އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 ޖެހިގެން ބަލިން ރަނގަޅު ނުވަނީސް ބޭސް ކެއުން ހުއްޓާލައިފިއެވެ.

މިދިޔަ ހަފްތާގައި ޓްރަމްޕް ކޮވިޑަށް ފައްސިވެ ހާލު ގޯސްވުމުން ހޮސްޕިޓަލުން ވެސް ފަރުވާ ހޯދާފައިވާ އިރު އޭނާ މިހާރު ވަނީ ބަލިން ރަނގަޅު ނުވަނީސް ވައިޓްހައުސްގައި އެތައް ސަތޭކަ ބަޔަކާ އެއްކޮށް ބާއްވާ ރަސްމިއްޔާތަކަށް ދިއުމަށް ނިންމާ އެކަން އިއުލާން ކޮށްފައެވެ.

އެމެރިކާގެ ނޫހަކަށް ޓްރަމްޕް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ހާލު މިހާރު ވަރަށް ރަނގަޅު ކަމަށެވެ. ކޮވިޑަށް ފައްސިވުމުން އޭނާ ބޭނުންކުރާ އެއް ބޭހަކީ ބާރުގަދަ ސްޓެރޮއިޑް ޑެކްސަމެތަސޮން ނަމަކަށް ކިޔާ ބޭހެކެވެ.

ޑޮކްޓަރުންގެ އިރުޝާދާއެކު އެ ބޭސް ކަމުން އައިސް މިހާރު ހުއްޓާލިއިރު ތަޖުރިބާކާރުން ބުނަނީ ބޭސް ކެއުން ހުއްޓާލުމުން އޭގެ ސައިޑްއިފެކްޓްސްގެ ގޮތުގައި ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން ޓްރަމްޕް ބުނީ ބޭސް ކާން ވަރަށް ފޫހިވާ ކަމަށާއި މިހާރު އެއްވެސް ބޭހެއް އޭނާ ނުކައި ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާއަށް ވަރަށް ހިތްހަމަޖެހުން ލިބޭކަމަށް ޓްރަމްޕް ބުންޏެވެ. ޓްރަމްޕް ވަނީ ހުކުރު ދުވަހު އޭނާ ކޮވިޑަށް ޓެސްޓު ކުރާނޭ ކަމަށް ބުނެފައެވެ. އެއީ ފަރުވާއަށްފަހު ވައިރަސް އޭނާގެ ހަށިގަނޑުގައި ހުރީ ކިހާވަރަކަށްތޯ ދެނެގަތުމަށްޓަކައި ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ކޮވިޑަށް ޓްރަމްޕް ފައްސިވެ ހާލު ސީރިއަސް ވުމުން ފަރުވާދީފައި ވަނީ ވޮލްޓާ ރީޑް ހޮސްޕިޓަލުންނެވެ. ހޮސްޕިޓަލުން އޭނާ އަށް ފަރުވާދިނުމަށްފަހު ދޫކޮށްލުމުން ޓްރަމްޕް ވަނީ ވައިޓް ހައުސްއަށް ގޮސް އޭނާ އަޅައިގެން ހުރި މާސްކުވެސް ނަގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިލޭނިޔާ

    މިސޮރު މިހާރު ހާދަ ޒުވާން ވެއްޖެއޭ. ކުޑަކުދިން ބޭސްނުކާން ބޮޑާހާކާގޮތަށް ބޮޑާހާކާތީ ވައްތަރީ ދިހަވަރަކަށް އަހަރުގެ ލާނެތްސޮރަކާ.

  2. ޓުރަންޕް

    ތިޔަބޭސް މާގިނަދުވަހު ބޭނުންކޮއްފީޔާ މަ ޅަކުއްޖަކަށް ވެދާނެކަމުގެ ބިރުއެބައޮތް. އިންތިހާބު ބޯމަތިވެފަވަނިކޮށް ބޭސްތަށް ކާގެން މަ ޅަކުއްޖަކަށް ވެއްޖެއީޔާ އިންތިހާބުގަ ވާދައެއްނުކުރެވޭނެ. އެހެންވެ ބޭސް ކެއުން ހުއްޓާލީ.

  3. އަރީ

    ޓްރަމްޕު ކޮވިޑާ ދޭތެރޭ ކަންތައް އެކުރަނީ ކުރަންވާގޮތަށް. ކޮން ކޮވިޑެއްތަ؟