ސައުދި އަރަބިއްޔާގެ ޖިއްދާއަށް ބޮމުގެ ހަމަލާއެއް ދީފި އެވެ.

މި ހަމަލާ ދީފައި ވަނީ، ޖިއްދާގެ ސަހަރާއެއްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާެތެއްގެ ތެރެއަށެވެ. އެ ރަސްމިއްޔާތަކަށް ޔޫރަޕްގެ ޑިޕްލޮމެޓުންވެސް ހާޒިރުވެފައި ތިއްބެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނީ، މި ހަމަލާ ދީފައި ވަނީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ކަމަށާއި، މި ހަމަލާގައި ގިނަބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.

"ފުރަތަމަ ބޮޑު ހަނގުރާ ނިމުން ފާހަގަކުރުމުގެ ގޮތުން ޖިިއްދާގެ ޣައިރު މުސްލިމުންނަށް ހާއްސަ ސަރަހާއެއްގައި ބޭއްވި އެ ރަސްމިއްޔާތުގައި ގިނަ ކޮންސިލޭޓުން ބައިވެރިވި، އޭގެ ތެރޭގައި ފްރާންސްގެ ބޭފުޅުންވެސް ހިމެނޭ.". އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެ ހަމަލާ ދީފައި ވަނީ އައިއީޑީ ޑިވައިސްއެއް ބޭނުންކޮށްގެންކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ގްރީސްގެ އޮފިޝަލަކުވެސް ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދެއްވާފައެވެ. އެ ހާދިސާގައި ހަތަރު މީހުންނަށް އަނިޔާވި ކަމަށާއި، އޭގެ ތެރެއިން އެ ގައުމަށް ނިސްބަތްވާ މީހަކުވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

މި ހަމަލާ ފްރާންސްއިން ވަނީ ހަރުކަށި އިމާރާޔުން ވަނީ ކުށްވެރިކޮށްފައެވެ.

މި ހަމަލާ އާއި ގުޅިގެން ފްރަންސް، ގްރީސް، އިޓަަލީ، އެމެރިކާ އަދި އިނގިރޭސިވިލާތުން ވަނީ އެ މައްސަލަ ދެ ފުށް ފެންނަ ގޮތަކަށް ތަހުގީގު ކުރުމަށް ގޮވާލާފައެވެ، އަދި ހަމަލާ ދީފައިވަ ފަރާތާއި މެދު ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރިހާކުރުކުޑޭ

    ކަ މެއްނުވިއެންނު.. ހަ މަޖެހިލާ

    14
    2
  2. މޯޑު

    ނުވާނެތިކަމެއް

    7
    2
  3. ސާހިލް

    ނުވާނެތިކަމެއް

    5
    1
  4. Anonymous

    ނުވާނެތިކަމެއް

    5
    1
  5. ޢަންސާރް

    ސަލީބީންގެ އެއްވުންތަށް ަ ސުންނާފަތި ކުރަންޖެހޭ

    22
    5
    • ބަދުރު

      ދެން އަހަރުމެންގެ ނަބިއްޔާ މަދީނާ އަށް ހިޖުރަ ކުރެއްވުމަށް ފަހު އެކަލޭގެފާނު އަވަހާރަ ވުމާ ހަމަޔަށް ހަނގުރާމަ ކުރުމާއި ސަރިއްޔާތައް ފޮނުވުމާއި ކާފަރުންނާއި މުޝްރިކުންނާއި ދެކޮޅަށް ކުރި ޖިހާދަކީ ކޯއްޗެއް؟ ދެންވެސް މިކަހަލަ ތަންތާ ނޭނގޭ ކަންކަމުގަ އަނގަ ނުގަޅާ. އެހެންމީހުންނަށް ތިމާމިއީ ޖާހިލެއްކަން ފަޅާއެރުން ނޫން ކަމެއް އޭރުން ނުވާނެ. ގެޓް؟

  6. ނޫސްވެރިޔާ

    ސައޫދީ އަރަބިޔާއަށް ހަމަލާއެއް ދީފިޔޭ ބުނުމުން އެއީ ބޭރު ގައުމަކުން ހަމަލާއެއްދިން ވާހަކަ.

    6
    1