ކޮވިޑް-19 ގެ އާ ވައްތަރެއް އިނގިރޭސިވިލާތުން ފެނިފައިވާތީ އެއް މަސް ދުވަސް ވަންދެން ޖަޕާނަށް މީހުން އެތެރެވުން އެގައުމުގެ ސަރުކާރުން މަނާ ކޮށްފިއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން ޖެނުއަރީ މަސް ނިމެންދެކަށް އެގައުމަށް މީހުންނަށް އެތެރެ ނުވެވޭނެއެވެ.

އެގައުމަށް މީހުންނަށް އެތެރެވުން މަނާ ކޮށްފައިވާއިރު، އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނާއި އެގައުމުގެ މީހުންނަށް އެހެން ގައުމުތަކަށް ދެވޭނެ ކަމަށާއި އެ މުއްދަތުގައި 14 ދުވަހުގެ ކަރަންޓީނެއް ހުރިހާ އެންމެންވެސް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެގައުމުގެ ސަރރުކާއުން ވަނީ ބުނެފައެވެ.

ޖަޕާނުން 152 ގައުމެއްގެ މީހުން އެތެރެވުން މަނާ ކޮށްފައިވާއިރު، އޮކްޓޯބަރު މަހުން ފެށިގެން އެގައުމުން ވަނީ އެހެން ގައުމުތަކުން އަންނަ ކިޔަވާ ކުދިންނާއި ދިގު މުއްދަތަކަށް ވިޔަފާރީގެ ބޭނުމަށް އަންނަ ފަރާތްތަކަށް އެތެރެވެވޭނެ ގޮތް ހަދާފައެވެ. އަދި މިހާރު ގައުމުތަކުން މީހުން އެތެރެވުން މަނާ ކޮށްފައިވާތީ، އެ މީހުންގެ ވިސާތައްވެސް ސަސްޕެންޑް ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެގޮތަށް އެތެރެވުން މަނާ ކޮށްފައިވާއިރު، ކުރިން ވިސާ ހޯދުމަށް ހުށަހަޅައި ލިބިފައިވާ މީހުންނަށް ގައުމަށް އެތެރެވެވޭނެއެވެ.

އޮކްޓޯބަރުގެ ފަހުން ބޭރު ގައުމުތަކުން އަންނަ މީހުން ޖަޕާނަށް އެތެރެވުމުގެ ހުއްދަ ދީފައިވަނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާ ގޮތަށެވެ. އެހެން ނަމަވެސް މިހާރު އިނގިރޭސިވިލާތުން ކޮވިޑް-19ގެ އާ ވައްތަރެއް ފެނުމާއި އެކު ޖަޕާނުން ވަނީ އިނގިރޭސިވިލާތް އެ ލިސްޓުން ކަނޑާފައެވެ. އަދި ދެކުނު އެފްރިކާވެސް ވަނީ ލިސްޓުން ކަނޑާފައެވެ.

އިނގިރޭސިވިލާތާއި ޖަޕާން ފިޔަވައި އާ ވައްތަރެއްގެ ކޮވިޑް-19 ވަނީ ފްރާންސް، އިޓަލީ، ނެދެލޭންޑްސް، ޑެންމާކު، ސްވެޑެން، އޮސްޓްރޭލިއާ އަދި ޖަރުމަނުން ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު