ފްރާންސްގެ އިތުރު ސަރަހަައްދަކަށް ހަމަލާދޭން އުޅުނު މީހަކު މަރާލައިފިއެވެ.

ފްރާންސްގެ ފުލުހުންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައިވަނީ ފުލުހުން އެ ފިރިހެން މީހާ މަރާލާފައިވަނީ އެ ސަރަހައްދުގައި ތިބި ގިނަ އަދަދެއްގެ ބަޔަކަށް ބަޑިން ބިރުދައްކަމުން އުޅޭތީ ކަމަށެވެ.

މިކަމާއި ގުޅިގެން އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން އަދި ވަކި އެއްޗެކޭ ހާމަކޮށްފައެއް ނުވެއެވެ.

މިހާރު އެގައުމުގައި ހިނގަމުން އަންނަ ހަމަ ނުޖެހުމުގައި މިއީ ފުލުހުން މީހަކު މަރާލި ފުރަތަމަ ފަހަރެވެ. މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަމަނުޖެހުމުގައި މިހާތަނަށް 3 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. އެ އަންހެން މީހާ މަރާލާފައިވަނީ ފައްޅިއެއްގެ ތެރޭގައި ކަރު ބުރި ކޮށްލައިގެން ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެގައުމުގައި މިހާރު ހިނގަމުން އަންނަ ހަމަލާ ގިނަ ގައުމުތަކުން ވަނީ ކުއްވެރި ކޮށްފައެވެ. މި ހަމަނުޖެހުން ހިނގަން މެދުވެރި ވެފައިވަނީ އެގައުމުގެ ރައީސް މީގެ ކުރިން ދެއްކެވި ވާހަކަ ތަކާއި ގުޅިގެން ކަމަށްވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގޮތުން އޭނާ އަންނަނީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫންތަކެއް ދަރިވަރުންނަށް ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށްލާފައިވަނީ މުސްލިމުންތަކެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އިސްލާމް ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިވާ ދީނެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްލާމް ދީނާއި ގުޅުވައިގެން ފްރާންސްގެ ރައީސް ދެއްކެވި ވާހަކަތަކާއި ދެކޮޅަށް ގިނަ މުސްލިމް ގައުމުތަކުން ދަނީ އަޑު އުފުލަމުންނެވެ.