އެމެރިކާގެ އަލަސްކާއަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފިއެވެ.
އެމެރިކާގެ ހުޅަނގު އުތުރުގައި އޮންނަ އަލަސްކާއަށް ބިންހެލުން އައިސްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނެފައިވާ ގޮތުން އަލަސްކާގެ ދެކުނު އައްސޭރީގެ ސަރަޙައްދަށް އައި މި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 7.5 އަށް އަރައެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ 40 ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާތަކުން ބުނެއެވެ.
މި ބާރުގަދަ ބިންހެލުމާއެކު އެމެރިކާގެ ސުނާމީ ވާނިން ސެންޓަރުން މިހާރު ވަނީ އަލަސްކާގެ ދެކުނު އައްސޭރީގެ ސަރަޙައްދުތަކަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ނެރެފައެވެ. ސުނާމީގެ ރާޅުތައް އަރާފާނެކަމުގެ އިންޒާރު މިވަގުތު ނެރެފައި ވަނީ ހަމައެކަނި އަލަސްކާގެ އައްސޭރީގެ ސަރަޙައްދުތަކާއި އެ ސަރަޙައްދުގައިވާ ޖަޒީރާ ރަށްތަކަށެވެ.
މި އިންޒާރު ނެރުމާއި ގުޅިގެން އަލަސްކާގެ ބައެއް ސަރަޙައްދުތަކުގައި ވަނީ ސުނާމީ ސައިރެންވެސް އަޅުވާފައެވެ. އަދި ގިނަ އަދަދެއްގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލުން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.
WATCH: Tsunami sirens wail in parts of Alaska after a 7.5-magnitude earthquake; evacuations underway pic.twitter.com/32eoOSfLBF
— BNO News (@BNONews) October 19, 2020
އެމެރިކާގެ ސުނާމީ ވާނިން ސެންޓަރުން ނެރުނު އިންޒާރުގައި ވަނީ، ސުނާމީ އަރާނެ ކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އުސް ސަރަޙައްދުތަކަށް ވަގުތުން ދިއުމަށް އިލްތިމާސްކޮށްފައެވެ.
އަލަސްކާއަށް އައި ބާރުގަދަ ބިންހެލުމަށްފަހު އެ ސަރަޙައްދަށް އަދިވެސް ބާރުގަދަ ލޮޅުންތައް ނުވަތަ "އާފްޓަ ޝޮކް" އަންނަމުން ދެއެވެ. މިގޮތުން މި ބިންހެލުން އައިތާ ދިހަ ވަރަކަށް މިނެޓި ފަހުން ރެކްޓަރ މިންގަނޑުން 5.8 ގެ ބާރުމިނުގައި ވެސް އެ ސަރަޙައްދަށް ލޮޅުމެއް އައި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.
މި ބިންހެލުމާއި ގުޅިގެން އެމެރިކާގެ ޖޮއޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ، ބިންހެލުމުގެ ބާރުމިނާއި، ބިންހެލުން އައި ފުންމިނަށް ބަލާއިރު ގެއްލުން ބޮޑު ސުނާމީގެ ރާޅުތަކެއް އުފެދުމުގެ ފުރުސަތު ކުޑަކަމަށެވެ. ނަމަވެސް މި ބިންހެލުމާއި ގުޅިގެން ބިންގަނޑު ކަނޑައިގެން ދިޔުންފަދަ ކަމެއް ހިނގާފައިވާނަމަ ސުނާމީގެ ގެއްލުން ބޮޑުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. މި ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގާފައިވާކަމެއް އިދާރާއަކުން އަދި ރިޕޯޓެއް ނުކުރެއެވެ.
ވެއަތުވެދިޔަ ކުޑަދުވަސް ކޮޅުގެ ތެރޭ އެނެރިކާއަށް 200 ވަރަކަށް ކުދި ބިންހެލުން އައިސްފަވޭ، އެހެންކަ މުން ސައިންސްވެރިން އައީ ބޮޑު ބިންހެހެލު މެއް އަންނަން އުޅޭކަ މުގެ އިންޒާރުދެ މުން މިބިންހެލު މަށްފަހު އަލަސްކާއަށް 10 ވަރަކަށް އާފްޓަރ ޝޮކޮސް އައިސްފަވޭ.