ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގެ އާބާދީގެ %90 މީހުން މި މަހުގެ ނިޔަލަށް ވެކްސިން ފުރިހަމަ ކުރުމަށް ސަރުކާރުން ހިފި އަމާޒަށް ވާސިލް ނުވެވި މި މަސް ނިންމާލަން ޖެހިއްޖެއެވެ.

ހެލްތު ޕްރޮޓެެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 301،857 މީހުންނެވެ. އެއީ ވެކްސިން ޖަހަން ޖެހޭ އާބާދީގެ %66 މީހުންނެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ މި މަސް ނިމުމުގެ ކުރިން ވެކްސިން ޖެހޭ އާބާދީގެ މީހުންގެ ތެރެއިން 18 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓަށް ވެކްސިންގެ ދެ ޑޯޒް ދިނުމަށެވެ. އެ އާބާދީގެ %87 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ރާއްޖޭގެ އާބާދީގެ ތެރެއިން ވެކްސިން ޖަހަން ޝަރުތު ހަމަވާ އާބާދީގައި 452،798 މީހުން އެބަތިބިއެވެ. އެއީ 12 އަހަރުން މަތީގެ އުމުރުފުރާގެ ކުދިން ވެސް ހިމަނައިގެންނެެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން 18 އަހަރުން މަތީގެ ވެކްސިން ޖެހޭ ޖުމްލަ 415،000 އަށް ވުރެ ގިނަ މީހުން އެބަތިބިއެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ޖަހާފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގެ ކޮވިޝީލްޑް ވެކްސިނެވެ. އަދި ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު ޖަހާފައި ވަނީ ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އަދި މަދު އަދަދެއްގެ ބަޔަކު ފައިޒާ ވެކްސިން ވެސް ޖަހާފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 383،089 މީހުންނެވެ. އެއީ 84 އިންސައްތަ މީހުންނެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 69،709 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހައެވެ. އަދި ވެކްސިން ފުރިހަމަ ނުކުރަނީ 150،941 މީހުންނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފެށީ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ގަޔަށެވެ. އެ އަށް ފަހު، މީގެ ދެ ހަފުތާ ކުރިން ވަނީ 12 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ރުކާރުގެ އެކި އިދާރާތަކުން ޚިދުމަތް ހޯދުމުގައި ހުރަސްތަކެއް ކުރިމަތި ކުރުމާއި އެތެރޭގެ ވައިދަތުރުފަތުރު ކުރުމާއި ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތް ނުދިނުން ހިމެނެއެވެ.

ސަރުކާރުން ކަނޑައާޅާފައިވާ ގޮތުން މާދަމާ އިން ފެށިގެން ވެކްސިންގެ ދެ ޑޯޒް ނުޖަހާ މީހުންނަށް ސްކޫލްތަކަށް ވެސް ނުވަދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިއްބެ

    ދެން ވެކްސިން ނުޖަހާ މީހުން ތިބި ގޭގެ އިން ދަރިވްރުން ސްކޫލް އަށް ދިޔަ އީމަ މިވަނީ ކޯންޗަކަށް! ހޯ އް. ހޯ އް، ހޯ އް ހޮ ހޮ ހޯ!!!! ޗީޑި ޕޮ އް!!!

  2. ޢަބްދުﷲ

    ވެކްސިން ޖަހަން ސަރުކާރުން ކަނޑައެޅި އަމާޒަށް ހާސިލް ނުވި!

    1 މިނެޓް ކުރިން ( އޮގަސްޓް 31, 2021 )

    الحمد لله الله اكبر الله اكبر އަނެއްކާވެސް އަނެއްބަލި . ދެންމިވަރު ފުކެއް

    ބޮޑު .

    رئيس يامين عبد القيوم ވަގުން ވަގްތައް މިނިވަންކުރޭ #

    India Out # India Out # India Out #

  3. އަހުމަދު

    ވެކްސިން ޖެހޭ އާބަދީ ބަލަނި ބިދޭސީންނާއި އެކުތޯ

  4. Anonymous

    މިހާރު ތިޔަ ވެކުސިނައް ނުގުޑާ ވޭރިޔެންޓު އުޅޭއިރު ގޮތްނޭގޭ އެއްޗެއް ހަށި ގަނޑައް ޖެހުމައް ސަރުކާރު އަންނަނީ ފިއްތުންތައް ކުރިމަތި ކުރަމުން.

  5. ޖީހާން

    އުޅުނީ ވެކްސިން ޖަހާކަށްނޫން......ވަ އްކަން ކޮށްގެން ޖީބު ފުރާލެވޭތޯ

  6. ހަސަނު

    ތިއޮތީއަތަށްގޮވާފައި

    7
    1
  7. މަޖުބޫރު

    މަޖުބޫރުކުރީމާ އަދި ތިޔައްވުރެންވެސް ގިނަމީހުންޖަހާނެ