ގޮތްނޭނގޭ ގޮތަކަށް މަރުވެފައި ތިބި އެތައް ހާސް އޫރުތަކެއް ޗައިނާގެ ކޯރަކުން ފެނިއްޖެ އެވެ.

މިކަންތައް ފުރަަތަމަ ފެންމަތިވެފައި ވަނީ މީސް މީޑިއާގައެވެ. އެގައުމުގެ ދައުލަތުގެ މީޑިއާ އިން ވަނީ އެކަން ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށް ބުނެފައެވެ.

މީގެ ކުރިން ޗައިނާ އިން އޫރު މަރާ، އޭގެ މަސް ވިއްކަމުންދާ ކަމުގެ ތުހުަމަތު ވަނި ކުރެވިފައެވެ. އެގޮތުން 2017 ވަނަ އަހަރުވެސް އެފަދަ މައްސަލައެއް ފެންމަތިވެފައެވެ. އެފަހަރު ވެސް އެތައް ހާސް އޫރެއް ފެނިފަައި ވަނީ ޝަންހާއީ ކޯރެއްގެ ތެރެއިންނެވެ.

އެ ގައުމުގެ އޫރުގެ ނިސްބަތް މިހާރު ވަނީ އިތުރުވާން ފަށާފައެވެ. މީގެ ކުރިން އެ ގައުމުގަައި ގިނަ ޖަނަވާރުތައް މަރުވަމުން އަދި މަރާލަމުން ގޮސްފައި ވަނީ ސްވައިންފްލޫ ސަބަބުންނެވެ. އެފަހަރު 100 މިލިއަން ޖަނަވާރު މަރާލި/މަރުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެހެން ނަމަވެސް އެކަމުން އަރައިގަންނަން މަސައްކަތް ކުރަމުންދާއިރު، މިދިޔަ ހަފްތާ މިފެނިގެން ދިޔައީ ޔެލޯ ކޯރުގެ ތެރޭގަައި ބަައިވަރު އޫރުތައް މަރުވެފައި ތިބި މަންޒަރެވެ. އެހެން ނަމަވެސް މިހާ ގިނަ އަދަދެެއްގެ އޫރުތައް މަރުވާން މެދުވެރިވި ސަބަބު ދެނެނުގަނެވެއެވެ. އެ ކޯރު ތެރޭގައި މަރުވެފައި ތިބި ގިނަ އޫރުތައް ތިބީ ފެނުން މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު