ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އެމެރިކާގެ ކޯޓަކަށް ހާޒިރު ވުމަށް މިއަދު އަމުރެއް ނެރެފިއެވެ.

ވަލީއަހްދު މުހައްމަދު އެމެރިކާގެ ކޮލަމްބިއާގެ ޑިސްޓްރިކްޓް ކޯޓަކަށް ހާޒިރު ވުމަށް އަމުރު ނެރުނީ އޭނާ އާއި ދެކޮޅަށް ސައުދީ އަރަބިއްޔާގެ އިންޓެލިޖެންސްގައި ކުރިން އިސްކޮށް މަސައްކަތް ކުރި ސާދު އަލް-ޖަބްރީ ހުށަހެޅި މައްސަލަ އަކާއި ގުޅިގެންނެވެ.

ސާދު އަލް-ޖަބްރީ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މުހައްމަދު އޭނާ މަރާލަން ކެނެޑާއަށް ޓީމެއް ފޮނުވި ކަމަށެވެ.

މުހައްމަދު ކޯޓަށް ހާޒިރު ވުމުގެ އަމުރެއް ނެރުނު ނަމަވެސް މުހައްމަދު އެމެރިކާގެ ކޯޓަކަށް ހާޒިރު ކުރެވިދާނެ ކަމަކަށް އެމެރިކާގެ ޤާނޫނީ މާހިރުން ލަފައެއް ނުކުރެއެވެ. އެމެރިކާގެ ކޯޓުތަކުން މީގެ ކުރިން ވެސް ބައެއް ގައުމުތަކުގެ ވެރިން ފެންވަރުގެ ބޭފުޅުން ހާޒިރު ކުރުމަށް އަމުރުތައް ނެރެފައި ވެއެވެ. ނަމަވެސް ގިނަ ފަހަރަށް އެމެރިކާ ސަރުކާރުން ޑިޕްލޮމެޓިކް ހިމާޔަތް ދީގެން ކޯޓަށް ހާޒިރު ވުމުގެ އަމުރުން އެބޭފުޅުން ސަލާމަތް ކޮށްދެއެވެ.

އަދި ހާއްސަކޮށް އެމެރިކާ ސަރުކާރާއި ވަރަށް ގާތް ގުޅުމެއް މުހައްމަދު ބާއްވަމުން ގެންދަވާތީ އޭނާ އެމެރިކާގެ ކޯޓަކަށް ހާޒިރު ކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އެމެރިކާގެ މިޑިއާތަކުން ބުނެއެވެ.

މުހައްމަދު ހިމެނޭގެ ސާދް އަލް-ޖަބްރީ ހުށަހެޅި މައްސަލަ އާއި ގުޅިގެން ސައުދީ އަރަބިއްޔާގެ 12 މީހަކު ކޯޓަށް ހާޒިރުވުމަށް ވަނީ އަމުރުކޮށްފައެވެ.

އުމުރުން މިހާރު 61 އަހަރުގެ ސާދް އަލް-ޖަބްރީ ކެނެޑާގައި ދިރިއުޅެމުން އަންނަތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެއެވެ. ސާދު އަލް-ޖަބްރީ ކޯޓަށް ހުށަހެޅި ލިޔުންތައް ބުނާ ގޮތުގައި އޭނާ މަރާލަން މުހައްމަދު ކެނެޑާއަށް ޓީމެއް ފޮނުވީ ތުރުކީގައި ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޙަޝޯޤީ މަރާލިތާ 13 ދުވަސް ފަހުންނެވެ.

