އިންޑިއާގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖެހުމަށް 10 ކިލޯމީޓަރުގެ ދުރަށް ހިނގާފައި ދަތުރެެއްކޮށް، ވެކްސިން ޖެހި މީހަކު މަރުވެއްޖެ އެވެ.

އޭނާ ޥެކްސިން ޖެހުމަށް ގޮސްފައި ވަނީ ޖަރްޚާންދްގެ ސިމްޑެގާ ޑިސްޓްރިކްގެ ވެކްސިން ސެންޓަރަށެވެ. އޭނާ ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްކޮށްފައިވާގޮތުގައި، އެ މީހާގެ ގަޔަަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ މާގިނައިރުތަކެެއް ނުވަނީސް ވަނީ ހާލު ގޯސްވާން ފަށާފައެވެ. މާރިޗް 19 ވަނަ ދުވަހުގެ މެންދުރު އޭނާ ވެކްސިން ޖެހިއިރު، ހާޑިބެރާ ވިލޭޖްގެ ސިއްހީ ހިދުމަތްތެރިން އޭނާ ފޮނުވާލަނީ ރަންޗީގައި ހުންނަ އާރްއައިއެމްއެސް ހޮސްޕިޓަލަށެވެ. އޭނާ މަރުވީ އެތަނަށެވެ.

ސިމްޑެގާ ސިވިލް ސާޖަން ޑރ. ޕީކޭ ސިންހޭ ބުނީ، އެފަދަ ކަމަކަށް އޭނާއަށް ކޮމެންޓެއް ދެވެން ނެތް ކަމަށާއި، އޭނާ މަރުވީ އެ ވެކްސިން ޖަހައިގެން ކަން ނުވަތަ ނޫންކަން ސާފްނުވާ ކަމަށެވެ.

“ކޮޓްވަރު ކޮވިޑް ވެކްސިން ޖެހީ ހުކުރު ދުވަހުގެ ހެނދުނު 11:40 ހާއިރު އެއާއެކު އޭނާ ކުއްލިއަކަށް ހާލު ދެރަވެ އޭނާ ވަނީ ސަދަރް ހޮސްޕިޓަލަށް ގެންގޮސްފައި، އެތަނުން އޭނާ އަށް ފަރުވާދީފައި ވަނީ އާރްއައިއެމްއެސް ހޮސްޕިޓަލަށް ގެންގޮސްފައި“.

އޭނާގެ ހާލު ދެރަވީ ވެކްސިން ޖެހިތާ މާގިނަ އިރުތަކެެއް ނުވަނީސް އެވެ.

ކޮޓްވަރް ވެކްސިން ޖެހުމަށް 10 ކިލޯ މީޓަރަށް ދުރަށް ހިނގީ އާއިލާ ވެސް ގޮވައިގެންނެވެ.

ވެކްސިން ޖަހައިގެން މީގެ ކުރިންވެސް ބަޔަކު މަރުވެފައި ޥެއެވެ. އަދި މިފަދަ މަރުތައް ތަހުގީގުވެސް ކުރެެެއެވެ. މިފަދަ މަރުތައް ތަހުގީގުކޮށް ކުރިއަށް ނަގަންވީ ފިޔަވަޅުތައް ބަލައެވެ. އަދި އެއީ ވެކްސިން ޖަހައިގެން މަރުވި މީހެއްތޯ ނުވަތަ ނޫންތޯ ބަލައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮފީ

    މަރުވީ އެ ވެކްސިން ޖަހައިގެން ކަން ނުވަތަ ނޫންކަން ސާފްނުވާ ކަމަށް ބުނާއިރު ކިތަން މީހުން އިންޑިޔާ އިން އަދި ރާއްޖޭއިން ވެސް މަރުވެއްޖެ. ޑޮކްޓަރުންނަށް ނުކެެރޭނެ ވެކްސިން ޖަހައިގެން ނޭ މަރުވީ ބުނާކަށް