އިންޑިއާގެ އަޔޯދްޔާގައި ކުރިން މިސްކިތެއް ހުރި ތަނެއްގައި ރާމް ފައްޅީގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފައްޅި އަޅަން ބިންގާ އަޅައި ދިނުމާ އެކު ހިންދޫއިން އުފާ ފާޅުކުރަން ފަށައިފިއެވެ.

ބުދަ ދުވަހު އެ ފައްޅީގެ ބިންގާ އެޅުން ވެގެން ދިޔައީ އިންޑިއާގެ އުއްތަރްޕްރަދޭޝްގެ އިތުރު އެހެން މުސްލިމުންނަށް ލިބުުނު ބޮޑު ހިތާމަޔަކަށެވެ.

އެ ފައްޅި އަޅާ ތަނަކީ ކުރިން ބަބްރީ މިސްކިތް ހުރި ތަނެވެ. ހިންދޫއިން އެ މިސްކިތް ފުނޑާލާފައި ވަނީ އެތަނަކީ އެ މީހުންގެ ކަލާނގެ ރާމް އުފަންވި ތަންކަމަށް ބުނެއެވެ.

ބްބްރީ މިސްކިތް ކުރިން ހުރި ތަނަކީ 2.77 އޭކަރުގެ ބިމެކެވެ. އެ ބިމުގެ މައްސަލައަކީ މުސްލިމުންނާއި ހިންދޫގެ މެދުގައި އެތައް ބަހުސެއް ކުރުމުގެ އިތުރުން، ކޯޓުގައި ވެސް އެތައް ދުވަހެއް ވަންދެން ކުރިއަށް ދިޔަ މައްސަލައެކެެވެ.

ހިންދޫން ގަބޫލު ކުރާ ގޮތުން މުގަލް ރަސްކަލެއް ކަމަށްވާ ބަބުރު ވަނީ އެ މީހުންގެ ފައްޅިއެއް ތަޅާލުމަށް ފަހު 1528ގައި އެތަނުގައި ބަބްރީ މިސްކިތް އަޅާފައެވެ.

1949 ގައި އެތަނުން ބުދުތަކެއް ފެނުމަށް ފަހު ހިންދޫން ވަނީ އެ ސަރަހައްދަށް އެއްވެ އަޅުކަން ކުރަން ފަށާފައެވެ. އެއާއެކު މުސްލިމުންނާއި ހިންދޫންގެ މެދުގައި ޚިޔާލު ތަފާތުވެ، އިންޑިއާ ސަރުކާރުން ވަނީ ގަދަބާރުން އެ މިސްކިތުގައި ތަޅު އަޅުވާފައެވެ.

އޭގެ ފަހުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އޮތީ ވަރުގަދަކޮށްފައެވެ. އެ ސަރަހައްދަށް މުސްލިމުންގެ ހައްގެއް ނެތް ކަމަށް ނިންމާ، މުސްލިމުންގެ މިސްކިތެއް ހުރި އެ ސަރަހައްދު ހިންދޫންނަށް ދޭން އިންޑިއާގެ އެންމެ މަތީ ކޯޓުން ނިންމީ މިދިޔަ ނޮވެމްބަރު މަހެވެ.

އެކަން އެގޮތަށް ކޮށްފައި ވަނީ ތާރީޚީ ގޮތުން ބަލާއިރު އެތަން ނިސްބަތްވަނީ ހިންދޫއިންނަށް ކަމަށް ބުނެއެވެ.

އެތަނުގައި ބިންގާ އަޅަން އެތައް ހާސް ބަޔަކު އެއްވީ، އިންޑިއާގައި ވެސް ކޮވިޑް-19 ނުރައްކާތެރިކަމާއި އެކު ފެތުރެމުންދަނިކޮށެވެ.

މިފަދަ ހާލަތެއްގައި އެ ފައްޅި އެޅުމާއި، ކޯޓުން ގޮތެއް ނިންމި ނަމަވެސް މުސްލިމުންގެ ޖަޒުބާތުތަކާއި ގުޅިފައިވާ ކަމަކަށް މޯދީ އިހުތިރާމް ނުކުރުމުން އޭނާ އަށް މުސްލިމުންގެ ފާޑުކިޔުމާއި ވަނީ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢަންސާރު

    ޢިންޑިޔާގެ ހިންދޫން މެރިޔަސް ފާފައެއް ނުވާނެ

    33
    5
  2. ވަގުތު

    އެހެންދީންތަކާ ގުޅުންހުރި ހަބަރު އަޑުއަހާކަށް އެއްވެސް ޝައުޤެއް ނެތް. އިސްލާމްދީނުގެ ހަބަރުތަށް ގެނެސްދީ

    31
    1
  3. އަހްމަދު

    މޯދީ ބޮޑު ޡާޣޫޡެއް
    ﷲ ތަޢާލާ ގެ ލަޢުނަތް ތި ހުރިހާ ކާފަރުންތަކުގެ މައްޗަށް ހުރި

    50
    1
  4. ޝަން

    ތިޔައީ ތާރީޚު ޢޮޅުވާާލާ ތާރީޚުގެ ސިފަ ހުތުރުކޮށް އުޅޭ ލަދެއް ހަޔާތެއް ދީނެއް މިއްލަތެއް ދިރިއުޅުމުގެ ނިޒާމެއް ނެތް ހިންދޫން...

    43
  5. Anonymous

    ޢޭ ޖާހިލުންނޭ ....ﷲ ގެ ކޯފާ ތިމީހުންނަާ ކުރިމަތވުމުން ކަލޭމެންގެ މޫނުމަތިން ތި އުފާވެރި ކަން ފެންނާނެބާ...ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ..

    41
  6. ގެރި މޯދީ

    އެހެއްވީރު ތިޔަ އެޅިބިއްގާ އުފާކުރާނެ މިރާއްޖޭގެ މަޖުލިސްގެ ރައީސްވެސް ނޭގޭ މަޖުލީހުން ތިކަމާ އުފަލުން ނޫސްބަޔާނެއްވެސް ނުނެރޭނެކަމެއްވެސް

    35
  7. ވަހީދާ

    މާތްﷲގެ ރަޙުމަތުން ތިތަން ވީރާކުރައްވާ ތިކަން މުރި ބަޔަކަން ﷲގެ ކޮފާފާއެއް ލައްވާންދޭ

    38
    1
  8. އަޙްމަދު

    އިރާދަ ކުރެއްވިއްޔާ ތިތަން ބިމާހަމަވެ ކަލޭމެންވެސް ނެތިގެން ހިނގާދާނެ! ތިކަމުގައި ކަލޭމެންނަށް ތާޢީދު ކުރާބަޔަކަށްވެސް ޙަލާކު ހުރީ!

    42
    1
  9. ހަތުރު

    ހުރިހާމީހުން އެއްކޮއްގެންވެސް ތިކަލޭގެެ އުފާކުރާނެތާ ތިމިސްކިއް ތަޅާލުމުގެ މުގުލުގަވެސްހުރީ ތިކަލޭގެޔާ ތިކަލޭގެ ބައިވެރިޔާ ކުރިޝްނާ އުދުވާނީއާ ބޭނުމަކީ މުސްލިމުންގެ އަދަދުމަދުކުރުން ތީހަމަ ހަތުރެއް މުސްލިމުންގެ

    23
  10. ނޯވަން

    ކަލޭމެން ކިތޭވަރެ އް ކުރިޔަސް އިސްލާމުން ތިތާ ރަސްކަން ނުކުރާ ކަމަކަށް ނުވާނެ. 800 އަހަރު އިސްލާމުން ތިތާ ރަސްކަން ކުރި. ޢެކަމު މުސްލިމުން އެއއ އީ ތިގަ އުމުގެ މީހުންނެ އް ނޫނޭ ތިބުނަނީ...

    7
    1
  11. ބަކައްޓޭ@@

    ގެރި އަށް ވޯޓު ދިނުން ނިމުނީ!

  12. ގެރި ބަކައްޓޭ @@

    ގެރި އަށް ވޯޓު ދިނުން ނިމުނީ!

  13. ގެ ރި ބަކައްޓޭ @@

    ގެރި އަށް ވޯޓު ދިނުން ނިމުނީ!

  14. ހަނި

    ހިންދޫން އެ.ކަޏެއްނުއް އުފާކު ރާނީ ދިވެހި ސަ ރުކާ ރު ވެސް

  15. ޑެރަ

    ޔާ ﷲ މޯޑީގެ ވެރިކަން ނިކަމެތިކަމައެކު ނިންމަވާންދޭވެ.

    20
  16. އެމަންޖެ

    މިގައުމުގަ އުޅޭނެ ތިކަމައް ތާއީދުކޮއް އުފާ ފާޅުކުރާނެ ބޭފުޅެއް އެއީ ނަސީދު.