ޗައިނާގެ މަޝްހޫރު ބިލިއަނަރު ޖެކް މާ ގެއްލިގެން ހޯދަން ފަށައިފި އެވެ.

ޖެކް މާ ނުފެންނަތާ ދެ މަސް ވެފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރަމުންދާއިރު އޭނާ ގެއްލުނީ އޭނާގެ އަމިއްލަ ޝޯއެއް ކަމަށްވާ ‘އެފްރިކާސް ބިޒްނަސް ހީރޯސް’ ގެ ފަހު ޝޯގެ ފަނޑިޔާރަކަށް ދިއުމަށް ނުކުޅެދިފައި ހުއްޓާއެވެ.

މަޝްހޫރު އަލީބާބާގެ ކޯފައުންޑާ އަދި އެންޓް ގްރޫޕުގެ ވެސް އިސްފަރާތް ގެއްލިފައި މިވަނީ އޭންޓް އިނީޝިއަލް ޕަބްލިކް އޮފާ (އައިޕީއޯ) ނޮވެމްބަރު މަހު ސަސްޕެންޑު ކޮށްފައި ވަނިކޮށެވެ. އަދި މި އެ މައްސަލައާއި ގުޅިގެން ޗައިނާ ސަރުކާރުން ވަނީ މާ ޤައުމުން ބޭރު ނުވުމަށްވެސް އަންގާފަ އެވެ.

އަލީބާބާއި ދެކޮޅަށް ކެމްޕެއިނެއް ފަށައިފައި ވަނީ އާންމު ބައްދަލުވުމެއްގައި މާ ޗައިނާގެ ރެގިއުލޭޓަރަކާއި ދިމާކޮށް ދެއްކި ވާހަކަ ތަކަކާއި ގުޅިގެންނެވެ. މާ ބުނީ ޗައިނާގެ ރެގިއުލޭޓަރީ ސިސްޓަމް އޮންނަ ގޮތުން ކުރިއެރުންތަކަށް ހުރަސްއެޅިގެންދާ ކަމަށާއި އިގްތިސާދީގޮތުންވެސް ކުރިއެރުމަށް ހުރަސްއެޅިގެންދާ ކަމަށެވެ.

މާ ވަނީ ޗައިނާގެ ކުދި ވިޔަފާރިތަކަށް އިގްތިސާދީގޮތުން ކުރިޔަށް ދިއުމަށް މަގުފަހިކޮށްދީ ވަކިވަކި ފަރާތްތަކަށްވެސް އެހީތެރިވުމަށް އެދިލައްވާފައި އެވެ. ޗައިނާއިން ވަނީ އެޤައުމުގެ އިގްތިސާދުދާ މިންވަރު ދެނެގަތުމަށް ކުރިއަރަމުން އަންނަ އިންޓަނެޓުގެ ސެކްޓަރު ދެނެގަންނަމުންނެވެ.

މާ އަކީ އެކި ފަރާތްތަކަށް އެހީވުމުގައި މަޝްހޫރު މީހެކެވެ. އޭނާ ވަނީ ޔޫރަޕުގެ ޤައުމުތަކަށް މިލިއަނަށްވުރެ ގިނަ ފޭސް މާސްކް ހަދިޔާ ކޮށްފަ އެވެ. އަދި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި ޖެކް މާ ފާހަގަ ކުރެވޭއިރު އޭނާގެ ފައުންޑޭޝަންގެ ދަށުން އަންނަނީ ކިޔަވައިދިނުމުގެ ދާއިރާއަށާއި އަންހެނުން ބާރުވެރިކުރުވުމަށް އަދި ތިމާވެށީގެ ކަންކަމަށް ހަރަދުކުރަމުންނެވެ.

ޖެކް މާގެ ފައުންޑޭޝަނުން މިހާތަނަށް 300 މިލިއަނަށްވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފައިވާކަމަށް ފޯބެސް އިން ރިޕޯޓު ކުރެއެވެ. މާ އެންމެ ފަހަކަށް ޓުވީޓެއް ކޮށްފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގައި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  Nu

  2
  6
 2. އަބްދޫ

  ޔޫރަޕް ގެ އެހީތެރިއެއް ދޯ؟

  11
  4
 3. ޥަގު ތު

  އޭނާ މިޤައުމަށް މާސްކު ދިންކަން ނޭނގޭތަ

  16
  4
 4. ކާފަ

  ކޮބާތަ ގެއްލިފައިވާ މީހުން ހޯދަން ހަދާފައިވާ ކޮމިޓީ.. މީނަ ހޯދަން އުޅެބަލަ..

  30
 5. މަރުކޮމެޓީ

  ނިދާފަ ހޭލަން ކުޑަދުވަސްކޮޅެއްނަގާނެ

 6. ބޯކިބާ

  ހުޅަނގުގެ ޕުރޮޕެގެންޑާ ތިޔާ، ތިކަހަލަ ޕުރޮޕެގެންޑާ ފަތުރަން އެކަނި އެމެރިކާ ބަޖެޓުގަ އެބައޮތް 300 މިލިއަން ޑޮލަރު ޖަހާފަ. މީގެކުރިން ކިމްޖޮން އުން މަރުވާނީ ދޭތެރެދޭތެރެއިން، މިހާރު އަމާޒު ހުރީ ޗައިނާއަށް.

 7. ޔޯ

  ތީނަ އެބައިން އަހުން މެއް ގޭގައި ރުފިޔާ ގުނަން!!

  2
  2
 8. ސައިލެންޓްމީ

  ޖެކުމާކު ހުރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން.