ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި ޕައިލެޓަކަށް އުޅުނު އެމެރިކާގެ އަސްކަރިއްޔާ އެންމެ ފަހުރުވެރިވާ އެއް ޕައިލެޓް ކަމަށްވާ ޗަކް ޔީގާ 97 އަހަރުގައި މަރުވެއްޖެއެވެ.

ޔީގާ މަރުވެފައިވާ ކަމަށް އޭނާގެ އަންހެނުން ވިކްޓޯރިޔާ ސްކޮޓް ޑަންޖެލޯ ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނީ އޭނާގެ ލޯބިވެރިޔާ އަދި އެމެރިކާ ދުށް އެންމެ ކުޅަދާނަ ޕައިލެޓް ޖެނެރަލް ޗަކް ޔީގާ މަރުވެފައިވާ ކަމަށާއި އޭނާގެ ހަނދާންތައް ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށެވެ.

ޔީގާ މަރުވީ ކިހިނެއް ކަމެއްކަން އޭނާގެ އަންހެނުން ބުނެފައި ނުވެއެވެ

. ޔީގާ ފާހަގަ ކުރެވެނީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ފާހަގަ ކޮށްލެވޭ ޕައިލެޓުގެ ގޮތުގައި އެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ޔީގާ ވަނީ އިދިކޮޅުގެ 11 އެއްހާ އަސްކަރީ މަތިންދާ ބޯޓު ވައްޓާފަ އެވެ. އަދި 1947 އޭނާ ވަނީ އަޑަށް ވުރެ ބާރަށް ދުއްވާ މަތިންދާ ބޯޓު ދުއްވުމުގެ ފަހުރުވެސް އެންމެ ފުރަތަމަ ހޯދާފަ އެވެ.

އެމެރިކާގެ ސްޕޭސް ޕްރޮގްރާމުގެ ތެރެއިން އަޑަށް ވުރެ ބާރަށް އުދުހޭ އެންމެ ފުރަތަމަ މަތިންދާ ބޯޓަކީ ބެލް އެކްސް-ވަން ނަމަކަށް ކިޔާ މަތިންދާ ބޯޓެކެވެ. 2007 ވަނަ އަހަރު އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ޔީގާ ބުނީ ސްޕޭސް ޕްރޮގްރަމުގެ ސަބަބުން ޖައްވު ހުޅުވިއްޖެ ކަމަށާއި، ސްޓާ ވާސް، ސެޓެލައިޓްސް ވެސް ގެނެސްދީފި ކަމަށް އޭނާގެ ވާހަކައިގައި ބުނެފައި ވެއެވެ.

ފޮޓޯ: ގޫގުލް

ޔީގާ ފުރަތަމަ އުޅުނީ ޓެސްޓް ޕައިލެޓެއްގެ ގޮތުގައި އެވެ. ނަމަވެސް ފަހުން ޔީގާ ވަނީ އަޑަށް ވުރެ ބާރަށް ދުއްވައި ޖައްވުގައި މައްޗަށް އުދުހެ އެތައް ރިކޯޑެއް ހަދާފަ އެވެ. އަދި ވިއެޓްނާމް ހަނގުރާމައިގައި ވެސް އޭނާ ވަނީ ބައިވެރި ވެފަ އެވެ. ޔީގާ ޕައިލެޓްގެ ވަޒީފާ އިން ރިޓަޔާ ވެފައި ވަނީ 1975 ވަނަ އަހަރުގައި އެވެ. ނަމަވެސް އުދުހުމުގެ ދާއިރާއާއި އެއްކޮށް ދުރަށް ނުދެއެވެ. އޭނާ ވަނީ އަޑަށް ވުރެ ބާރަށް އުދުހި ދުނިޔޭގެ ރިކޯޑު ހޯދުމަށް 60 އަހަރު ފުރުމާއި ގުޅިގެން ވެސް އުދުހިފައި އެވެ.

ފޮޓޯ: ގޫގުލް

އެންމެ ފަހުން ޔީގާ ފްލައިޓެއް ދުއްވާފައި ވަނީ އުމުރުން 89 އަހަރުގައި އެވެ. އޭނާ އުދުހިފައި ވަނީ އެފް-15 އެއްގައި އެވެ. ޔީގާ މަރުވި އިރު އޭނާ ހުންނެވީ ބްރިގޭޑިޔާ ޖެނެރަލެއްގެ ރޭންކުގައި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެރި

    އަހަރުމެނަށް ކޮންކަމެއް ދެން.. ކާފަރެއް މަރުވެގެން ހިތާމަ ކުރޭ މުސްލިމެއް މަރުވީމަ ހިތާމަ ނުކުރާވަރަށް

    9
    5