ސްރީލަންކާއިން ކޮވިޑް-19ގެ އާ ވައްތަރެއް ފެނިއްޖެ އެވެ.
އެ ގައުމުގެ ސްރީ ޖަޔެވަރްޑެނެޕުރާ ޔުނިވާސިޓީގެ ޑައިރެކްޓަރ އޮފް ދަ ޑިޕާޓްމެންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލިކިއުލަރ މެޑިސިން ޑރ. ޗަންދިމާ ޖީވަންދްރާ ވިދާޅުވީ، އެ ގައުމުން އަވަހަށް ފެތުރޭ ކޮވިޑް-19ގެ ވައްތަރެއް ފެނިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ އާ ވައްތަރަކީ މިހާރު ސްވެޑެން ޖަރުމަންވިލާތު އަދި ޑެންމާކް އާއި އައިސްލޭންޑުގައި ފެތުރެމުންދާ އާ ވައްތަރާއި ދާދި އެއްގޮތް ކަނތައްތަކެއް ހުރި ވައިރަސްއެއް ކަަމަށެވެ.
ކޮވިޑް-19ގެ މި ވައްތަރަކީ ވަރަށް އަވަހަށް ފެތުރޭ ކޮވިޑް-19ގެ ވައްތަރެކެވެ.
ލަންކާގައި ހަލުވިކަމާއެކު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އެގައުމުގައި މިހާރު މިހާތަނަށް 59,536 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެގައުމުގައި ކޮވިޑް-19 ބަލީގައި 287 މީހަކު ވަނީ މަރުވެފައެވެ.
ފާދިރީންކީކޭބާބުނަނީ ؟؟
ކޮން ޑުދޮގުތަކެއް ހަދަން ސަރީފު ބުނީ ބިރުން އުޅުނަސް މިފަހަރު އިންތިހާބު ބާއްވާނަމޯ..
ލަންކާގަ އުތަ؟