ރަޝިއާއިން ކޮވިޑް-19 އާއި ދެކޮޅަށް އިތުރު ވެކްސިނެއް އުފައްދައިފިއެވެ.

ރަޝިއާއިން ކޮވިޑް-19 އާއި ދެކޮޅަށް ދެވަނަ ވެކްސިނެއް އުފައްދާފައިވާއިރު، އެގައުމުން މީގެ ކުރިން ވަނީ "ސްޕްޓްނިކް ވީ" ނަމަކަށް ކިޔާ ވެކްސިނެއްވެސް އުފައްދާފައެވެ. އަދި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

ރަޝިއާއިން އުފައްދާފައިވާ ދެވަނަ ވެކްސިނަށް ދީފައިވާ ނަމަކީ "އެޕިވެކްކޮރޯނާ" އެވެ. މި ވެކްސިން މިހާރު އެގައުމުގެ ވެކްޓަރ ސެންޓަރުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިރު ޕޫޓިން ވަނީ ބުނެފައެވެ.

އެގައުމުގެ ބޮޑުވަޒީރު ޓަޓްޔަނާ ގޮލިކޮވާ ބުނެފައިވަނީ އަވަސް މުސްތަގުނަލެއްގައި 60,000 ޑޯޒު އުފައްދާނެ ކަމަށެވެ.

"ވެކްޓަރ ސެންޓަރުން އަންނަނީ ކްލިނިކަލް ޓްރައިލްތަކަށް މީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި. އެގޮތުން 40,000 ވޮލެންޓިއަރުން ހިމެނޭނެ" ޓަޓްޔަނާ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މަރުހަލާގައި 150 ވޮލެންޓިއަރުން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭނީ 60 އަހަރުން މަތީގެ މީހުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތަށް އެއުމުރުގެ މީހުންނަށް ޓެސްޓް ކުރަނީ އެ ވެކްސިނަކީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ވެކްސިނެއް ކަމަށް ބެލެވޭތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރަޝިއާގައި ދެވަނަ ވެކްސިނެއް އުފައްދާފައިވާއިރު، ޕޫޓިން ބުނެފައިވަނީ ޗުމަކޯ ސެންޓަރުން އުފައްދާފައިވާ ވެކްސިނެއްވެސް ކުރިއަށް އަވަސް މުސްތަގުބަލެއްގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ރަޝިއާ އިން ފުރަތަމަ ކޮވިޑް-19 އަށް އުފެއްދި ވެކްސިނަކީ "ސުޕްޓްނިކް ވީ" އެވެ. އެވެކްސިން ބޭނުން ކުރުމުގެ ހުއްދަ އޮގަސްޓް މަހު އެގައުމުން ދިނެވެ. ނަމަވެސް އަދިވެސް ވެކްސިން އާއްމުކޮށް ބޭނުމެއް ނުކުރެއެވެ. މިހާރު އެވެކްސިން ވަނީ 40000 މީހުންނަށް ދީފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނި

    އިންޑިޔާ އެމެރިކާ އުޅެނީީ ރަސިޔާ ޗައިނާ އަށްވުރެފަހަތުގާ

    19
  2. ޢަނީ

    އަދި ވެކްސިން އެއް ނެތް މިބަޔަށް. އަދިވެސް ޓެސްޓު ކުރުމުގެ މަރުހަލާ މިދަނީ ކުރިޔަށް