އިނގިރޭސީ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ހެރީ އާއި ބަތަލާ މެގަން މާކަލް މިއަދު ކައިވެނި ބައްލަވައިގެންފިއެވެ.
ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ވިންޑްސޯރްގެ ގަނޑުވަރުގައި ހުންނަ އެސްޓީ ޖޯޖް ޗާޗްގައެވެ. މި ރަސްމިއްޔާތުގައި 600 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް ދެއަކާއި ޕްރިންސް ފިލިޕް އާއި ޕްރިންސް ހެރީގެ ބޭބެ ޕްރިންސް ވިލިއަމްގެ އިތުރުން އަނބިކަނބަލުން ކޭޓް މިޑިލްޓަން އާއި މެގަންގެ މަންމަ އާއި އާއިލީ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނަމަވެސް މި ރަސްމިއްޔާތުގައި މެގަންގެ ބައްޕަ ބައިވެރިވެފައެއް ނުވެއެވެ. އޭނާ އަށް ބައިވެރިނުވެވުނީ ސިއްހީ ހާލަތު މިވަގުތު ހުރި ގޮތުންނެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި މަޝްހޫރު ގިނަ ފަރާތްތަކެއް ވެސް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަންހެނުން އާމާލް ކްލޫނީ އާއި އޮޕްރާ ވިންފްރީ އާއި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް ހިމެނެއެވެ.
އަދި މެގަން މާކަލް އެންމެ ބޮޑަށް ވިދާލި އެއް ޓީވީ ސީރީޒް ކަމަށްވާ "ސޫޓްސް" ގެ ގިނަ އަދަދެއްގެ ތަރިން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތު ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު އިނގިރޭސިވިލާތުގެ މަގުތަކަށް ނިކުތްއިރު ޓީވީގެ ޒަރިއްޔާއިން މިލިއަނެއްހާ މީހުން ވަނީ މި ރަސްމިއްޔާތު ބަލާފައިވެއެވެ.
މިއީ ޕްރިންސް ހެރީގެ ފުރަތަމަ ކައިވެންޏަށް ވީ ނަމަވެސް މެގަން ވަނީ މީގެކުރިން ވެސް އިތުރު ކައިވެންޏެއް ކޮށްފައެވެ.
ސީ.ބީ.އެސް އަދި ފޮޖްސް އިން މިހަބަރު ކަވަރު ކުރި އިރު އެންމެ ގިނައިން ބޭނުންކުރި އިބާރާތަކީ "ބުރިޓިޝް ޕުރިންސް މެރިޑު ޓު އެމެރިކަން ޑިވޯސީ ހޫއިޒް 3 އިޔާޒް އެލްޑަރ ދެން ހިމް" އެމީހަކު ލޯބިވާ މީހަކާ ދޯ އެމީހަކު އިންނާނީ. ތަހުޒީބުކަމަށް ބުނާ އެމެރިކާގެ ބޮޑެތި ނިއުސް އެޖޭންސީތަކުގެ ޓިޕިކަލްކަން
ތީދޮގު ވާހަކަ އެއް ނޫން.. އައި އެޕްރިށިއޭޓް ޔޫ... ? އެމީހަކު ލޯބި ވާ މީހަކާ އެއް ކޮއް އެމީހަކު އުޅޭނީ....?
ތިވަރު ވީ އިރުވެސް ނަސީދަކައް ދައުވަތު ގަނޑެއްވެސް ނުފޮނުވާދޯ ސޯސޭޑް
ހޫން ސައުދީ އާ ޗައިނާގެ ހުރިހާ ޝާހީ ކައިވެނިފުޅުތައް ޝަރަފުވެރިނކޮށްދޭން ޔާމީނަށް ދަޢުވަތު އާދޭ ވިއްޔާ..
ޔާމީނަކީ ސަޢޫދީ އާއި ޗައިނާއަށް ގޮސް އެތާހުރެ އެމީހުންގެ މުއްފަތުން ކައިބޮއެ ސަރުބަަތުބޮއި އުޅޭމީހެއް ނޫނޭ ބަލަގަ.
އެކަމެއް ނޭނގެ ދެއިރު ދެދަޅައަށް ސައުދީ ޗައިނާއަށް ދާބެ ނޫނީ ވަފުދު ފޮނުވައިގެން ލާރިކޮޅެއް ލިބޭތޯ އުޅޭނެ. ހަމަ ސައުދީ ޗައިނާގެ ތައްޕާހުން އުޅެނީ.. ނަޝީދު ލަބްކާ އިނގެރޭސިވިލާތިގަ އުޅެނީ އަމިއްލަ ފައިސާގަ.. ރޯޔަލް ވެޑިންއަށް ރަންރީދޫ ހެދުމެއްގަ ނަޝީދު ތަމްސީލުކުރީ ނަޝީދުގެ ވަކީލު އާމާލު ކުލޫނީ..
މަބުނީ ނަސީދަށް ވެސް އެއޮތްގެން އެތެރެ ކޮއިލަށް ވަދެވުނީނޫންތަ؟ އާއެހެންނަ އާމާލް ކުލޫނީ އަށް ވަދެވުމަކީ ނަސީދު ކުލޫނީއަށް ވަދެވުން ދޯ.
ކޮންތާކުން ބައްލަވައިގަތީ
ނަސީދު ވަރަށްއާދޭސްކުރި މިކައިވެނި ކުރިތަނަށްދާން. އެމެރިކާ މެދުވެރިކޮށް ގިނަމަސައްކަތްތަކެއްކުރި. ކާމިޔާބެއްނުވި. ފަހުވަގުތު ބޮޑުބޭބެ އެމެރިކާއަށް ފޮނުވި. ބޭނުމަކަށްވީ ސާހީކައިވެނި ކުރާތަނުގަ ސެލްފީނަގަން. ރީދޫކުދިން ދެން ލަލަލާ. ސްކައިޕްން ދެންބަލަން އޮވެ. އިގިރޭސިންނަކާއި ނުކުޅެވޭނެ. ކުރިމަތިލާގެން ދެންހުރެ.
މިމީހުން ތުބުޅި ލީމަ ހައްދު ފަހަނާ އެޅި ބަޔަކަށް ނުވޭތަ.
ތި ކައިވެނި ކުރިޔަސް ނުކުރިޔަސް އަހަންނަށް ކީއް؟؟؟
ނަޝީދަށް ހެރީގެ ކައިވެނި ހަފުލާއަށް ދައުވަތު އެރުވިކަމަށް ބީ.ބީ.ސީ ހަބަރުދޭ... އެކަމަކު ސޫދާސުރާޖު ބޯ މަންޒަރު ރާއްޖެ މީހުންގެ ވޯޓް މަދުވެދާނެތީ އައުވާނުންގެ ބަހަށް ހާޒިރުނުވީ... އޭރުވެސް ކެނެރީ މުގާބޭ ނުންނެވީ ބަރަހަނާ ހާލުގަ ޓައީ އަޅާގެން ހިޔާލީ ކެބިނެޓަކާ މުހާތަބުކޮށް ވާހަކަ ފުޅެއްގައި ކަމަށް އެކަލޭގެ އަރިސް މީހަކު ވވވ އިތުބާރު ހުރިގޮތަކަށް ވަނީ މައުލޫމާތު ދީފައި.. ވީޑިއޯ ވެސް އަދި ފެންނާނެކަމަށް ވަނީ... އަދި 1 ރޯދަ ވެސް ނުހިފާ ސައިތާނު ކަލޭގެ