ކޮވިޑް-19 އަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ރާއްޖެއަށް ވެކްސިން ހޯދަން ނިންމާފައިވާ "ކޮވެކްސް" ސްކީމްގައި ހާސިލް ކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްނުވެ މުޅި ސްކީމް ފެއިލްވެދާނެ ކަމަށާއި، ސްކީމް ފެއިލް ނުވެ ކުރިއަށް ގެންދެވުނަސް އެ ސްކީމުން ވެކްސިން ހުރިހާ ގައުމަކަށް ލިބޭނީ 2024 ގައި ކަމަށް ލަފާކުރެވޭ ކަމުގައި "ރޮއިޓާސް" އިން ބުނެފިއެވެ.

"ރޮއިޓާސް" އިން މިހެން ބުނީ ވެކްސިން ސަޕްލައި ކުރުމާއި ވެކްސިނާއި ގުޅޭ ސިޔާސަތުތައް އެކުލަވާލާ "ގަވީ" އިން ތައްޔާރުކޮށްފައިވާ އިންޓާނަލް ލިޔުންތަކެއްގެ މައްޗަށް ބިނާކޮށެވެ.

ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ސްކީމްގައި ރާއްޖެ އިން ބައިވެރިވެފައި ވާއިރު ސަރުކާރުން ބުނެފައި ވަނީ މި ސްކީމުން ރާއްޖޭގެ އާބާދީގެ %20 އަށް ކޮވިޑް-19 ވެކްސިން ހިލޭ ލިބޭނެ ކަމަށެވެ.

"ރޮއިޓާސް" އަށް ލިބިފައިވާ ސްކީމްގެ ލިޔުންތައް ބުނާ ގޮތުގައި ސްކީމްގައި ބައިވެރިވެފައިވާ ގައުމުތަކުގެ ތެރެއިން ވެކްސިން އެންމެ ބޮޑަށް ބޭނުންވާ 91 ގައުމެއް ވަނީ ފާހަގަ ކޮށްފައެވެ. އެއީ އެންމެ ފަގީރު ގައުމުތަކާއި މެދުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކެވެ. އޭގެތެރޭގައި ހިމެނެނީ ގިނައިން އެފްރިކާ އާއި އޭޝިއާ އަދި ލެޓިން އެމެރިކާގެ ގައުމުތަކެވެ. ސްކީމްގައި އަމާޒު ހިފާފައި ވަނީ އަންނަ އަހަރު ނިމެން ވާއިރު %20 ވެކްސިން ފޯރުކޮށްދިނުމަށެވެ. އެއީ ދެބިލިއަން ޑޯޒްގެ ވެކްސިނެވެ.

ލިޔުންތައް ބުނާ ގޮތުގައި އަމާޒުކޮށްފައިވާ ގޮތައް ވެކްސިންތައް ލިބުމަށް އޮތް ހުރަހަކީ އަދި ސްކީމް ފެއިލް ވެގެން ދާނެކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ސްކީމްގައި ކަނޑައަޅާފައިވާ މިންވަރަށް ވެކްސިން ފޯރުކޮށްދިނުމަށް ފަންޑު ނުލިބުމެވެ. އަދި ފަންޑު ލިބިގެން އުފެއްދޭ ވެކްސިން ވެސް ސަޕްލައި ކުރެވިދާނެ ކަމާއިމެދު ވަނީ ޝައްކު އުފެދިފައެވެ. ސަބަބަކީ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ހާލަތު އޮތްގޮތުން އެންމެ ރަނގަޅަށް ވެކްސިން ސަޕްލައި ކުރެވޭނެ ވަސީލަތްތައް ނެތުމުންނެވެ.

ކޮވެކްސް ސްކީމްގެ ދަށުން ވެކްސިން އަވަހަށް ނުލިބިދާނެ ކަމަށް ރިޕޯޓެއްގައި ބުނި ނަމަވެސް ވެކްސިން އެންމެ ގިނައިން ސަޕްލައި ކުރާނެ ކަމަށް ބެލެވޭ ޗައިނާ މި ސްކީމްގައި ބައިވެފައި ވާތީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތާއި ހިލާފަށް ސްކީމް ކާމިޔާބު ކުރެވިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ.

