އެމެރިކާގެ ސުޕްރީމް ކޯޓު ފަނޑިޔާރުންގެ "ހިތްވަރު ހުރިއްޔާ" އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓެއްގެ ގޮތުގައި ރަސްމީކޮށް އިއުލާން ކުރެވިގެން ދާނީ ޑޮނަލްޑް ޓްރަމްޕްގެ ނަން ކަމަށް އޭނާ ބުނެފިއެވެ.

އިންތިޚާބުން ބަލިވުމުން ފުލުފުލުގައި ޓްރަމްޕް ކޯޓުތަކަށް ހުށަހެޅި އެއްވެސް މައްސަލައެއް އަދި މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ. އެހެންކަމުން ޓްރަމްޕްގެ ޤާނޫނީ ޓީމުން މިހާރު ދަނީ އެމެރިކާގެ ސްޕްރީމް ކޯޓަށް ބައެއް މައްސަލަތައް ހުށަހަޅަން ތައްޔާރުވަމުންނެވެ.

ވައިޓްހައުސްގައި ބޭއްވި ޕާޓީއެއްގައި ޓްރަމްޕް ބުނީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ހިތްވަރެއް ހުރި، އަދި ކަންކަމުން އިބުރަތް ހާސިލްކުރާ ބޭފުޅުން ކަމަށް ވެއްޖެނަމަ "މިއިންތިޚާބު ކާމިޔާބު ކުރާނީ އަހަރެން" ކަމަށެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގައި ތިއްބަވާ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮންޒަވޭޓިވް ފިކުރަށް ތާއިދުކުރާ ފަނޑިޔާރުންނެވެ.

ޓެކްސަސްގެ ގަވަރުނަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްނުކޮށް ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންދާ މައްސަލައަށް ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތް 17 ސްޓޭޓޭއްގެ ގަވަރުނަރުން މިހާރު ވަނީ ތާއިދު ކޮށްފައެވެ.

ޓްރަމްޕްގެ ޓީމުން މަސައްކަތް ކުރަމުން ގެންދަނީ މިޝިގަން، ވިސްކޮންސިން، ޕެންސިލްވޭނިއާ އަދި ޖޯޖިއާގެ ނަތީޖާ ބަދަލު ކުރާށެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ބާތިލް ކުރެވޭވަރުގެ ނުވަތަ ނަތީޖާއަށް ބަދަލެއް އަންނަވަރުގެ އެއްވެސް ހެއްކެއް އަދި ޓްރަމްޕްގެ ޓީމަށް ދެއްކިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުއްޅަބެ

    ފައިސާގައި ހިފަން ފަނޑިޔާރުންގެ ހިތްވަރު ހުރިއްޔާ

  2. ރައިހާނާ އަލީ

    ކީއްވެބާ ބުނަންނުކެ ރުނީ ނިއުކްލިއާގަ
    ބާ ރުހު ރިއްޔާ އިންތިޚާބުކާމިޔާބުކު ރާނީ ތިމަންނައޭ ؟ ޖާބި ރު ދައްކާކަހަލަ ގަޅިވާހަކަ އަދިވެސްއެބަދައްކައޭ މީނަ !!

  3. ޢިސްކުރު

    ތިކަމަށް ފަނޑިޔާރުން ތިބޭނީ ހަމަ ތައްޔާރަށް ފައިސާ ޖެހޭނެ ކަމުދާވަރަށް ދޭން. ޢޭރުން އިންތިޚާބު ޓްރަންޕަށް ކާމިޔާބު ވީކަމަށް ނިންމަން އެއްވެސް ހުރަހެއް ނޯނާނެ.