ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ރެކޯޑް އަދަދަކަށް ފާއިތުވި ދެދުވަހު ދަށަށް ހިނގައްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހުކުރު ދުވަހު މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވީ 522661 މީހުންނެވެ. އެހެންކަމުން ހުކުރު ދުވަހަކީ ގާތްގަނޑަކަށް ފާއިތުވި އެއްމަސް ދުވަސް ތެރޭގައި އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.

އިއްޔެ މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވީ 451124 މީހުންނެވެ. އިއްޔެ އަކީ ފާއިތުވި ދެމަސް ދުވަސްތެރޭގައި ކޮވިޑް-19 އަށް އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.

ފާއިތުވި ދެދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މަދުވި ނަމަވެސް މިއީ ދުނިޔޭގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް ބުނަން އަދި މާއަވަސް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އާއްމުގޮތެއްގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ތިން ދުވަސް އައުމަށް ފަހު ޖެހިގެން އަންނަ ދެދުވަހު ފައްސިވާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިއްޔެ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އިއްޔެ މަރުވެފައި ވަނީ 7108 މީހުންނެވެ. އިއްޔެ އަކީ ނޮވެމްބަރ މަހުގެ 09 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

ކޮވިޑް-19 ޗައިނާ އިން ފެނުނުތާ މިހާރު އަހަރެއް ވެފައިވާއިރު އަދިވެސް މިބަލިމަޑުކަމުން އަރައިގަންނަން އެންމެ އަވަސް ވެގެން ވެސް ހައެއްކަ މަސް ނަގާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މިހާރު ބައެއް ގައުމުތަކުގައި ވެކްސިން ދޭން ފަށާފައި ވީނަމަވެސް ގައުމުތަކުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް އަދި ދިގު މުއްދަތެއް ނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ . ޖ . އ

    ޝުކުރިއްޔާ ރައީސް.. ފަހުރުވެރިވަން

    1
    1