ސާދު އަލް-ޖަބްރީ ބުނާ ގޮތުގައި އޭނާ އަށް ހަމަލާ ދިނުމަށް މުހައްމަދު ބޭނުންވި އެއް ސަބަބަކީ ވަލީއަހްދު މުހައްމަދުގެ ހަރަކާތްތަކުގެ މައުލޫމާތު އޭނާ އަށް ލިބެމުން ދިއުމެވެ. އަދި އޭނާ އާއި އެމެރިކާގެ ޖާސޫސީ އިދާރާތަކާއި އެކު އޮންނަ ގުޅުމުގެ ސަބަބުން އެމައުލޫމާތުތައް ދުނިޔެއަށް ހާމަވެގެން ދިއުމުގެ ބިރު އޮތްކަމަށް މުހައްމަދު ވިސްނައިގެން ހުރިކަމަށް ވެސް ސާދު އަލް-ޖަބްރީ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖިލޭބީ

    ތީގެންއެގުނީ ޔަހޫދީންނަ ޖާސޫސުކޮއްދޭ ގައްދާރެއްކަން ތިޔަ ޖި ބުރާނީއަކީ...އެހެންވީމަ ބަލަންޖެހޭނީ އިސްލާމީ ޝަރީއާގަ ގައްދާރުންނަދޭން އޮތް އަދަ ބަކީ ކޮ ބައިތޯ..މުހައްމަދުގެ މައްސަލައެއް ތިޔަކުނެތް...

    33
    11
  2. ހައިކަލް

    ހަނދާނަށް އަންނަނީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު ކުރީގެ މިސް އެމެރިކާއެއް ބުރުނާއީގެ ރަސްގެފާނު ސުލްތާން ބުލޫކިޔާ އާއި އޭނަގެ ޕްލޭބޯއި ކޮއްކު ޕްރިންސް ޖެފްރީގެ މައްޗައް އެމެރިކާގައި ކުރި ދައުވާ. ޢެދައުވާގައި ވަނީ އެތައް މަހެއް ވަންދެން ރަސްގެފާނާއި ޕްރިންސް ޖެފްރީ އެ ރީތީގެ ރާނީއަށް ރަސްގެފާނުގެ ގަނޑުވަރުގައިކުރި ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ އަދި ރޭޕް ގެ މައްސަލަ. ދުނިޔޭގެ އެތައް ގައުމެއްގެ ރީތި އަންހެން ކުދިންވަނީ އޮޅުވާލައިގެން މި ޝާހީ ދެބެއިން ބުރޫނާއިއަށް އެމީހުން ގެންގޮސް ޖިންސީ ގޯނާ ކުރިކަމުގެ ހެކިބަސްދީފައި . ނަމަވެސް އެމައްސަލަތައް ނުބެލުނު. އެއީ މުއްސަދި އިސްލާމީ ގައުމެއްގެ ޝާހީ 2 ބޭފުޅުންނަށްވީމަ. ވީމާ ކިހިނެތް ސައުދީ އަރަބިއާގެ އެންމެ ނުފޫޒުގަދަ ނުރަސްމީ ވެރިއާ ޕްރިންސް މުހައްމަދު ގެ މައްސަލައެއް އެމެރިކާގައި ބެލޭނީ. ތިކަންތައްދާނީ ތޮޅިއަށް. ޑޮނަލްޑް ޓްރަންޕްގެ މައްސަލައެއް ބެލުނަސް ސައުދީ ވަލީ އަހުދުގެ މައްސަލައެއް އެމެރިކާގެ ކޯޓަކުން ނުބެލޭނެ . ސުލްތާން ބުލްކިޔާގެ 2 ބެއިން ގެ މައްސަލައަށްވީގޮތްވާނީ .

  3. ޢަންސާރު

    މުހައްމަދު ބިން ސަލްމާނަކީ ވެސް ޔަހޫދީންގެ އެޖެންޓެއް...އޭނާ އެވަނީ އުންމަތް ބަލިކަށި ކޮށް ގައްދާރުވެފަ...ޔާ ﷲ ސައުދީގެ ވެރިކަން ނެތި ކުރައްވާ މުޖާހިދުންނަށް ނަސްރު ދެއްވާނދޭވެ.އާމީން

    12
    3