އިންޑިއާގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަށް އެދި އެ ގައުމުގެ ސަރުކާރަށް ހުށައަޅައިފިއެވެ.

ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ކުންފުނިން ކުއްލިއަކަށް ވެކްސިން ބޭނުން ކުރުމަށް ހުއްދަ އަށް އެދިފައި ވަނީ ވެކްސިންގެ މުހިންމުކަން އެ ގައުމަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާތީއެވެ.

ސެރަމް އިންސްޓަ އިންޑިއާ އިން މި ވެކްސިން އުފައްދާފައި ވަނީ ޔުނިވަސިޓީ އޮފް އޮކްސްފޯޑް އާއި ބްރިޓިޝްގެ ޑްރަގް އުފައްދާ ކުންފުނި އެސްޓްރާޒެނިކާއާ ގުޅިގެންނެވެ. އެ ކުންފުނީގެ ސީއީއޯ އަޑަރް ޕޫނަވައްލާ ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނިން އުފެއްދި ވެކްސިން މި އަހަރު ނިމުމުގެ ކުރީން ބޭނުން ކުރެވޭތޯ ބަލަން އިންޑިއާގެ ސަރުކާރުގެ ހުއްދަ އަކަށް އެދިފައިވާނެ ކަމަށެވެ.

ކޮވިޑް-19 އިން ސަލާމަތް ވުމަށް އިންޑިއާ އިން ފުރަތަމަ ފަހަރަށް އުފެއްދި މި ވެކްސިން ދެ ނުވަތަ އަށް ޑިގްރީ ސެލްސިއަސް އާއި ދޭތެރޭ ބަހައްޓައިގެން ރައްކާ ކުރެވޭނެއެވެ. އަދި މިއީ އިންޑިއާގައި ފަސޭހަ ކަމާއެކީ އެކި ހިސާބުތަކަށް ފޮނުވުމަށް އެޅިގެންދާނެ ފަސޭހަ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އިންޑިއާއަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ގައުމެވެ.

އެގޮތުން އިންޑިއާއިން މިހާތަނަށް 9.6 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ސެރަމް އިންސްޓައިންޑިއާ އިން ވަނީ އެ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރުމަށް ހުއްދައަށް އެދި ޑްރަގް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިޔާ (ޑީސީޖީއައި) ވެސް ހުށަހަލައިފައެވެ. ވެކްސިން އުފެއްދި ކުންފުނިން ބުނީ ވެކްސިނުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަކާމަތް ކުރެވިގެން ދާނެ ކަމަށެވެ.

ފާއިތުވި މަހު ފިޒާ އަދި ބަޔޯޓެކް އިން ބުނީ އެ ކުންފުނިތަކުން ކުރިން އުފެއްދި ވެކްސިން އަކީ 90 އިންސައްތަ ކާމިޔާބު ވެކްސިން ކަމަށެވެ. އެމެރިކާގެ ބަޔޯޓެކް އިން ފާމް މޮޑާނާ އިންކް އިން ބުނީ އެ ކުންފުނިން އުފެއްދި ވެކްސިނަކީ 94.5 އިންސައްތަ ކާމިޔާބު ވެކްސިނެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    އަމިއްލަ ޞިއްޙަތުގެ މިނިވަންކަމާއި، އަމިއްލަ ހަށިގަނޑުގެ ބާރުވެރިކަމާއި، ބޭސްފަރުވާގެ ޢަމަލުތަކުގެ ފުރިހަމަ މައުލޫމާތު ލިބިގަތުމަށްފަހު، އެ ޢަމަލަކަށް ރުހުން ދިނުމާއި ނުދިނުމަކީ ތިބާއަށް ލިބިގެންވާ އިންސާނީ ހައްޤެކެވެ. މިއަދު ބޭސްއުފައްދާ މެޑިކަލް މާފިއާއިން މިދަނީ މި އިންސާނީ ހައްޤު ޞިއްޙަތުގެ ނަމުގައި ނިގުޅައިގަންނަމުން ނެވެ.