ކޮވެކްސް ސްކީމްގެ ދަށުން ވެކްސިން ލިބޭ އަގު ހެޔޮ ވާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސްކިޕަރ

    ޑރ. ނަޒްލާ މިރޭ ދެއްކި ވާހަކަތަކުންވެސް ވަރަށް ސާފުކޮށް އެބަ އެނގޭ ރާއްޖޭގެ އާބާދީގެ %20 (90 ހާސް މީހުން) އަށް ދެވޭ މިންވަރަށްވެސް ވެކްސިނެއް މީން ޒަމާނަކުވެސް ނުލިބޭނޭކަން. އެވަރުގެ ކަމެއް ނެގޯޝިއޭޓްކޮށް ރާވާ ހިންގާނޭ ވަރުގެ ޑިޕްލޮމެޓެއްވެސް މިއަދު މިސަރުކާރުގައި ނެތް. އެކަމަކު ދޭތެރެ ދޭތެރެއިން ކެމްޕޭން ރެލީތަކުގައި ވެކްސިން އެބަ ލިބެޔޯ ވެކްސިން ލިބުނީމާ އެހެނޭ މިހެންނޭ އެބަކިޔާ. އަސްލު ސަރުކާރުން ވެކްސިންގެ ވާހަކަ ދައްކަނީ ސީދާ ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ އުކުޅަކަށް. ރައްޔިތުން މޮޔަ ހައްދަން. ސަރުކާރުގެ ވިސްނުމަކީ، އަދި ދެ ތިން އަަހަރު ކޮވިޑުގެ ވަބާގެ ތެރޭގައި ރާއްޖެ ބޭއްވުން. އޭރުންތާ ބަޔެއްގެ ޖީބަށް ފައިދާ ކުރާނީ.

    54
    7
  2. އަފީ

    ސަރުކާރުން ރައްޔިތުންނަށް ވެކްސިން ވިއްކުމަށް ޖަހާ މަޅިއެއްކަން ޔަގީން! ދައުލަތަށް ފައިސާ ހޯދެން އޮތީ ރައްޔިތުން ފެލައިގެން!

    28
    3
  3. މިއަދު

    ރާއްއިން ވެކްސިން ހޯދަން އުޅޭ ސްކީމް ފެއިލް ވެދާނެ، ވެކްސިން ލިބޭނީ 2024 ގައި! ރޮއިޓަސް
    އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އެއްމެނަށް ހިލޭ ވެކުސިންދެވޭނެ ސަރުކާރު
    މީގެ ޖަވާބުގައި ބުނެލަންއޮތީ ކޮވިޑް ވެކުސިން ނުލިބެނިސް ލޯކަލް ކައުންސިލް އިންތިޚާބުގެ އެއްމެވޯޓެއްވެސް މިސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓަކަށް ނުދޭށޭ އިންޝާﷲ މަށެއްނުދޭނަން

    9 ގަޑިއިރު ކުރި

    32
    3
  4. ރރ

    މަކަރުން އުޅޭ ލާދީނީ ބާގަނޑެއް

    18
    2
  5. ހާރު

    3 ވަނަ ކުއާޓާގެ ކުރިން ލިބޭނެ ... ސޯލިހް

    5
    6
  6. ޕިންކީ

    ތިވެކްސިން ރާއްޖެއަކަށް ބޭނުމެއް ނެތް. ރާއްޖޭގައި އާބާދީއާއި ބަލާފަ ކޮވިޑު ޖެހޭ މީހުން ނިސްބަތުން މަދު. ތިޔަ ވެކުސިނަށް ހަރަދު ނުކޮށް މިއުޅޭ މަސްތުވެގެ ބިއްޖެހިފަ ހުރި ކުދިންނަށް ފަރުވާކުރިޔަސް މާ ހެޔޮވާނެ..

    • ރަދީފް ހުސެން

      ސަރުކާރުގެ ނިޔަތެއްނެތް ގަނެގެންގެނެސް ތިޖާހާކައް. ހިލޭ ލިބޭނޭ ރައީސް ބުނީ ކޮންމެހެން މިސަރުކާރުން ކަމެއްކޮއްގެން ހޯ ދައި ދޭން އުޅޭއެއްޗަކައް ވާތީކީ ނޫން. އެހެންމީހުން ތަންތަންނިންމީމަ މިސަރުކާރުން ރިބަނކަޑާ އަމިއްލަ މަސައްކަތުން ކުރިކަމެއްކަމައް ދައްކާއުސޫލުން ކުރިކަމެއްއެއީ. އެނެއްކޮޅުން އިންތިހާބު ކައިރިވާވަރަކައް ޖަހާ ކަޑަ ގިނަވާނެ

  7. ރައްރިތުމީހާ

    ރައީސް ވިދާޅުވިގޮތައް ވެކުސިން ލިބޭނެ ކަމައް ބަލަންޖެހޭނީ. އެވެސް ވައުދެއް ދެއްތޯ؟

    2
    1
  8. ހުސޭނުބޭ

    ޔާމީނު ވެރިކަންނަމަ ޗައިނާ ވެކްސިން މިހާރު ޖަހަން ފަށާފީސް

  9. ސޕޓނކ-ވ

    ޕުޓިންގެ ހުރި ހަމައެކަނި ދަރިފުޅަށް ޖެހި ރަޝިއާގެ ވެކްސިން ގެންނަން އުޅެބަލަ.