އިންޑިއާގެ ބެންގަލްގައި އިންތިހާބު ބާއްވާން ދެން މާގިިނަ ދުވަހެއް ނެތެވެ. އެ ސްޓޭޓްގެ ބީޖޭޕީ ޔުނިޓުން މި ވަނީ ކޮރޯނާ ވައިރަސް ކެމްޕޭންގެ ހަތިޔާރަކަށް ބޭނުންކޮށް، ޗީފް މިނިސްޓަރ މަމަތާ ބަނިރްޖީ އާ ދެކޮޅަށް ވާހަކަދައްކާފައެވެ.

އެގޮތުން އިއްޔެ ބޭއްވި ރެލީއެއްގައި އާއްމުންނާއި ބައްދަލުކޮށް ބަންގަލްގެ ބީޖޭޕީގެ މަތީ ލީޑަރު ޑިލިޕް ގޯޝް ބުނެފައި ވަނީ "ކޮރޯނާ ގޮއްސި" ކަމަށެވެ. އޭނާ މިގޮތަށް ބުނިއިރު، އިންޑިއާގައި އެތައް ހާހުން އެތައް ބަޔަކު ދަނީ ކޮވިޑް-19 އަށް ފައްސިވަމުންނެވެ. އަދި އެގައުމުގައި އެ ބަލީގައި އެތައް ބަޔަކު ދަނީ މަރުވަމުންނެެވެ.

ޑިލިޕް ގޮޝް ބުނެފައިވާގޮތުގައި، ބަނިރްޖީ ވައިރަސް އުޅޭ ކަމަށް ހެދިގެން އުޅޭނި އެވެ. އަދި ފުރަބަންދު ކޮށްފައި ވަނީ، ވަކި ބޭނުމެއްގައި ކަމަށާއި، އެއީ އަންނަ އަހަރުގެ އިންތިހާބާއި ގުޅުވައިގެން ބީޖޭޕީން ރެލީތައް ބާއްވަން އުޅޭތީ ކަމަށް އޭނާ ތުހުމަތު ކޮށްފައެވެ.

"ކޮރޯނާ ގޮއްސި. ބަނިރްޖީ އުޅެނީ ވައިރަސް އުޅޭ ކަމަށް ހެދިގެން، އަދި ފުރަބަންދު އެ ކުރަނީ، ބީޖޭޕީން ބައްދަލުވުންތަކާއި، ރެލީތައް އެ ސްޓޭޓްގައި ނުބޭއްވޭނެތީ، އެއްވެސް މީހަކަށް އަހަރުމެން ހުއްޓާއެއް ނުލެވޭނެ". ދަނިއާޚަލީގައި ބޭއްވި ރެލީއެއްގައި ވާހަކަދައްކަމުން ޑިލިޕް ބުނެފައި ވެއެވެ.

އިންޑިއާގައި މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 45 ލައްކައަށް އަރާފައެެވެ. އެ ގައުމުގައި އިއްޔެ 96551 މީހަކު ކޮވިޑް-19 އަށް ފައްސިވިއރު، 1209 މީހަކު ވަނީ މަރުވެފައެވެ. ބެންގަލްގެ ހާލަތަށް ބަލާއިރު، އެ ސްޓޭޓް އިން ދެ ލައްކަ އާ ގާޓް ކުރާ އަދަދަކަށް މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އަދި 3700 މީހަކު އެ ސްޓޭޓުން ވަނީ މި ބަލީގައި މަރުވެފައެވެ.

ޑިލިޕް ނިސްބަތްވާ ޕާޓީގެ މެންބަރު އަދި އެ ގައުުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އިއްޔެ ވަނީ، ކޮރޯނާ ވައިރަސް އާދާއިގެ ކަަމަކަށް ނުހެދުމަށް އެދިފައެވެ. މޯދީ ވަނީ، ސައިންސްވެރިން މި ބައްޔަށް ވެކްސިންއެއް އުފައްދަން ދެން ސިއްހަތާއި ބެހޭ މީހުން ދެމުން ގެންދާ އިރުޝާދުތަކަށް ތަބާވެ، މާސްކް އެޅުމާއި، ގައިދުރު ކަމަށް ސަމާލުކަން ދޮނުމަށް ނަސޭހަތްތެރި ވެފައެވެ.

ނަމަވެސް، މޯދީ ދެއްކި ވާހަކަތައް ޑިލިޕް އަޑުއެހި ހެނެއްހިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުމީހުން

    ހަމަ އަނެއް ނަޝީދު ދޯ

  2. ނަފީސާ

    ބޮލު ރޮދި ކެނޑިފަ ތިބޭބަޔެެއް ހުވާ. މިކަހަލަ މީހުން ފަހަތުން ދުވާމީހުންތިބޭ ވިއްޔަ.

    12
  3. Anonymous

    "ކޮރޯނާ ގޮއްސި" މީ އޭނަގެ ބަހުން ތަ ލިޔެފަ މިއޮތީ