އިންޑިއާގެ އަންދަރްޕްރަދޭޝްގެ އެލުރު ސިޓީގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެން ފަށަައިފިއެވެ.

އެންޑީޓީވީގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ބަލީގައި އިއްޔެ އެކަކު ވަނީ މަރުވެފައެވެ. އަދި 292 މީހަކު މިހާރު ވަނީ ބަލި ވެފައެވެ.

ވެސްޓް ގޮޑަވަރީ ޑިސްޓްރިކްޓްގެ މެޑިކަލް އެންޑް ހެލްތް އޮފިޝަލުން ބުނެފައިވާގޮތުގައި، 140 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ގެއަށް ވަނީ ދޫކޮށްލާފައެވެ. އަދި ދެން ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މިހަތަނަށް މިއީ ކޮން ބައްޔެއް އަދި ކިހިނެއްހާ ބައްޔެއްކަމެއް އެނގިފައެއް ނުވެއެވެ. މި ބަލި ޖެހޭ މީހުން ކުއްލިއަކަށް ހާލު ދެރަވެ، ފިޓް ޖެހުމާއި، ހޮޑުލުމާއި، ހުން އައުން ފަދަ ކަންކަން ދިމާވެފައެވެ.

ހެލްތް އޮތޯރިޓީތަކުން މިހާރު ވަނީ މީހުންގެ ސީޓީ (ބްރެއިން)ސްކޭން އާއި ބެލަޑް ޓެސްޓުވެސް ހަދާފައެވެ. ނަަމަވެސް މި ބަލި ޖެހެން މެދުވެރިވާ ގޮތް އަދި ވަނީ ދެނެނުގަނެވިފައެވެ.

ކަމާއި ގުޅުން ހުރި އިދާރާތަކުން ބުނާގޮތުގައި ހެދި ޓެސްޓުތަކުގެ ތެރެއިން ސެރެބަލް ސްޕައިނަލް ފްލުއިޑް ޓެސްޓު ނޯމަލް އެވެ. އެހެންކަމުން މިއީ ކިހިނެއްވާ ބައްޔެއްކަން ދެނެގަނެވޭނީ ކަލްޗަރ ޓެސްޓުގެ ނަތީޖާ ލިބުނު ކަމަށް ބުނެފައި ވެއެވެ،

ގޮތް ނޭނގޭ މި ބަލީގައި މަރުވި ކަމަށް ވަނީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އުލުރުގައި ހުންނަ ޖީޖީއެޗްގައި އެޑްމިޓް ކުރި ބަލި މީހެކެވެ. އޭނާ ހޮޑުލަވާ ވަރުބަލިވުން ފަދަ ކަންކަން ކުރިމަތިވިއެވެ. އޭނާ މަރުވީ އިއްޔެ ހަވީރުއެވެ.

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ބަލި ޖެހުނު މީހުންގެ ކޮވިޑް-19 ޓެސްޓު ކޮވިޑް-19 އަށް ނައްސިވި އެވެ. އަދި ހާއްސަ ޑޮކްޓަރުންގެ ޓީމެއް އެލުރު އަށް ވަނީ ފޮނުވައި، ބަލި މީހުންނަށް ފަރުވާ ދޭން ފަށާފައެވެ. އަދި މިހާރު ގޭގެއަށްގޮސް ސޭވޭއެއްވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަމްސާ

    ގެރިތަކަށް ތިބަލި ޖެހުނުބާ ؟
    އަވަހަށް އިތުރު ފެރީއެއް ރާއްޖެއަށް ބާއްވަން އުޅޭ

    32
  2. އަޙްމަދް

    ގޮތް ނޭނގޭ މި ބަލީގައި މަރުވި ކަމަށް ވަނީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އުލުރުގައި ހުންނަ ޖީޖީއެޗްގައި އެޑްމިޓް ކުރި ބަލި މީހެކެވެ. އޭނާ ހޮޑުލަވާ ވަރުބަލިވުން ފަދަ ކަންކަން ކުރިމަތިވިއެވެ. އޭނާ މަރުވީ އިއްޔެ ހަވީރުއެވެ.
    ———————————————————————————————
    އަވަހަށް ވެކްސިން އެޖެންޓް ބިލްގޭޓްސް ލައްވާ ވެކްސިނެތް ތައްޔާރު ކުރުވަން އުޅޭ އެރުން ތިބަލި އިސާހިތަކު ސަލާމަތް ވެދާނެއެވެ!!!!!!

    6
    1
  3. ޥާލުސޮރު

    ޢެއީ ރާއްޖެބަލި

  4. އިމް

    ޔާﷲ

    22
    1
  5. އޭނާ

    "ޤައުމެއްގެ ތެރޭގާ ލަދުގުތުރު ކަންތައްތަކާއި ޖިންސީ ނަ ހަމަ ކަންތައްތައް ފެތުރިއްޖެނަމަ މާތް الله އެބަޔަކަށް ބަލާތަކާއި ޢަޒާބު ޢާންމު ކުރައްވާނެތެވެ."
    _ޚަލީފާކަމަށް އިބްތިޚާބު ވެވަޑައި ގަތުމަށްފަ ހު صديق ابوبكر ކުރެއްވި ފުރަތަމަ ތަޤްރީރުގެ ތެރެއިން._

    25
  6. ސަކީ

    ކޮވިޑް-20 ކަމަށްވާނީ

    5
    1
  7. މުހޭ

    އެމީހުން އަކީވެސް އިންސާނުން އެހެންވީމަ އެމީހުން ގެ ދީނުގަ އެމީހުން ހުއްޓަސް ކަލޭމެން މަލާމާތާ ފުރަސާރަ ކުރާކައް ނުޖެހޭދޯ

    5
    8
    • އަލިބެ

      ކަލޭ ހީކުރީ އިންސާނުން ދުނިޔެއަށް ފޮނުއްވީ އެމީހަކު ބޭނުންހާ ދީނަކަށް އުޅެންކަމަށްތަ