މިހާރު މުޅި ދުނިޔޭގައި ފަތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1038 މީހަކު މަރުވެއްޖެ އެވެ.

މެކްސިކޯއަކީ ދުނިޔެއިން 13 ވަނައަށް އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ.

އެ ގައުމުގެ ހާލަތަށް ބަލާއިރު، ފާއިތުވެދިޔަ ތިން ދުވަހުވެސް އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ.

ކޮވިޑް-19 ބަލީގައި އެ ގައުމުން މިހާތަނަށް 132,069 މީހަކު ވަނީ މަރުވެފައެވެ.

އެ ގައުމުން ފާއުތުވެދިޔަ 24 ގަޑިއިރު ތެރޭގައި 14,362 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެސް ވެފައެވެ. ޑިސެމްބަރު މަހުން ފެށިގެން އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އުޅެނީ 10،000 އިން މަތީގައެވެ.

އެގައުމުގައި ޖުމްލަ ކޮވިޑް-19 އަށް ފައްސިވީ 1,507,931 މީހެކެވެ.