އޮކްސްފޯޑު ޔުނިވާސިޓީއާއި ގުޅިގެން އެސްޓްރަޒެނެކާއިން ކޮވިޑް-19ގެ އާ ވޭރިއެންޓް ކަމަށްވާ އޮމިކްރޮން އަށް ހާއްސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެސްޓްރަޒެނެކާއަކީ ކޮވިޑް-19ގެ ދުނިޔޭގައި އެންމެ ފުރަތަމަ ފެތުރެމުން ފެށުމާއި އެކީ ވެސް ބައްޔާއި ހަނގުރާމަ ކުރުމަށް ވެކްސިނެއް އުފައްދާފައިވާ ކުންފުންޏެވެ.

އެސްޓްރަޒެނެކާއިން ބުނީ، އޮސްފޯޑް ޔުނިވާސިޓީ އާއި ގުޅިގެން އޮމިކްރޮން އާއި ދެކޮޅަށް ވެކްސިން އުފެއްދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ނަގަން ޖެހޭ ތަފާސް ހިސާބުތައް އެއްކުރަމުން އަންނަ ކަމަށެވެ.

އޮކްސްފޯޑު ޔުނިވާސިޓީގެ ރިސާޗު ގްރޫޕުގެ ހެޑް ސޭންޑީ ޑޮގްލަސް ބުނެފައިވަނީ ކޮވިޑް-19ގެ އާ ވޭރިއެންޓް ފެތުރެމުން އަންނަ ދަނޑިވަޅުގައި ފަހުގެ ވެކްސިން ބޭނުން ކުރަމަކީ މަޖުބޫރު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އާންމުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ.

"ކުރިން ފައްދާފައިވާ ބައެއް ވެކްސިންތައް ބޭނުން ކުރަން ޖެހޭ ރައްކާތެރިކަން ލިބޭތޯ ބަލަން. މީގެ ކުރިން ވެސް އެގޮތަށް ލިބިފައިވަނީ" އޭނާ ބުންޏެވެ.

އޮމިކްރޮން އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އެގައުމުން ބަލި ފެނުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކަށް ވަނީ މި ވޭރިއެންޓް ފެތުރިފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އެހެން ވޭރިއެންޓްތަކަށްވުރެ ހަލުވި ކަމާއި އެކީ ބަލި ފެތުރު ނަމަވެސް ބަލީގެ ނުރައްކާ އެހެން ވޭރިއެންޓްތަކަށްވުރެ ދަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އޮމިކްރޮން ޖެހިގެން މަރުވި މީހުންގެ އަދަދު ދަށް ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    ސާބަހޭ ވެކްސިން ވިއަފާރި…….
    ފާޑުފާޑުގެ ވޭރިއަންޓު ތަކާއިއެކެ ވެކްސިންގެ އާ އުފެއްދުންތަށް މިވަގުތު ދުނިޔޭގައި ހިނގޭ އެއްމެ ބޮޑު (ސިއްޙީ ޖަރީމާ)

  2. މޯޑް

    މިމީހުން ނަގާނެ ފައިދާއެއް ނަގާ ނިމުނީމަ މިކަން ނިމެންއޮތީ