މިއީ އަންހެނަކު އެމެރިކާގެ ނައިބު ރައީސް ކަމަށް އަރާނެ ފަހު ފަހަރު ކަމަށް ނުވާނެ ކަމަށް އެމެރިކާގެ އިންތިހާބީ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

ކަމަލާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެމަގާމަށް އަންހެނަކު އައްޔަން ކުރާ ފުރަތަމަ ފަހަރަށްވިޔަސް، ފަހު ފަހަރަށް ނުވާނެ ކަމަށެވެ.

އެއީ ކޮންމެ ކުޑަ އަންހެން ކުއްޖަކަށް ފެންނާނީ އެގައުމުގައި އަންހެނުންނަށްޓަކައި ހުޅުވިފައި ހުރި ދޮރުތައް ކަން ކަމަލާ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވެރިކަން ކުރެއްވި އަހަރުތަކުގައި އެގައުމުގެ އަންހެނުންގެ ހައްގުތަކާއި އެހެނިހެން ބައެއް ހައްގުތައް ވަރަށް ބޮޑަށް ނިގުޅައިގަނެފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާއި ވާދަކުރައްވައި އިންތިހާބުވެވަޑައިގަތް ޖޯ ބައިޑެން ވަނީ ޓްރަމްޕު ނިގުޅައިގެންފައިވާ ކޮންމެ ހައްގެއް ރައްޔިތުންނަށް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ނައިބު ރައީސް ކަމަލާއަކީ ފުރަތަމަ އަންހެން ނައިބު ރައީސްގެ އިތުރުން އެމެރިކާގައި ބޮޑު ތަފާތުކުރުމެއް ގެންގުޅެމުން އަންނަ ކަޅު ނަސްލުގެ މީހެކެވެ.

ކަމެލާ އެ މަގާމަށް އައްޔަން ވުމާއި އެކު ގިނަ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

ވާދަވެރިކޮށް ކުރިއަށް ދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އުމުރުފުޅުން 77 އަހަރުގެ ބައިޑަން ވަނީ 273 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިފައެވެ. އަދި ނެވާޑާ ކާމިޔާބު ކުރައްވައި އެ ސްޓޭޓުގެ ވޯޓާ އެކު ޖުމްލަ އިލެކްޓޯރަލް ވޯޓުގެ އަދަދު ވަނީ 279 އަށް ބަދަލުވެފައެވެ. ބައިޑެންއަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި މިހާރު ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއްބޭފުޅާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ދެން ތި މަގާމަށް އެންމެ އެކަށީގެން ވަނީ ފަޒުނާ ކިޔާ އަންހެނެއް، އެވެސް ރާއްޖެއިން ބޭރު ކޮށްލީމަ ލޮލް.... ، ހީވަނީ އިންޑިޔާ ދަރިކޮޅުން ހެން ފަޒުނާ ވެސް ދާނީ...... *އިންޑިޔާ އައުޓް*

    15
    2