބީގެ އެކައުންޓުން 9.8 މިލިއަން އެމެރިކާ ޑޮލަރު ނަޖީބުގެ އަމިއްލަ އެކައުންޓްތަކަށް ޖަމާވެފައި ވެއެވެ.

ނާޖިބު މިއީ، ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވި ފުރަތަމަ ލެލޭޝިއާގެ ލީޑަރެވެ.

ނާޖިބު 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު، އޭނާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަަމަށް މީޑިއާތަކުން ބުނެފައި ވެއެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ނަޖީބަށް ތާއިދުކުރާ އެތައް ހާސް ބަޔަކު މިއަދު ވަނީ ނަޖީބު ކޯޓަށް ހާޒިރުކުރި ވަގުތާއި ދިމާކޮށް ކޯޓު ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފައެވެ. އެ މީހުން ބުނަމުން ދަނީ ނަޖީބަށް އިއްވާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެޑަމް ފާތު

    މެލޭސިޔާގަވެސް އަދުލް އިންސާފް މާ ރަނގަޅު! ޔާންޓޭއަށް މިވަރުގެ ހުކުމެއް ޖަހާލަންކެރޭ ދިވެހި ދަރިއެއް މި ފަސްގަނޑަކުނެތް. ހުރި ހިތާމައެއްގެ ބޮޑުކަމާ!

    3
    6