މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1235 މީހަކު މަރުވެއްޖެ އެވެ.

އެ ގައުމުން މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ އިއްޔެ އެވެ. އިއްޔެ އެ ގައުމުން މަރުވި މީހުންގެ އަދަދު 1314 އަށް އަރައެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުން ކޮވިޑް-19 ޖެހިގެން 1235 މީހަކު މަރުވިއިރު، މިއީ އެ ގައުމުން ދެވަނައަށް އެންމެ ގިނަބަޔަކު އެ ބަލީގައި މަރުވި ދުވަހެވެ.

މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 136,917 އަށް އަރާފައެވެ.

އެ ގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 15,873 އަށް ވަނީ އަރާފައެެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1,571,901 އަށް އަރާފައެވެ.