ދެކުނު ކޮރެއާގެ އޮފިޝަލުން ކޮވިޑް-19ގެ ވެކްސިން އެއް ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކޮށްފިއެވެ.

އެ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައި މިވަނީ ކޮވިޑް-19ގެ ދެވަނަ ވައްތަރެއް ދުނިޔޭގެ ބައެއް ހިސާބުތަކުން ފެނި ހަލުވިކަމާއި އެކު ފެތުރެން ފެށުމުންނެވެ. އާއްމުންނަށް ވެކްސިން ދިނުމަށް ޕަބްލިކް ކޮރޯނާ ވައިރަސް ވެކްސިނޭޝަންގެ މަސައްކަތް އަވަސް ކުރަންވެސް އެ ޤައުމުން ވަނީ ނިންމާފައެވެ.

ކޮވިޑް-19ގެ އާ ވައްތަރު އިނގިރޭސި ވިލާތުގައި ފެތުރެމުންދާއިރު،، ދެކުނު ކޮރެއާއިން ކޮވިޑްގެ އާ ވައްތަރުގެ ވައިރަސް ފެނުނީ ޑިސެމްބަރ 22 ވަނަ ދުވަހުއެވެ.

މިހާތަނަށް އެ ގައުމުގެ ތިން މީހެއްގެ ގައިން އެ ބަލި ފެނިފައިވާއިރު އެ ތިން މީހުންވެސް ތިބީ އައިސޮލޭޝަންގައެވެ.

މިހާތަނަށް 50 ގައުމަކުން ވަނީ ކޮވިޑް-19ގެ އާ ވައްތަރުު ފެނުނު އިނގިރޭސިވިލާތަށް ދަތުރުކުރުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ގިނަ ގައުމުތަކުން ވަނީ އެ ގައުމަށް ކުރާ ދަތުރުތައް ވަގުތީގޮތުން މަޑުޖައްސާލާފައެވެ.

ދެކުނު ކޮރެއާއިން ވަނީ ގައިދުރު ކުރުމާއި، މީހުން އެއްވުމުގައި ގެންގުޅޭ އުސޫލުތައް ވެސް ކުރިއަށް ވުރެ ވަރުގަދަކޮށްފައެވެ.

ދެކުނު ކޮރެއާގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ލަސްވެފައި ވާތީ އެ ކަމަށް އާއްމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

ދެކުނު ކޮރެއާއިން ދަނީ ރައްޔިތުންނަށް ވެކްސިން ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންކަމަށް ވެސް އެ ގައުމުގެ ރަސްމީ އިދާރާތަކުން ބުނެއެވެ. އަދި ދުރާލާ ތައްޔާރުވެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާއި ބެހޭ އިދާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރާކަން އެ ގައުމުގެ ސަރުކާރުން ބުނެފައި ވެއެވެ.

އެ ގައުމުން ނިންމާފައި ވަނީ 46 މިލިއަންމީހުންނަށް ވެކްސިން ދިނުމަށެވެ. އެއީ އެ ގައުމުގެ އާބާދީގެ 85 އިންސައްތަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު